ކ. މާލެ
|
3 އޮކްޓޯބަރ 2017 | އަންގާރަ 11:35
އެޕަލްއިން އެންމެ ފަހުން ވިއްކަންފެށި އައިފޯން 8 އަދި ސެމްސަންގްގެ އެންމެ ފަހުގެ ފޯން ސެމްސަންގް ގެލެކްސީ ނޯޓް 8
އެޕަލްއިން އެންމެ ފަހުން ވިއްކަންފެށި އައިފޯން 8 އަދި ސެމްސަންގްގެ އެންމެ ފަހުގެ ފޯން ސެމްސަންގް ގެލެކްސީ ނޯޓް 8
ފޯން އެރީނާ
އައިފޯން 10
އެޕަލް އައިފޯން 10 އަކުން ވެސް އެންމެ ބޮޑު ފައިދާއެއް ވާދަވެރި ސެމްސަންގްއަށް
އެޕަލް ބޭނުންވާ ވަރަށް ބައިތައް އުފެއްދުުމުގެ ގާބިލުކަން ހުރީ ސެމްސަންގް ކިބައިގައި އެކަނި
ސެމްސަންގްއަށް 4 ބިލިއަން ޑޮލަރުގެ ފައިދާ ލިބޭނެ

މިއަހަރު ނެރޭ ފޯނުތަކުގެ ތެެރެއިން އެންމެ އަގުބޮޑު ކަމަށް އެންމެން ވެސް ނިންމާފައިވާ އައިފޯނު 10 އިން އެންމެ ބޮޑަށް ފައިދާ ކުރާނީ އެޕަލްއާ އެންމެ ވާދަވެރިކަން ބޮޑު ސެމްސަންގްއަށް ކަން ހާމަވެއްޖެ އެވެ.

ވޯލް ޝްޓްރީޓް ޖާނަލްގައި ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިފާ ގޮތުގައި އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯނު 10 ގައި ބޭނުންކުރާ އޯލްޑް ޑިސްޕްލޭއާއި އެންއޭއެންޑީ ފްލޭޝް ޗިޕުގެ އިތުރުން ރެމް އުފައްދަނީ ސެމްސަންގް ކުންފުނިންނެވެ.

 އައިފޯނު 10 ކޮންމެ ފޯނަކުން ސެމްސަންގް ކުންފުންޏަށް 110 ޑޮލަރުގެ ފައިދާއެއް ޖެހޭނެ ކަމަށް ވެސް ވޯލް ސްޓްރީޓް ޖާނަލްގައި ބުނެފައިވެ އެވެ. އެޕަލްއާ އެންމެ ބޮޑަށް ވާދަކުރަނީ ސެމްސަންގް ކަމުގައި ވިޔަސް އެޕަލްއިން ބޭނުންވާ އަދަދަށް ޑިސްޕްލޭ ފަދަ ތަކެތި އުފެއްދުމުގެ ގާބިލްކަން ހުރީ ސެމްސަންގް ކުންފުނީގައި އެކަންޏެވެ.

އައިފޯނު 10 ގެ ބައިތައް އުފެއްދުމުން ސެމްސަންގްއަށް، އެ ކުންފުނިން "ސެމްސަންގް ގެލެކްސީ އެސް 8" އުފައްދައިގެން ލިބޭ ފައިދާއަށް ވުރެ 4 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ފައިދާއެއް ލިބޭނެ އެވެ.

ލަފާ ކުރެވޭގޮތުގައި އައިފޯން 10 ނެރުން ނޮވެމްބަރަށް ފަސްކޮށްފައިވަނީ ވެސް އެ ފޯނުގެ ބައިތައް އުފެއްދުމުގައި ދަތިތަކާ ކުރިމަތިވުމުގެ ސަބަބުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް