Advertisement
ކ. މާލެ
|
2 ޑިސެންބަރ 2025 | އަންގާރަ 20:46
އިންޑިއާ ޓީމުތަކުން ސްރީލަންކާ އަށް އެރި ތޫފާނުގައި ގެއްލުންވި ފަރާތްތަކަށް، ޒަރޫރީ ސާމާނު ފޯރުކޮށްދީ، މީހުންނަށް އެހީތެރިކަން ފޯރުކޮށްދެނީ.
އިންޑިއާ ޓީމުތަކުން ސްރީލަންކާ އަށް އެރި ތޫފާނުގައި ގެއްލުންވި ފަރާތްތަކަށް، ޒަރޫރީ ސާމާނު ފޯރުކޮށްދީ، މީހުންނަށް އެހީތެރިކަން ފޯރުކޮށްދެނީ.
އެކްސް
އިންޑިއާ - ޕާކިސްތާން
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
ސްރީލަންކާ އަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރި ޕާކިސްތާނު ބޯޓަށް ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ލަސްކުރި ކަމަށް ޕާކިސްތާނުން ކުރި ތުހުމަތު އިންޑިއާ އިން ވަނީ ދޮގު ކޮށްފައި.

ސްރީލަންކާ އަށް އިންސާނީ އެހީގެ ސާމާނު ހިފައިގެން ދަތުރުކުރި ޕާކިސްތާނުގެ މަތިންދާބޯޓަކަށް ވައިގެ ސަރަހައްދު އިންޑިއާ ގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ދިނުން އިންޑިއާ އިން ލަސްކުރިކަމަށް ޕާކިސްތާނުން ކުރި ތުހުމަތު އިންޑިއާ އިން ދޮގުކޮށްފި އެވެ.

އިންޑިއާ އިން ބުނީ މި ތުހުމަތަކީ "މާނައެއް ނެތް" އަދި "އޮޅުވާލުމުގެ މައުލޫމާތު" ކަމަށެވެ.

އިންޑިއާގެ ޚާރިޖީ ވުޒާރާ ގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އެދި ހުށަހެޅި ހުށަހެޅުން ޑިސެންބަރު 1 ވަނަ ދުވަހުގެ މެންދުރުފަހު ގާތްގަނޑަކަށް 1:00 ހައިކަންހާއިރު އިސްލާމާބާދުގައި ހުންނަ އިންޑިއާ ގެ ހައި ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ، އިންޑިއާ ސަރުކާރުން މި އެދުން ވަރަށް "އަވަސްކޮށް" ބަލައި، ހުއްދަ ދޫކޮށްފައިވަނީ ހަމަ އެދުވަހުގެ ހަވީރު 5:30 ގައި ކަމަށާއި، އެއީ ޕާކިސްތާނުން ހުށަހެޅި ދަތުރުގެ ތާވަލާ އެއްގޮތަށް ކަމަށެވެ.

އިންޑިއާ އިން ރައްދު ދިނީ ޕާކިސްތާނުގެ ޚާރިޖީ ވުޒާރާ އިން، އިންޑިއާ އިން އަވަހަށް ހުއްދަ ނުދިނުމުގެ ސަބަބުން އެހީ ހިފައިގެން ދަތުރު ކުރަން އޮތް ބޯޓު 60 ގަޑިއިރަށްވުރެ ގިނައިރު ވަންދެން މަޑުކުރަން ޖެހުނު ކަމަށް ބުނުމުންނެވެ. އިސްލާމާބާދުން އިތުރަށް ބުނީ، ދޫކުރެވުނު ހުއްދައަކީ ވެސް "އަމަލީ ގޮތުން ބަލާއިރު ބޭނުން ކުރެވޭނެ" ހުއްދައެއް ނޫން ކަމަށެވެ.

އިންޑިއާ އިން މި ތުހުމަތުތައް ދޮގުކޮށް، ބުނީ ލަންކާ އަށް ކުރިމަތިވެފައިވާ ކާރިސާގައި އެހީތެރިވުމަށް ފުރިހަމައަށް ކަންކަން ހަމަ ޖައްސާފައިވާ ކަމަށާއި، "ލިބެންހުރި ހުރިހާ ވަސީލަތެއް" ބޭނުންކޮށްގެން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

- ކޮމެންޓް