Advertisement
ކ. މާލެ
|
10 ޑިސެންބަރ 2025 | ބުދަ 21:34
އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް
އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް
ރާއްޖެއެމްވީ
އަހުމަދު މައުރޫފް
ޓައުންޝިޕް ޕްރޮޖެކްޓަކީ މި ސަރުކާރުގެ ޕްރޮޖެކްޓެއް ކަމަށް ދައްކަން އުޅުނަސް އެއީ އެމްޑީޕީގެ ވެރިކަމުގައި އެވޯޑްކޮށް ފަށާފައި އޮތް ޕްރޮޖެކްޓެއް: މައުރޫ
މައުރޫފް ފާހަގަ ކުރެއްވި ގޮތުގައި މިކަމަކީ އަޑި ނޭނގޭ ކަމެއް
އެމްޑީޕީގެ ސަރުކާރުގައި މިފަޅު ކުއްޔަށް ދޫކޮށްލާފައިވަނީ 2022 ވަނަ އަހަރު ގެ ފަހުކޮޅުގައި އެފަރުގެ ކޮސްޓަށްވާ ފައިސާ ދައްކާފަ

ނޫނު އަތޮޅުގައި 790 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތަރައްގީކުރާ ޓައުންޝިޕް ޕްރޮޖެކްޓަކީ މި ސަރުކާރުގެ ޕްރޮޖެކްޓެއް ކަމަށް ދައްކަން އުޅުނަސް އެއީ އެމްޑީޕީގެ ވެރިކަމުގައި އެވޯޑްކޮށް ފަށާފައި އޮތް ޕްރޮޖެކްޓެއް ކަމަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް ވިދާޅުވެއްޖެ އެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި މައުރޫފް ވިދާޅުވީ ޓައުންޝިޕް ޕްރޮޖެކްޓަކީ ރައީސް މުޢިއްޒުގެ ސަރުކާރުން އަލަށް ފަށައިގެން އުޅޭ ޕްރޮޖެކްޓެއް ނޫން ކަމަށާއި މި ޕްރޮޖެކްޓަކީ އެމްޑީޕީގެ ވެރިކަމުގައި އެވޯޑްކޮށް ފަށާފައި އޮތް ޕްރޮޖެކްޓެއް ކަމަށެވެ. އަދި މި ޕްރޮޖެކްޓް އަކީ ކުރިން ވެސް އިންވެސްޓް ކޮށްފައިވާ ޕްރޮޖެކްޓެއްކަން މައުރޫފް ފާހަގަ ކުރެއްވި އެވެ.

އޭގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެސްއީޒެޑް ގާނޫނަށް ގެނައި ބަދަލުތަކާއެކު، ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއަށް ރާއްޖެއިން މިހާރު ހުއްދަ ދީފައިވާކަމަށެވެ. އަދި އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންގިލާބީ ތަރައްގީގެ ތަސައްވުރު ހާމަވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް މިކަން ވަނީ ދޮގު ކޮށްފަ އެވެ.

މިކަމާއި ގުޅިގެން ރާއްޖެ އެމްވީ އިން ކޮމެންޓަކަށް އެދުމުން މައުރޫފް ވިދާޅުވީ، އެ ޕްރޮޖެކްޓަކީ 2022 ވަނަ އަހަރު ހުރިހާ ޓްރާންސެކްޝަން އެއް ވެސް ނިމިފައިވާ ޕްރޮޖެކްޓެއް ކަމަށާއި އަދި މި ސަރުކާރުން އެސްއީޒެޑް ގެ ދަށުން އެ މަސައްކަތް ކުރާ ކުންފުންޏަށް އިންކަމް ޓެކްސް އިން ލުއި ދީފައިވާ ކަމަށެވެ. މައުރޫފް ފާހަގަ ކުރެއްވި ގޮތުގައި މިކަމަކީ އަޑި ނޭނގޭ ކަމެކެވެ.

އެމްޑީޕީގެ ސަރުކާރުގައި މިފަޅު ކުއްޔަށް ދޫކޮށްލާފައިވަނީ 2022 ވަނަ އަހަރު ގެ ފަހުކޮޅުގައި އެފަރުގެ ކޮސްޓަށްވާ ފައިސާ ދައްކާފަ އޮންނާނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު. ދެން އޭގެ ފަހުން ޑިވެލޮޕްމަންޓް ޕްލޭންއާ ކޮންސްޓްރަކްޝަން ހުއްދަ ތަކާ އެއްޗެހި ޓޫރިޒަމް މިނިސްޓްރީއިން ފާސް ކޮށްގެން އެފަރާތުން މަސައްކަތް ފަށާއިގެން ގޮސް މިސަރުކާރު އައިރުގައި އޮންނާނީ އެތަން ހިއްކަން ފަށައިފަ. ދެން ހިއްކުމުގެ މަަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށް ގޮސް ވަކި ހިސާބަކުން މިހާރު އަޅުގަނޑުމެންނަށް އަޑު އިވިގެން މިދިޔައީ ސަރުކާރުން މިތަން އެސްއީޒެޑް އަކަށް ހެދި ހަބަރު. އެއްގޮތަކަށް ވެސް އަދި މިކަން އިއުލާނު ކުރި ނަމަވެސް މިއީ މިސަރުކާރުގެ ދުވަސްވަރު މުޅިން އަލަށް ގެނައި އިންވެސްޓްމަންޓެއް ނޫން. މީގަ އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުންވާ އެއްކަމަކީ މިއީ މިސަރުކާރުން ގެނައި އައު އިންވެސްޓްމަންޓެއް ނޫން.

އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް

ފާހަގަ ކޮށްލެވޭ ގޮތުގައި އެމްޑީޕީގެ ސަރުކާރުގައި ނޫނު އަތޮޅު ދިގުފަރު ފަޅާއި ދެކެނެންފަރާއި ކުރަމާދޫގައި ފަށާފައިވާ ޓައުން ޝިޕް ޕްރޮޖެކްޓަށް ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑު) ގާނޫނުގެ ދަށުން ދޫކުރަން ޖެހޭ ހުއްދަ މިދިޔަބ އަންގާރަ ދުވަހު ދޫކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި، މިއީ އެސްއީޒެޑު ގާނޫނުގެ ދަށުން ދޫކުރެވުނު ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ހުއްދަ އެވެ. އަދި، މި ބިޔަ އިންވެސްޓްމަންޓަކީ، އާންމުކޮށް ފެންނަ ޓޫރިޒަމަށް ބިނާވެފައިވާ މޮޑެލްތަކުން ބޭރުން، އެކި ސެކްޓަރުތައް ހިމެނޭ ޑިވެލޮޕްމަންޓުތައް ގެންނަން ކުރިއަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށް ވެސް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުންޏެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ސަރަހައްދުތަކުގައި ހިންގޭނެ އިގުތިސާދީ މަސައްކަތްތަކުގެ ތެރެއަށް ސަސްޓެއިނެބަލް ޓައުންޝިޕްގެ ގޮތުގައި ތަރައްގީ ކުރެވޭ ގޮތަށް ރައީސް މުހައްމަދު މުއިއްޒު ކަނޑައެޅުއްވީ މި އަހަރުގެ ޖެނުއަރީ 12، ގައި ނެރުއްވި ގަރާރަކުންނެވެ.

މި ގަރާރަށް ފަހު، "ޓައުންޝިޕް" މި ބަހަށް ރަސްމީ މާނައެއް ކަނޑައަޅައި، އެސްއީޒެޑުގެ އިންވެސްޓުމަންޓު ބޯޑުން އިއުލާނެއް ގެޒެޓުކުރީ މާޗު 18، ގަ އެވެ. ޖެހިގެން އައި ދުވަހު ކްރިސްޓަލް ހޯލްޑިންސްއިން ތަރައްގީކުރަމުން އައި "ޕްރޮޖެކްޓު އައިލާ" އަށް ވަނީ، ޓައުންޝިޕެއްގެ ގޮތުގައި ތަރައްގީ ކުރަން އިނީޝަލް ޕާމިޓު ދޫކޮށްފަ އެވެ.

- ކޮމެންޓް