ކ. މާލެ
|
16 ސެޕްޓެންބަރ 2017 | ހޮނިހިރު 14:40
ގޯދުރޭޖު އޭސީ އަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައި
ގޯދުރޭޖު އޭސީ އަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައި
ގޫގުލް
ތިމާވެއްޓާ ރައްޓެހި އޭސީ
ތިމާވެއްޓާ ރައްޓެހި އޭސީއަށް ބޮޑު ތަރުހީބެއް
ރާއްޖެ އަންނަނީ ކާބަން ނިއުޓްރަލް ގައުމަކަށް ވުމަށް މަސައްކަތް ކުރަމުން
ގޯދުރޭޖުގެ އޭސީއަށް ބޮޑު ތަރުހީބެއް ރާއްޖެއިން އަންނަނީ ލިބެމުން

ރާއްޖޭގައި ބޭނުންކުރާ ގޯދުރޭޖް  އެއަރކޮންޑިޝަނަރ އިންތިހާއަށް އިތުރުވެފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފި އެވެ.

އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ ގޯދުރޭޖު އިން ވިއްކާ އެއަރކޮންޑިޝަނަރ އަކީ ތިމާވެއްޓާ ރައްޓެހި އޭސީއަކަށްވާއިރު ރާއްޖޭގައި ގޯދުރޭޖު  އޭސީ ވަނީ ވަރަށް އާންމުވެފަ އެވެ. އެގޮތުން ގޯދުރޭޖު އޭސީ ވިއްކާ ކުންފުނިން އެއް މިލިއަން ޑޮލަރު މިއަހަރު ނިމޭއިރު ހަމައެކަނި ރާއްޖެއަށް އޭސީ ވިއްކައިގެން ހޯދުމަށް ވަނީ ނިންމާފަ އެވެ. ރާއްޖެއިން ތިމާވެއްޓާ ރަށްޓެހި ތަފާތު އުފެއްދުންތައް ބޭނުން ކުރުމަށް ބާރު އަޅަމުންދާއިރު މަސައްކަތް  ކުރަނީ 2020 ގައި ރާއްޖެއަކީ ކާބަން ނިއުޓްރަލް އަދި ސީއެފްސީ ފްރީ ގައުމަކަށް ހެދުމަށެވެ.

އެގޮތުން ގޯދުރޭޖުގެ ތިމާވެއްޓާ  ރައްޓެހި އޭސީ ބޭނުން ކުރުމުން ވެސް ރާއްޖެއިން އަމާޒު ހިފާފައިވާ ޓާގެޓް ހާސިލް ކުރުމަށް އިތުރަށްމަގު ފަހިވެގެންދެ އެވެ.

ގޯދުރޭޖުން މިކާމިޔާބީ ފާހަގަކޮށް އިކޮނޮމިކް ޓައިމްސްއަށް ދިން  އިންޓަރވިއުއެއްގައި ވާހަކަ ދައްކަމުން  ގޯދުރޭޖު  އެޕްލިއެންސްގެ ބިސްނަސްހެޑް  ކަމާލް ނަންދީ ބުނީ މިއީ ވަރަށް ކާމިޔާބު  މަސައްކަތެއް ކަމަށާއި އެކުންފުނި ވުޖޫދަށް އައުމަށް ފަހު ވެސް އެންމެ ބޮޑު މަސައްކަތެއް ކުރީ އެ ކުންފުނީގެ ޕްރޮޑަކްޓްތަކަކީ ތިމާވެއްޓާ ރައްޓެހި އުފެއްދުންތަކަކަށް ހެދުމަށް ކަމަށެވެ. 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް