ކ. މާލެ
|
29 ސެޕްޓެންބަރ 2017 | ހުކުރު 12:08
ދިއްދޫ ކަލެކްޝަން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތު
ދިއްދޫ ކަލެކްޝަން ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތު
ޓްވިޓަރ
މީރާ
ދިއްދޫ އާއި ފުނަދޫ ގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފިި
މި އަހަރުގެ ތެރޭގައި އިތުރު އެހެން އަތޮޅުތަކެއްގައި ވެސް މީރާގެ ޚިދުމަތްތައް ދެވޭނެ
މި ސެންޓަރު ތަކުން މީރާއިން މާލޭގައި ދޭ ޚިދުމަތްތައްވެސް ލިބެން ހުރޭ

ހއ. ދިއްދޫ އަދި ށ. ފުނަދޫ ގެ މީރާގެ ކަލެކްޝަން ސެންޓަރު ބުރާސްފަތި ދުވަހު ހުޅުވައިފިއެވެ.

 

ދިއްދޫ ކަލެކްޝަން ސެންޓަރ ހުޅުވުމުގެ ގޮތުން ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި ހއ. އަތޮޅު ކައުންސިލްގެ ނާއިބް ރައީސް ޢަލީ ޝަމީމެވެ. ފުނަދޫ ކަލެކްޝަން ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުޙައްމަދާއި ށ. އަތޮޅު ކައުންސިލްގެ ރައީސް އަޙުމަދު ޢާރިފެވެ.

 

ދިއްދޫ އަދި ފުނަދޫ ކަލެކްޝަން ސެންޓަރަކީ އެ ސަރަޙައްދުގެ އަތޮޅުތަކުގެ ރައްޔިތުންނަށާއި ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ޚިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިއްމު މަސައްކަތެއްކަމަށާއި، މި އަހަރުގެ ތެރޭގައި އިތުރު އެހެން އަތޮޅުތަކެއްގައި ވެސް މީރާގެ ޚިދުމަތްތައް ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުން ދާކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ. މީރާގެ އޮފީސްތައް 12 އަތޮޅެއްގައި ޤާއިމުކޮށް މިހާރު އަންނަނީ ޚިދުމަތް ދެމުންނެވެ.

 

އަތޮޅު ތަކުގައި ހުޅުވާފައިވާ މީރާގެ އޮފީސްތަކުން، މާލޭގައި ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ޚިދުމަތްތަކެއް ލިބެއެވެ. އޭގެތެރޭގައި ވިޔަފާރިތައް ޓެކްސްތަކަށް ރަޖިސްޓްރީ ކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކުހާއި، މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާއި ގުޅުންހުރި މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް