އެމެރިކާގެ ކުޅިވަރު ދުނިޔޭގައި މަޝްހެޫރު ތަރިންތައް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ފާޑު ކިޔަން ފަށައިފި އެވެ.
ނެޝަނަލް ފުޓްބޯލް ލީގް (އެންއެފްއެލް)ގެ ބައެއް ކުޅުންތެރިން ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ތެދުވުމާ ގުޅިގެން ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ކޮންމެ މެޗެއް ފެށުމުގެ ކުރިން ގެނެސްދެވޭ ގައުމީ ލަވައަށް ކުޅުންތެރިން އިޚްތިރާމް ނުކުރާކަމަށް ފާހަގަ ކުރައްވާ ޓްރަމްޕް ވަނީ މެޗްތައް ބޮއިކޮޓް ކުރުމަށް ފޭނުންނަށް ގޮވާލައްވާފައެވެ.
އެމެރިކާގައި ކަޅު ނަސްލުގެ މީހުންނަށް ހިންގަމުންދާ ތަފާތު ކުރުންތަކާއި އެހެނިހެން އެފަދަ ނާއިންސާފީ ކަންކަމާ ދެކޮޅަށް ތެދުވުމުގެ ގޮތުން ބައެއް ކުޅުންތެރިން ދަނީ ގައުމީ ލަވަ ކުޅޭ ގަޑީގައި އިށީނދެ، ކަކޫ ބިންމަތީ ޖައްސާ، ނުވަތަ ކޮންމެވެސް ފަދަ އިޝާރާތެއް ކުރަމުންނެވެ. އަދި އެފަދަ ކުޅުންތެރިން ޓީމުން ވަކި ކުރުމަށް ވެސް ޓްރަމްޕް ގޮވާލެެއްވިއެވެ.
އެކަމާ މެދު ނުރުހުން ފާޅުކޮށް ޓަރްމްޕް، ޓްވިޓަރ މެދުވެރިކޮށް، ވަނީ ކުޅުންތެރިން ދިދައާއި ގައުމަށް އިޚްތިރާމް ކުރަންދެން މެޗްތައް ބަލަން ދިޔުން ހުއްޓުމަށް ފޭނުންނަށް ގޮވާލާއްވާފައެވެ. އަދި "އެއިރުން ނަތީޖާ ފެނިގެންދާނެ"ކަމަށް ވެސް ޓްރަމްޕް ފާހަގަ ކުރެއްވި އެވެ.
If NFL fans refuse to go to games until players stop disrespecting our Flag & Country, you will see change take place fast. Fire or suspend!
— Donald J. Trump (@realDonaldTrump) September 24, 2017
...our Great American Flag (or Country) and should stand for the National Anthem. If not, YOU'RE FIRED. Find something else to do!
— Donald J. Trump (@realDonaldTrump) September 23, 2017
މިކަމާ ގުޅިގެން، ޓްރަމްޕްގެ ސަޕޯޓަރެއް އަދި އެ މަނިކުފާނުގެ ރިޔާސީ ކެމްޕޭނަށް ފަންޑް ހޯދައިދެއްވި ނިއު އިންގްލެންޑް ޕެޓްރޮއިޓްސްގެ ވެރިމީހާ، ރޮބަރޓް ކްރާފްޓް ވެސް ވަނީ އެ މަނިކުފާނަށް ފާޑު ވިދާޅުވެފަ އެވެ.
ކްރާފްޓްގެ އިތުރުން އެމެރިކާގެ ކުޅިވަރު ދުނިޔޭގައި ފާހަގަކޮށްލެވޭ ގިނަ ފަރާތްތަކެއް ވަނީ އެންއެފްއެލްގެ ކުޅިންތެރިންނާ އެކު ތިބިކަން ހާމަކޮށްފައެވެ. އޭގެ ތެރޭގައި ނެޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަން ނުވަތަ އެންބީއޭގެ ކުޅުންތެރިން ވެސް ހިމެނެއެވެ. އެހެންކަމުން ދެން ޓްރަމްޕްގެ ބަހުގެ ހަމަލާތައް އަމާޒުވީ އެންބީއޭގެ ކުޅުންތެރިންނަށެވެ.
މި ސީޒަންގެ އެންބީއޭ ޗެމްޕިއަންޝިޕް ގޯލްޑަން ސްޓޭޓް ވޮރިއާސްއިން ކާމިޔާބު ކޮށްފައިވާ އިރު، މޮޅުވާ ޓީމް ވޮޝިންގޓަންއަށް ދަތުރުކޮށް ވައިޓް ހައުސްއަށް ޒިޔާރަތް ކުރުމަކީ ކޮންމެ އަހަރަކު ވެސް ކުރިއަށްދާ ކަމެކެވެ.
އެކަމާ ގުޅިގެން ހުކުރު ދުވަހު އެ ޓީމްގެ ސްޓެފަން ކަރީއާ ވައިޓް ހައުސްއަށް ދާނަންތޯ ނޫސްވެރިއެއް ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ، "އަހަރެން އަމިއްލައަކަށް ބޭނުމެއް ނުވޭ ދާކަށް. އަކަމު އެ ނިންމުން ނިންމާނީ ޓީމް އެންމެން އެކުގައި"ކަމަށެވެ.
މި ހަބަރު ލިބުމާއެކު ޓްރަމްޕް ވަނީ ދައުވަތު އަނބުރާ ގެންދަވާފައިވާކަން ޓްވީޓް ކުރައްވާފަ އެވެ.
Going to the White House is considered a great honor for a championship team.Stephen Curry is hesitating,therefore invitation is withdrawn!
— Donald J. Trump (@realDonaldTrump) September 23, 2017
މި އަށް އެ ޓީމް ގެ ލެބްރޯން ޖޭމްސް ވަނީ ހޫނު ރައްދެއް ދީފައެވެ.
"ކޮން ދައުވަތެއް އަނބުރާ ގެންދާކަށް. ނުދާނެކަން ބުނެފައެއްނު އެއޮތީ. މީގެ ކުރިން ވައިޓް ހައުސްއަށް ދެވެން ލިބުމަކީ ބޮޑު ޝަރަފެއް" ލެބްރޯން ބުންޏެވެ. އަދި ކުޅިވަރަކީ މީހުން އެކުވެރި ކުރާ ކަމެއް ކަމަށާއި "މިހާރު ޓްރަމްޕް އެ އުޅެނީ ގައުމުގެ ކުޅުންތެރިން ވެސް ބައިބައި ކުރުވަން"ކަމަށް ވެސް ލެބްރޯން ބުންޏެވެ.
U bum @StephenCurry30 already said he ain't going! So therefore ain't no invite. Going to White House was a great honor until you showed up!
— LeBron James (@KingJames) September 23, 2017
މިކަމާ ގުޅިގެން ގޯލްޑަން ސްޓޭޓް ވޮރިއާސްއިން ވަނީ ހޮނިހިރު ދުވަހު ނޫސްބަޔާނެއް ނެރެފައެވެ.
ވޮޝިންގޓަން ދަތުރު ކުރިއަށް ދާނެކަމަަށާއި، ނަމަވެސް ވައިޓް ހައުސްއަށް ޒިޔާރަތް ނުކުރާނެކަން އެ ޓީމުން ކަށަވަރު ކޮށްދިނެވެ. އަދި، އޭގެ ބަދަލުގައި 28 ސެޕްޓެމްބަރުގައި ވޮޝިންގޓަން ވިޒާޑްސްއާ އެކު އެކުވެރި މެޗެއް ކުޅެއް ނިންމާފައިވާކަން ވޯރިއާސްއިން ހާމަ ކުރިއެވެ.