Advertisement
ކ. މާލެ
|
9 ޑިސެންބަރ 2025 | އަންގާރަ 18:04
އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
ރާއްޖެއެމްވީ
އެމްޑީޕީ
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
އެމްޑީޕީގެ ޕީޖީ ލީޑަރ ނާޒިލް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތްކުރުމަކީ ޕާޓީއަށް އެކަށީގެންވާ ރަނގަޅު ހިސާބަކަށް ދެވޭނެ ކަމެއް ކަމަށް
ސަރުކާރުން ބޭނުންވާ ގޮތަކަށް ކަންކަން ތަރުތީބުކުރުމަށް ކައުންސިލް އިންތިޚާބުގައި މަސައްކަތް ކުރާ ކަމަށާއި އެއީ ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭ ކަމެއް ކަމަށް ނާޒިލް ވިދާޅުވި
މަޖިލީހުގެ މެމްބަރުން ވެސް މަސައްކަތް ކުރަންވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ނަތީޖާ ރަނގަޅު ކުރުމުގެ އަމާޒަށް ކަމަށް އޭނާ ވަނީ ވިދާޅުވެފަ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި ކަމަށް ޤަބޫލުކުރައްވާ ކަަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ޕީޖީ ލީޑަރ, ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ނާޒިލް އެފަދައިން ވިދާޅުވީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލު ވުމުގައި ހޯމަ ދުވަހުގެ ރޭ ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ ޕާޓީގެ ކުރިމަގަށްޓަކާ ޤައުމީ މަޖިލީހުގެ މެމްބަރުން ކުރަން ޖެހޭ ވަރަށް ބުރަ މަސައްކަތްތަކެއް ހުރި ކަމަށެވެ. އެ ޕާޓީ އިން ކުރާ މަސައްކަތުގައި އެކަށީގެންވާ ރަނގަޅު ހިސާބަކަށް ދެވޭނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ރަނގަޅު ނަތީޖާ އެއް ހޯދުމަށް މަސައްކަތްކޮށްގެން ކަމަށް ނާޒިލް ވަނީ ވިދާޅުވެފަ އެވެ. މިއީ އެމްޑީޕީ އިން ލޯކަލް ކައުންސިލް އިންތިޚާބަށްޓަކާ އެކުގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ ސަރުކާރުން ބޭނުންވާ ގޮތަކަށް ކަންކަން ތަރުތީބު ކުރުމަށް ކައުންސިލް އިންތިޚާބުގައި ވެސް މަސައްކަތް ކުރާ ކަމަށެވެ. އެއީ ވެސް ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭ ކަމެއް ކަމަށް ނާޒިލް ވިދާޅުވި އެވެ. އެހެންކަމުން ވަރަށް ކައިރިން މަސައްކަތް ނުކޮށްފި ނަމަ އުންމީދުކުރާ ނަތީޖާ ނުނިކުތުން އެކަށީގެންވާ ކަމަށް ނާޒިލް ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންނަށް ގޮންޖެހުންތަކެއް އޮންނާނެ. ކައުންސިލް އިންތިޚާބަށް ފާރަވެރިވުން މުހިންމު. އީސީގެ ރައީސަކަށް ވެސް ހުންނެވީ ރައީސް ބޭނުންފުޅުވާ ބޭފުޅެއް." ނާޒިލް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވެސް ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ވާން ޖެހޭ އިދާރީ ތައްޔާރީތައް ވަމުންދާ ކަމަށާއި އެ ޕާޓީ އިން ވެސް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވާން ޖެހޭ ކަމަށް ނާޒިލް ވަނީ ވިދާޅުވެފަ އެވެ. މަޖިލީހުގެ މެމްބަރުން ވެސް މަސައްކަތް ކުރަންވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ނަތީޖާ ރަނގަޅު ކުރުމުގެ އަމާޒަށް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

- ކޮމެންޓް