Advertisement
ކ. މާލެ
|
10 ޑިސެންބަރ 2025 | ބުދަ 10:45
މެޗުގައި ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓަރސް
ޔުއެފާ ޗެމްޕިއަންސް ލީގު
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
މޮޅާ އެކު ލިވަޕޫލް އޮތީ ޗެމްްޕިއަންސް ލީގު ތާވަލްގެ އަށް ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ކުޅެފައިވާ ހަ މެޗުން 12 ޕޮއިންޓާ އެކު އެވެ. ޗެމްޕިއަންސް ލީގުގެ ހަތަރު މެޗުން ލިވަޕޫލް މޮޅުވެފައިވާއިރު، ދެ މެޗުން ވަނީ ބަލިވެފަ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި އިންޓަރ މިލާންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ލިވަޕޫލް އިން ހަމަ ޖެހުމެއް ހޯދައިފި އެވެ.

އިންޓަރ މިލާންގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ލިވަޕޫލް އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ލިވަޕޫލް އިން ލަނޑު ޖެހީ ވެސް މެޗުގެ އެންމެ ފަހު ވަގުތުގެ ތެރޭގަ އެވެ.

މެޗު ގެ ފުރަތަމަ ހާފުގައި ލިވަޕޫލްގެ އިބްރާހިމާ ކޮނާޓޭ ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް، ލިވަޕޫލް އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް މެޗުން މޮޅުކޮށްދިނީ ޑޮމިނިކް ސޮބޮސްލާއީ އެވެ.

އިންޓަރ މިލާން އަތުން ލިވަޕޫލްް މޮޅުވެފައިވާއިރު، މި ފަހަކަށް އައިސް އެ ޓީމުގެ ނަތީޖާތައް ދަށްވެފައިވާތީ، އެ ޓީމުގެ ކޯޗު އާން ސްލޮޓް އަށް ވަނީ ފާޑު ކިޔުންތައް އަމާޒުވެފަ އެވެ. ހުރިހާ މުބާރާތެއްގައި އެންމެ ފަހުން ލިވަޕޫލް ކުޅުނު 11 މެޗަށް ބަލާއިރު، މޮޅުވެފައި ވަނީ ތިން މެޗުންނެވެ. ހަ މެޗުން ބަލިވެފައިވާއިރު، ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ.

މޮޅާ އެކު ލިވަޕޫލް އޮތީ ޗެމްްޕިއަންސް ލީގު ތާވަލްގެ އަށް ވަނަ މަގާމުގަ އެވެ. އެއީ މިހާތަނަށް ކުޅެފައިވާ ހަ މެޗުން 12 ޕޮއިންޓާ އެކު އެވެ. ޗެމްޕިއަންސް ލީގުގެ ހަތަރު މެޗުން ލިވަޕޫލް މޮޅުވެފައިވާއިރު، ދެ މެޗުން ވަނީ ބަލިވެފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ސްލޮޓް ބުނެފައި ވަނީ، އިންޓަރ އަތުން ހޯދުނީ ވަރަށް މުހިންމު މޮޅެއް ކަމަށެވެ. އެއާއެކު އިތުރު ހިތްވަރެއް ނެރެގެން ކުރިއަށް ދާން މަސައްކަތް ކުރަން ޖެހޭ ކަމަށް ސްލޮޓް ބުންޏެވެ. އޭނާ ބުނީ ކުޅުންތެރިންނަށް އިތުބާރު އޮންނަ ކަމަށާއި، ލިވަޕޫލް އަށް ނަތީޖާ ނެރެވޭނެ ކަމާ މެދު އޭނާ ޝައްކު ނުކުރާ ކަމަށެވެ.

- ކޮމެންޓް