ރައީސް ޑރ.މުހައްމަދު މުއިއްޒު ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ތަކުރާރުކޮށް ވިދާޅުވި ނަމަވެސް ރައްޔިތުންގެ ޚިޔާލު ނުހޯދާ ބޮޑެތި ކަންކަން ކުރައްވަމުން ގެންދަވާތީ އާއްމު މީހެއްގެ ކަންބޮޑުވުންތައް އޮއްސާލައިފި އެވެ.
މި މޭރުމުން ހެންވޭރު ރައްޔިތެއްގެ ކަންބޮޑުވުން ފާޅުކުރީ އެ އަވަށުގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރުމަށް އާދިއްތަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގަ އެވެ. ހަލީމަތު ކިޔާ އެ މީހާ ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު އަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ.
ރައީސް ޑރ.މުއިއްޒު އެ މަނިކުފާނު ހުންނަވާނީ ވެސް ރައްޔިތުންގެ ފަޅީގައި ކަމަށް ވިދާޅުވި ނަމަވެސް އެކަން މުއިއްޒު ގެ ކިބައިން ނުފެންނަ ކަަމަށް އޭނާ ވަނީ ބުނެފަ އެވެ. އެ ގޮތުން ރައްޔިތުން ވޯޓު ލައިގެން ހޮވާ މެމްބަރުންގެ މެމްބަރުކަން ގެއްލުވާލުމުގެ ބާރު ރައީސްގެ އަތްޕުޅަށް ނަންގަވާފައިވާ ކަމަށާއި އެހެންކަމުން ރައްޔިތުންގެ ބާރު އޮތް ކަމަށް ރައީސް ވިދާޅުވާ ވާހަކަ އަކީ ހަގީގަތެއް ނޫން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރެއްވުން - ޖުޑީޝަރިއަށް އަތް ބޭނުން މިހާރުން މިހާރަށް ނިމުނީއޭ ވިދާޅުވި އިރު ކަން ހިނގަނީ އެހެނެއް ނޫން. ކޯޓުތަކަށް އަތް ނުބާނާނެ ކަމަށް ވިދާޅުވެ އިއްތިފާގުން ކުރެއްވި ކަންތައްތަކަކީ މިއީ pic.twitter.com/FvP9cAEc17
— RaajjeTV (@Raajje_tv) December 7, 2025
ރައީސަކީ ރައްޔިތުން ދިން ވަޒީފާ އެއް ގައި ހުރި ރައްޔިތުންގެ ހާދިމެއް ކަމަށް ހަލީމަތު ވަނީ ބުނެފަ އެވެ.
މީގެ އިތުރުން 15 އަހަރުއް ސުރެ ހިނގަމުން އައި ލާމަރުކަޒީ ނިޒާމަށް ވެސް މި ވެރިކަމުގައި އެތައް ބަދަލެއް ގެނެސްފައިވާ ކަމަށާއި، އަތޮޅު ކައުންސިލުތައް އުވާލާފައިވާ ކަމަށާއި، އެކަން ކަން ކުރީ އާއްމުންގެ ޚިޔާލެއް ނެތި ކަމަށް ހަލީމަތު ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އޭނާ ވަނީ މި ސަރުކާރުން ކުރާނެ ކަމަށް ބުނުމަށް ފަހު، އެހެން ގޮތަކަށް ކުރި ކަންކަމަށް ވެސް އަލިއަޅުވާލާފަ އެވެ. އޭގެ ތެރޭގައި، އެމީހަކަށް ލިބުނު ތަނަކުން ފްލެޓާ ގޯތި ދޭނެ ކަމަށް ވައުދު ވުމަށް ފަހު، އެ ގޮތައް އަމަލު ނުކުރިކަން އޭނާ ފާހަގަ ކުރިއެވެ.