ކ. މާލެ
|
8 އޮކްޓޯބަރ 2017 | އާދީއްތަ 16:55
ދިރާގުން "ދިރާގު ޕޭ" ތައާރަފްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ދިރާގުން "ދިރާގު ޕޭ" ތައާރަފްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފާތިމަތު ޝަނާ މުހައްމަދު
ދިރާގު
މޯބައިލް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ދިރާގު ޕޭ ތައާރަފްކޮށްފި
ހިދުމަތުގެ ތެރެއިން ފައިސާގެ މުއާމަލާތްތައް ކުރެވޭނެ
ހިދުމަތް ތައާރަފްކޮށްފައިވަނީ އާދިއްތަ ދުވަހު

މޯބައިލް ފޯނު މެދުވެރިކޮށް، ވިޔަފާރި ކުރުމާއި ފައިސާގެ މުއާމަލާތްތައް ކުރުމަށް " ދިރާގު ޕޭ" ތައާރަފްކޮށްފި އެވެ.

 

ދިރާގުން ތައާރަފްކުރި މި ހިދުމަތް އިފްތިތާހުކޮށްދެއްވާފައިވަނީ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު އެވެ. މި ހިދުމަތް ހޯދުމަށްޓަކާއި #777* ޖެހުމުން ހިދުމަތް ލިބޭނެ އެވެ.  ދިރާގު ޕޭ އެޕްލިކޭޝަން މެދުވެރިކޮށް ހިދުމަތް ރަޖިސްޓަރކޮށްގެން ވެސް ބޭނުން ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

 

މިހިދުމަތުގެ ތެރެއިން ކިއުއާރްކޯޑު މެދުވެރިކޮށް ހިދުމަތް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މިހިދުމަތުގެ ތެރެއިން 5000 ރުފިޔާ އާއި ހަމައަށް މޯބައިލް ފޯނު މެދުވެރިކޮށް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ފައިސާގެ މުއާމަލާތްތައް ކުރެވޭ އިރު ދިރާގްގެ ހެޑް އޮފީހަށް ގޮސް ރަޖިސްޓާ ކުރާ ފަރާތްތަކަށް 20000 ރުފިޔާ އާއި ހަމައަށް ފައިސާގެ މުއާމަލާތްތައް ކުރެވޭނެ އެވެ.

 

މި ހިދުމަތް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން،މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވީ، ދިރާގުން ތައާރަފް ކުރާ މި ހިދުމަތާ އެކު އަނެއްކާވެސް، ދިވެހި މުޖުތައަށް އާ ކަންތައްތަކެއް ތައާރަފްވެގެންދާނެ ކަމަށެވެ. އަދި ދުނިޔޭގެ ތަހުޒީބު މުޖުތައު ތަކެކޭ އެއްގޮތަށް ދިވެހި ރާއްޖެއަކީވެސް ނަގުދު ފައިސާއާ ނުލާ ހިދުމަތްތައް ބޭނުންކުރެވޭނެ އާ ޓެކްނޮލޮޖީތައް ފުޅާ ދާއިރާއެއްގައި ބޭނުން ކުރާ މުޖުތަމައު އަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް