ކ. މާލެ
|
14 ސެޕްޓެންބަރ 2017 | ބުރާސްފަތި 14:53
ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކެއް
ހުޅުމާލޭގައި އަޅާފައިވާ ފްލެޓްތަކެއް
ގޫގުލް
ބޯހިޔާވަހި ކޮށްދިނުން
މަތިިން މާކްސް ލިބުނަސް ފްލެޓް ނުލިބުނީ ނުބައި ޖަވާބު ދިނުމުން!؟
މަތިން މާކްސް ލިބުނު ގިނަ ބަޔަކަށް ފްލެޓް ނުލިބޭ
މިދިޔަ މަސް ތެރޭގައި ކެމްޕޭން އޮފީހުން ގުޅި، މާކްސްތައް އެ އޮފީހަށް އެނގޭ
ފްލެޓް ލިބުނު މީހުންގެ މައުލޫމާތު ސިއްރުކޮށްފައިވާ ލިސްޓެއް

ރިޔާސީ ކެމްޕޭނެއްގައި ވައުދުވަނީ ރިޔާސީ ދައުރު ކަމަށްވާ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންނަށް ވަކި ކަންތައްތަކެއް ކޮށް ދިނުމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލާ ފަރާތަކުން ވިއްކާ ޕްރޮޑަކްޓް ރައްޔިތުން ގަންނަނީ މި އުސޫލުންނެވެ. މި އުސޫލުގެ މަތިން ރައީސް އަބްދުﷲ ޔާމީން 2013 ގެ ރިޔާސީ އިންތިހާބުގައި ބޮޑެތި ވައުދުތަކެއް ވެވަޑައިގެންނެވި އެވެ. އޭގެ ތެރެއިން އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް ވައުދަކީ ގެދޮރު ނެތުމުގެ ނިކަމެތިކަން ފިލުވައިދޭނެ ކަމަށް ވެވަޑައިގެންނެވި ރިޔާސީ ވައުދެވެ. ވެރިކަމުގެ އަހަރުތައް ގުނަމުން އައިސް ފަހު އަހަރާ ކުރިމަތިލާން ދެ މަހެއްހާ ދުވަހަށް ވެފައިވަނިކޮށް ފްލެޓް ލިބޭ މީހުންގެ ލިސްޓް ހާމަކޮށްފި އެވެ.

ހަތަރު އަހަރު ވަންދެން އެތައް ހާސް ރައްޔިތުންނެއް އުންމީދުކޮށްގެން ތިބީ މި ދުވަހެއްގެ އިންތިޒާރުގަ އެވެ. ބޯމަތީގައި ދެގަނޑު ޓިނު ބާއްވާލުމަށް ކުރަންޖެހުނު ބޮޑު ޚަރަދަށް ނިމުމެއް އަންނާނެ ކަމުގެ އުންމީދުގަ އެވެ. މުޅި މަސް ދުވަހު ގަނަ ތެޅިގެން ކުލި ދައްކާ ދައްކާ ހަފުސް ވާ ދިރުއުޅުން ނިމޭނެ ކަމުގެ އުންމީދުގަ އެވެ. މިދިޔަ ހޯމަ ދުވަހު ލިސްޓް އާންމުކުރުމާއެކު އެންމެންހެން އަވަސް ވެގަތީ އެކަމާ އެވެ. ލިސްޓަށް ނަޒަރު ހިންގާލިއިރު، ނަމެއް، އައިޑީކާޑް ނަމްބަރެއް ފެންނާކަށް ނެތެވެ. ގޭ ބޮޑުފޮށީގައި ރައްކާކޮށްފައި އޮތް ފޯމް ނަމްބަރު ނަގައިގެން ހިރަފުސް ފޮޅާލައިފި އެވެ. ލިސްޓް ބަލާލިއިރު އެ ފޯމް ނަމްބަރަކަށް ފްލެޓް ލިބޭކަށް ނެތެވެ. ގައިމު 90 އިން މައްޗަށް ޕޮއިންޓް ލިބުނެވެ. އުޅެނީ ހަތަރު ކުންދިންނާއި އަންހެނުން ގޮވައިގެން އެއް ކޮޓަރީގަ އެވެ. ގެދޮރު ނެތުމުގެ ނިކަމެތިކަމުގަ އެވެ.

