Advertisement
ކ. މާލެ
|
11 ޑިސެންބަރ 2025 | ބުރާސްފަތި 15:16
ޖޫން 11، 2021 ގައި ކޮލަމްބޯ ސައުތު ޓީޗިން ހޮސްޕިޓަލުގައި ކޮވިޑް-19 ޕެންޑެމިކް ގެ ދުވަސްވަރު ޑޮކްޓަރުންނަށް ލިބެމުންދާ އިންސެންޓިވްސް އެހެން ސިއްހީ މަސައްކަތްތެރިންނަށް ލިބެން ޖެހޭނެ ކަމަށް ބުނެ އިހުތިޖާޖު ކުރަނީ

ގެޓީއިމޭޖަސް
ސްރީލަންކާ
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
ސްރީލަންކާ އަށް ދިން މި އެހީ ބޭނުން ކުރާނީ ޕްރައިމަރީ ހެލްތު ކެއާ ނިޒާމު ކުރިއެރުވުމަށް.

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކު ގުރޫޕުން 150 މިލިއަން ޑޮލަރުގެ އެހީ ސްރީލަންކާ އަށް ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ލަންކާގެ ލޯކަލް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ވޯލްޑް ބޭންކް ގްރޫޕްގެ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިން ހަމަޖައްސައިދިން މި ފައިސާ ބޭނުން ކުރާނީ ގައުމުގެ ހުރިހާ ސަރަހައްދެއްގައި ޕްރައިމަރީ ހެލްތު ކެއާ ނިޒާމު ކުރިއެރުވުމަށެވެ.

2024 ން 2028 އަށް ހުރިހާ ޑިސްޓްރިކްޓްތަކުގައި ތަންފީޒުކުރުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓުގެ މައިގަނޑު ފޯކަސްތައް ކަމުގައިވަނީ ގައިން ގަޔަށް ނާރާ ބަލިތައް މެނޭޖު ކުރުމާއި، ދުވަސްވީ މީހުންނަށް ދޭ ފަރުވާގެ ޚިދުމަތް ރަނގަޅު ކުރުމާއި، ކޮމިއުނިޓީ ލެވެލްގެ ހިދުމަތްތައް ވަރުގަދަކުރުމެވެ.

- ކޮމެންޓް