Advertisement
ކ. މާލެ
|
10 ޑިސެންބަރ 2025 | ބުދަ 11:26
ބޮޑު ކަންނެލި މަސްވެރިން ކުރިއަށްގެންދާ މުޒާހަރާ ގައި ރައީސް ބައިވެރިވެވަޑައިގަތުން
ބޮޑު ކަންނެލި މަސްވެރިން ކުރިއަށްގެންދާ މުޒާހަރާ ގައި ރައީސް ބައިވެރިވެވަޑައިގަތުން
ރައީސް އޮފީސް
މަސްވެރިންގެ ދުވަސް
މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް ސާލިޙް
އެމްޑީޕީ ސަރުކާރުން ފައްޓާފައިވާ މި ޕްރޮޖެކްޓްތަކުގެ އަގު ޖުމްލަ 500 މިލިއަން ރުފިޔާ އަށް އަރާ
48 ގަޑި އިރުތެރޭ ކިރާ މަހަށް ޑޮލަރުން ދޭން ބުނި ފައިސާ ހަނދާން ނައްތާލާފައި

މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް "ކުރީ ސަރުކާރުން" ފަށާފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެ އެވެ.

ޑިސެމްބަރ 10 ވަނަ ދުވަހު ފާހަގަ ކުރަމުންދާ މަސްވެރިންގެ ދުވަހާ ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއް ގައި ރައީސް ސާލިޙް ވިދާޅުވީ، ފައިސާ ހަމަޖެހިފައިވާ މަޝްރޫޢުތައް ލަސްނުކޮށް ނިންމުމަށް މިއަދުގެ ސަރުކާރަށް އިލްތިމާސް ކުރާ ކަމަށެވެ. އެއީ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގިނަ ކަންތައްތަކަށް ރަނގަޅު ބަދަލުތަކެއް ގެނެސްދޭނެ ޕްރޮޖެކްޓްތަކެއް ކަމަށް ރައީސް ސާލިޙް ވިދާޅުވެފައިވެ އެވެ.

އެމަނިކުފާނުގެ މި ޕޯސްޓް ގައި މަސްވެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މަސްވެރިންނާއި މަސްވެރި އާއިލާތަކަށް އަދި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ވަނީ އަރިސްކޮށްފަ އެވެ.

އެމްޑީޕީގެ ވެރިކަމުގައި، ކުރީ ސަރުކާރުން، ކޮވިޑް19 ގެ ދުވަސްވަރު އެއް އިންޑަސްޓްރީ އެއްގެ މައްޗަށް މުޅި އިގްތިސާދު ބިނާވުމުން ދިމާވި ގޮންޖެހުމަށް ހައްލު ހޯދުމުގެ ގޮތުން މަސްވެރިކަމުގެ ސިނާއަތުން ލިބޭ ނަފާ އިތުރު ކުރުމަށް ދުރު ރާސްތާ މަޝްރޫއުތަކެއް އެ އުނދަގޫ ދުވަސްވަރުވެސް ފެށި އެވެ.

މިގޮތުން ފެލިވަރު އޮޕަރޭޝަން ފުޅާކުރުމަށް ހާއްސަ ޕްރޮޖެކްޓެއް ހިންގުމާއި، މުލަކުގައި މަސްބަނދަރު ތަރައްގީ ކުރުމާއި، ގދ. ތިނަދޫގައި ކޯލްޑް ސްޓޯރޭޖް މަސައްކަތާއި، ކޫއްޑޫ ބަނދަރު ބޮޑުކުރުމާއި، ހުޅުމީދޫ ގައި އެކްސްޕޯރޓް ޖެޓީ ހެދުމުގެ މަސައްކަތް ހިމެނެ އެވެ. މި ޕްރޮޖެކްޓްތަކުގެ އަގު ޖުމުލަ 500 މިލިއަން ރުފިޔާ އަށް އަރައެވެ. މި ހުރިހާ މަސައްކަތްތަކެއް މިހާރު ހުރީ ހުއްޓިފަ އެވެ.

ސަރުކާރުން މަސްވެރިންގެ ހައްގުގައި މިހާތަނަށް ކުރި އެއްވެސް ކަމެއްނެތެވެ. އެކަން އެހެން ވިޔަސް މެނިފެސްޓޯގައި މަސްވެރިކަމަށް އަމާޒުކޮށް ހުރި ފޮނި ވާހަކަތައް މަދެއް ނޫނެވެ. ޑރ. މުއިއްޒުގެ މެނިފެސްޓޯގައި މުޅީން ހާއްސަ ޗެޕްޓަރެއް މަސްވެރިކަމަށް ހާއްސަކޮށްފައި ވާއިރު، އެއިން އެއްވެސް ކަމެއް ވާން އުޅޭކަމުގެ "ފެހި ސިގްނަލް" ފެންނާކަށް ނެތެވެ. 48 ގަޑި އިރުތެރޭ ކިރާ މަހަށް ޑޮލަރުން ދޭންބުނި ފައިސާ ހަނދާން ނައްތާލައިފި އެވެ. މިފްކޯގެ ޝެއަރ ވިއްކާނަމޭވެސް ބުނެފައި އޮތެވެ.

ސްޕޯރޓްސް ފިޝިންގއަށް ހާއްސަ ބަނދަރެއް ހެދުމަށާއި މަދުވެގެން 80 ރުފިޔާ އަށް ކަންނެލި ގަންނަން ވައުދުވެ އައި ސަރުކާރުން، ސައުދީ ފަންޑުގެ އެހީގައި ތަރައްގީ ކުރި ބޮޑު ކަންނެލީގެ މަސްވެރިކަމަށް ޚާއްސަ ކަނޑއޮތްގިރިއާއި އެރަށުގެ ބަނދަރު ހަވާލުކުރީ ސިފައިންނަށެވެ.

- ކޮމެންޓް