ހަތަރު އަހަރުގެ ދިގު އިންތިޒާރަކަށް ފަހު ފްލެޓް ލިބޭ މީހުންގެ ލިސްޓް ހާމަކުރުމާއެކު އެތައް ބައެއްގެ އުންމީދުގެ ހުޅުކޮޅު ނިވިގެން ދިޔަ އެވެ. މިވީ ގޮތެއް އެއްވެސް މީހަކަށް ނޭނގުނެވެ. ސިކުނޑި ދިޔައީ ސުމަކަށެވެ. ގެދޮރު ނެތުމުގެ ނިކަމެތިކަން އެންމެ ބޮޑަށް ތަޖްރިބާ ކުރާ އާއިލާތަކަށް ގެދޮރު ހޯދައިދޭނެ ކަމަށް ވެވަޑައިގެންނެވި ވައުދު ފުއްދިގެން މިދިޔައީ ކިހިނެއްތޯ ސުވާލުކުރަން ފެށި އެވެ. 90 އިން މައްޗަށް މާކްސް ލިބުނުއިރު 661 މީހުންގެ ތެރޭގައި ލައްވާނުލީ ކީއްވެތޯ ސުވާލުނުކުރަންވީ ހަމަ އެންމެ ސަބަބެއް ވެސް ނެތެވެ.

ފްލެޓް ނުލިބިގެން އެކަމާ ކަންބޮޑުވުން ފާޅުކުރާ ބައެއް މީހުންނާ ވާހަކަ ދައްކާލީމެވެ. އެންމެންނަށް ވެސް ޖުލައި މަހުގެ ފަހުކޮޅުން ފެށިގެން އޯގަސްޓް މަހުގެ ކުރީކޮޅާ ހަމައަށް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ގުޅާފައި އެބަހުއްޓެވެ. ސުވާލުކޮށްފައިވަނީ ރައީސް ޔާމީނަށް ތާއީދުކުރަންތޯ އާއި އެހެން މިހެން ހުރި ސިޔާސީ ސުވާލުތަކެކެވެ. އެންމެ އަޖައިބުވީ ކަމަކީ އެ މީހުންނަށް ލިބުނު މާކްސް އެ އޮފީހަށް އެނގިފައިވުމެވެ. އެ މީހުން ބުނީ ލިބުނު މާކްސް "ރަނުން ރަނަށް" ކިޔައިދިން ކަމަށެވެ. މިއީ އެންމެ މީހެއް ދެ މީހަކު ދެއްކި ވާހަކައެއް ނޫނެވެ. ވާހަކަ ދެއްކި 11 މީހުންގެ ތެރެއިން ހަ މީހަކަށް ފްލެޓެއް ނުލިބެ އެވެ. ފާހަގަކޮށްލެވޭ ކަމަކީ އެ ހަ މީހުންނަކީ ރައީސް ޔާމީނަށް ތާއީދު ނުކުރާ ކަމަށް ބުނި މީހުންނެެވެ. އަދި ކެމްޕޭނަށް ވަގުތެއް ދެވެން ނެތް ކަމަށް ބުނި މީހުންނަށް ވުމުންނެވެ. ދެން ތިބި މީހުންނަކީ ސަރުކާރަށް އިންތިހާއަށް ތާއީދުކުރާ މީހުންނެވެ. ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވާ އަދި މަގާމުތަކުގައި ވެސް ތިބި ބައެކެވެ.

ދެން ވާހަކަ ދައްކާލެވުނީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ބަލަމުންދާ މަންމައަކާ އެވެ. 113 މާކްސް ލިބުނު ނަމަވެސް ފްލެޓްގެ ނަސީބު ލައްވައެއް ނުލި އެވެ. މި މަންމައަށް ވެސް އެ ފޯން ކޯލް އައެވެ. ނަމަވެސް، ނުބައި ޖަވާބެއް ދެވުމުން ލިސްޓުން ކެޓީ އެވެ.

ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ ވެސް ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ރައީސް ޔާމީންގެ ކެމްޕެއިން އޮފީހަށް ފްލެޓާ ގުޅޭ މައުލޫމާތު ވެސް އަދި އެހެނިހެން މައުލޫމާތު ވެސް ލިބެނީ އެ އޮފީހަކީ ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތް ކުރާ އޮފީހަށްވާތީ ކަމަށެވެ. ރައްޔިތުންނަށް ދިމާވާ ބޮޑެތި ކަންކަން އެ އޮފީހާ ހިއްސާކުރަމުންދާ ކަމަށާއި އެގޮތުން ތަފާތު ގިނަ މައުލޫމާތުތަކެއް އެ އޮފީހަށް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުއާޒް ވިދާޅުވީ ރައީސް ޔާމީނުގެ ކެމްޕެއިން އޮފީހުން ގުޅައިގެން ފްލެޓަށް ލިބޭ މާކްސް ކިޔައިދީފައިނުވާނެ ކަމަށެވެ. ނަމަވެސް، އޭނާ ވިދާޅުވީ ފްލެޓަށް ލިބޭ މާކްސްތަކާއި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތާއި ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތައް އެ އޮފީހުން ބަލައި، އެ ކަންތައްތަކުގެ މައުލޫމާތު އެއްކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މައުލޫމާތުތައް އެއްކުރަމުންދަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށެވެ. "މުއުޖިޒާތެއް ނޫން މިއީ، މަސައްކަތް ކުރާތީ ފްލެޓަށް ލިބޭ މާކްސް ވެސް އަދި އެހެނިހެން މައުލޫމާތުތައް ވެސް މި އޮފީހަށް ލިބެނީ" މުއާޒް ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ހައުސިންގ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެއްވެސް ފަރާތަކާ އެފަދަ މައުލޫމާތެއް ހިއްސާކޮށްފައިނުވާނެ ކަމަށާއި އެ މަސައްކަތް ކޮށްފައިވާނީ ވަރަށް ޕްރޮފެޝަނަލްކޮށް އެއްވެސް ފަރާތެއްގެ ހައްގަށް އުނިކަން ނާންނާނެ ގޮތަށް ކަމަށެވެ.

