ކ. މާލެ
|
7 އޮކްޓޯބަރ 2017 | ހޮނިހިރު 22:39
ދިރާގުގެ ބްރޭންޑް އެމްބެސަޑަރަކަށް މިފަހަރު އިއްބަޑޭ
ދިރާގުގެ ބްރޭންޑް އެމްބެސަޑަރަކަށް މިފަހަރު އިއްބަޑޭ
ދިރާގު
ދިރާގުގެ ބްރޭންޑް އެމްބެސަޑަރ
ދިރާގުގެ ބްރޭންޑް އެމްބެސަޑަރަކަށް މިފަހަރު އިއްބަޑޭ
ދިރާގުގެ ކުރީގެ ބްރޭންޑް އެމްބަސިޑައަކީ ގައްބެ

ދިރާގުން ހޮނިހިރު ދުވަހު ވިލިމާލޭގައި ބޭއްވި ޔޫތްފެސްޓުގައި ރާއްޖޭގެ އެއްވަނަ ފްލައިބޯޑަރު އިބްރާހިމް ހުސެއިން (އިއްބަޑޭ) ދިރާގުގެ ބްރޭންޑް އެމްބެސަޑަރަކަށް ހަމަޖައްސައިފިއެވެ.

އިއްބަޑޭ އަކީ ރާއްޖޭގައި ފްލައިބޯޑިން ކުރިއަރުވަން ގިނަ މަސަތްކަތް ތަކެއް ކޮށް އަދި ބައިނަލްއަގުވާމީ މުބާރާތް ތަކުގައި ވެސް ވާދަކުރަމުން އަންނަ އެތްލީޓެކެވެ. އިއްބަޑޭ ވަނީ ރާއްޖެއިން ބޭރުގެ މުބާރާތްތަކުގައި ވާދަ ކޮށް ދިވެހި ރާއްޖެއަށް ރަންވަނަތަކެއް ހޯދައިދީފައެވެ.

އެގޮތުން އިއްބަޑޭގެ ކާމިޔާބީތަކަށް ބަލާ އިރު، މިދިޔަ އަހަރު ޖޫން މަހު ފްރާންސުގައި ބޭއްވި ޔޫރަޕިއަން ފްލައިބޯޑް ޗެމްޕިއަންޝިޕްގެ ތިން ވަނަ ހޯދާފައިވާއިރު މިދިޔަ އަހަރު ސެޕްޓެމްބަރ މަހު އެމެރިކާގެ ފްލޮރިޑާގައި އޮތް ޒަޕާޓާ ރޭސިންގް އެންޑް ޕޮރޯ ވޯޓަ ކްރޮސް ފްލައިބޯޑް ވޯލްޑް ޗެމްޕިއަންޝިޕްގައި ދުނިޔޭގެ ގަދަ އަށެއްގައި އޭނާ ވަނީ ހިމެނިފައިއެވެ.

 ހަމަ އެހެންމެ، 2015 ވަނަ އަހަރު އަލަށް ދުބާއީ ގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެރިވެ އޭނާ ވަނީ ދުނިޔޭގެ 26 ވަނަ ހޯދައިފަ އެވެ.

ދިރާގު އެމްބެސެޑަޝިޕް ޕްރޮގްރާމަކީ ދިވެހިންގެ ތެރެއިން ތަފާތު ދާއިރާތަކުން އާދަޔާ ހިލާފު ހުނަރުވެރިކަން ދައްކާ ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކޮށް، އެހެން މީހުންނަށް އެމީހުން މިސާލެއްގެ ގޮތުގައި ދައްކާލުމުގެ ގޮތުން ދިރާގުން ފަށާފައިވާ ޕްރޮގްރާމެކެވެ.

ދިރާގުން އަބަދުވެސް ފުރުސަތުތައް ދެނީ ދިވެހިރާއްޖޭން ފާހަގަކޮށްލެވޭ ދިވެހި ޒުވާނުންނަށެވެ. މީގެ ކުރިންވެސް ދިރާގުން ވަނީ މި ޕްރޮގްރާމުގެ ދަށުން އެމްބެސެޑަރުން ހޮވާފައެވެ. އޭގެ ތެރޭގައި ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި، ވޯޓާ ސްޕޯޓްސްގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު މިދިޔަ އަހަރު ކެޓަމަރާނެއްގައި ރާއްޖެ ވަށާ ބުރު ޖެހި އަބްދުލް ގަފޫރު (ގައްބެ) ވެސް ވަނީ ހަމަޖައްސާފައެވެ.

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް