Advertisement
ކ. މާލެ
|
9 ޑިސެންބަރ 2025 | އަންގާރަ 13:50
ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖްކުރުން
ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖްކުރުން
ސޯޝަލް މީޑިއާ
ހޯރަފުށީ ކައުންސިލް
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވަނީ ލާމަރުކަޒީ ޤާނޫނާއި ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާތީ ކަމަށް އެލްޖީއޭ އިން ބުނެފައިވޭ
ކައުންސިލްގެ ރައީސް ސަސްޕެންޑްކުރީ ހޯކްސް އަށް ވިޔަފާރި އުސޫލުން ބިމެއް ދޫކުރުމުގައި އަމަލުކޮށްފައިވާ ގޮތާ ގުޅިގެން ކަމަށް އެނގިފައިވޭ
ކައުންސިލްގެ ރައީސް ހިމެނޭހެން ހޯރަފުށީ ކައުންސިލުގައި ތިބެނީ 7 މެމްބަރުން

ހއ. ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ސަސްޕެންޑު ކުރުމުން އެ ކައުންސިލްގެ މުވައްޒަފުންނާއި ރަށުގެ ރައްޔިތުން އެކަމާއި މެދު ނުރުހުން ފާޅުކޮށް އިހްތިޖާޖް ކޮށްފި އެވެ.

ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފައި ވަނީ ހޯމަ ދުވަހު އެވެ. 08 ޑިސެމްބަރު 2025 ގައި އެލްޖީއޭ އިން އެގޮތަށް ނިންމާ ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް އަހުމަދު އިމްދާހު އަށް ވަނީ ސިޓީ އެއް ފޮނުވާފަ އެވެ. އެ ސިޓީގައި އެލްޖީއޭ އިން ބުނީ އެ އޮތޯރިޓީ އިން ހިންގި އިންކުއަރީއަކުން ފާހަގަކުރެވޭ ކަންކަމާއި މެދު އެލްޖީއޭގެ 12 ވަނަ ބައްދަލުވުމުގައި މަޝްވަރާކޮށް ގޮތެއް ނިންމާފައިވާ ކަމަށެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ ނައިބު ރައީސް އަހުމަދު އިމްދާހު ވިދާޅުވީ ކައުންސިލްގެ ރައީސް ސަސްޕެންޑް ކުރީ ރަނގަޅަށް ކަމަށް އެ ކައުންސިލުން ޤަބޫލު ނުކުރާ ކަމަށެވެ. އަދި އާއްމުން ވެސް އެކަން ޤަބޫލު ނުކުރާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"އަޅުގަނޑުމެން ވެސް އާއްމުން ވެސް ޤަބޫލެއް ނުކުރަން މިއީ އިންސާފެއް ކަމަށް ޤަބޫލެއް ނުކުރެވޭ މިއީ. އަޅުގަނޑުމެން އެއްވެސް ވަރަކަށް ބަލަ އެއް ނުގަންނަން މި ނިންމުން." އޭނާ ވަނީ ބުނެފަ އެވެ.ންނަ ކައުންސިލެކެވެ.

މީގެ އިތުރުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ބައެއް މާއްދާތަކާއި ކައުންސިލްގެ ރައީސް ޚިލާފުވެފައިވާ ކަމަށާއި، ސުލޫކީ މިންގަނޑާއި ޚިލާފަށް ހޯރަފުށީ ކައުންސިލްގެ މެމްބަރުންގެ އަމަލުތައް ބަހައްޓާފަައިވާ ކަމަށް އެލްޖީއޭ އިން ބުނެ އެވެ. އެކަމުގެ ގެއްލުން ކައުންސިލާއި ލާމަރުކަޒީ ނިޒާމަށް ލިބޭ ކަމަށް އެ ސިޓީގައި ވަނީ ބުނެފަ އެވެ.

އެ މައްސަލަތަކުގެ މައްޗަށް ބަލާ ކައުންސިލް ހިންގުމުގެ އެންމެ މަތީ ފަރާތަކީ ކައުންސިލްގެ ރައީސްކަމަށް ވާތީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރަން ނިންމީ ކަމަށް އެލްޖީއޭ އިން ވަނީ ބުނެފަ އެވެ. އެލްޖީއޭ އިން ވަނީ ކައުންސިލްގެ ރައީސް ފިޔަވާ އެހެން ކައުންސިލަރުންނަށް ނަސޭހަތް ދީފަ އެވެ.

އެލްޖީއޭގެ މި ސިޓީގައި އެލްޖީއޭގެ އިންކުއަރީގެ އެއްވެސް ތަފްސީލެއް ހިމަނާފަ އެއް ނުވެ އެވެ. އަދި މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކުރި ކައުންސިލް ރައީސްގެ ފަރާތުން މިފަދަ ކަންކަން ކުރިން ތަކުރާރު ވެގެންތޯ، އަދި ކިހާ ބޮޑު މިނެއްގެ ކުށެއް ހިނގައިގެންތޯ އެލްޖީއޭ އިން ސާފުކޮށް ބަޔާންކޮށްފަ އެއް ނުވެ އެވެ.

ރާއްޖެ އެމްވީ އަށް އެނގިފައިވާ ގޮތުގައި ހޯރަފުށީ ކައުންސިލާާއި މެދު ބެލީ ހޯކްސް އަށް ވިޔަފާރި އުސޫލުން ބިމެއް ދޫކުރުމުގައި އަމަލު ކޮށްފައިވާ ގޮތުގެ މައްސަލަ އެކެވެ. މިކަމާއި ގުޅިގެން އެލްޖީއޭ އިންނާއި އޭސީސީ އިން ވެސް ބައެއް ބެލުންތައް ބަލާފައިވާ ކަމަށް ވަނީ އެނގިފަ އެވެ. ނަމަވެސް އެ ދެ އިދާރާ އިން ވެސް މިކަމާއި ގުޅިގެން ގޯސްކޮށް ހިނގާފައި އޮތް ކަމެއް ސާފުކޮށް ދީފަ އެއް ނުވެ އެވެ. އަދި ހޯކްސް އަށް ބިން ދިނުން ހުއްޓުވުމަށް ކޯޓުގައި ވެސް ދައުލަތުން މީގެ ކުރިން އެދުނު ނަމަވެސް، ކޯޓުން ވެސް ބުނީ ހުއްޓުވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅާފައިވެ އެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން ކައުންސިލް ރައީސް ވިދާޅުވީ ކައުންސިލަރުންގެ ބައިވެރިވުމާއި އެކު ނިންމި ނިންމުމެއްގައި ވަކި މީހަކު އެކަނި ކުށްވެރިވާ ކަމަށް ބުނުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. ކައުންސިލްގެ ރައީސް ހިމެނޭހެން ހޯރަފުށީ ކައުންސިލުގައި ތިބެނީ 7 މެމްބަރުންނެވެ. މިއީ އެމްޑީޕީގެ ފުރިހަމަ މެޖޯރިޓީ އޮންނަ ކައުންސިލެކެވެ.

- ކޮމެންޓް