އެއްވެސް ފަރާތަކާ މާކްސް ހިއްސާ ކޮށްފައިނުވާނެ ކަމަށް ހައުސިންގ މިނިސްޓްރީއިން ބުނާއިރު، ރައީސް ޔާމީން ކެމްޕެއިން އޮފީހަށް އެ މައުލޫމާތު ލިބުނީ ކިހިނެއް ހެއްޔެވެ؟ ޔަގީންވާ ކަމަކީ ކޮންމެ މީހަކު އެ އޮފީހަށް ގުޅައި ލިބުނު މާކްސްއާއި ދަރިން ތިބި އަދަދާއި، އައިޑީކާޑް ނަމްބަރާއި އެހެނިހެން ވެސް މައުލޫމާތު ނުދޭނެ ކަމެވެ. މިހާ ހިސާބުން މަކަރާއި އޮޅުވާލުމުގެ ވަސް ފްލެޓް ހަވާލުކުރުމުން ދުވަން ފަށަ އެވެ. ހައްގުތައް ރައްކާތެރިކުރާށޭ ކިޔައިގެން ސިއްރުސިއްރުން ލިސްޓެއް ހަދައިގެން މި އުޅެނީ އެހެންވެގެންނެވެ. އެހެން ނޫން ނަމަ މައުލޫމާތު ހާމަނުކުރަންވީ ސަބަބެއް ނެތެވެ؟ މުޅިންހެން އޮޅުވާލުމާއި މަކަރާއި ހީލަތުން ކަންކަން ކުރާ ސަރުކާރަކަށް މި ނޫން ތުހުމަތެއް ނުވެސް ކުރެވޭނެ އެވެ.

ނިކަމެތިންނަށް ދޭން ވައުދުވި ފްލެޓްތައް އައުވާނުންނަށް ދޭން މި އޮތީ ނިންމާފަ އެވެ. އާންމު ސަގާފަތުގެ ދަށުންނެވެ. މުއްސަނދިން އިތުރަށް މުއްސަނދިކޮށް، ނިކަމެތިން އިތުރަށް ނިކަމެތި ކުރުމުގެ ފަލްސަފާގެ ދަށުންނެވެ. މީގެން މިހާރު ހަފަރާތް ވެސް އެބަ ފެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
16 ސެޕްޓެންބަރ 2017 | ހޮނިހިރު 23:07
Faiz
kon molhuvaahaka eh mifadha dhandivalheiga nubunaane thimanna Raees Yamin ah thaaeedhu nukuramekey nukuriyas kaaku flat beynun nuvaane gaboolukurevey vaahaka dhakkabala gulhaaleemaa amilla ah libun marks bunanee flat ge beynumuga dhogu hedhiyas thee bodu varu mi comment jahaala Bala.
15 ސެޕްޓެންބަރ 2017 | ހުކުރު 16:34
ޓޫޓޫ
ސިޔާސީކުލަޖެހިފަޔޯ ހުރިހާކަމެއްގެ މިހާރު ހުންނަނީ. ބާރައް މިސަރުކާރާ އެއްކޮޅައް ހަޅޭއްލަވާ މީހުނައް ލިބޭނެ.
14 ސެޕްޓެންބަރ 2017 | ބުރާސްފަތި 21:45
ސައުދީ
raees ofeehun gulhee. Gulhaafa ehee 2018 ga vote dheynanhey.. nudheynamey buni hurihaa enmen shaeuthu hamanuvee. Mihaaruves foanuga ebain raees ofeehun fonuvi message. Rizugeh libuneemaves furagas dheneedhoyo kiyaafa