Advertisement
ކ. މާލެ
|
8 ޑިސެންބަރ 2025 | ހޯމަ 09:12
ވޯލްޑް ކަޕްގެ ގުރު ނެގި ރަސްމިއްޔާތުގައި، މުބާރާތުގެ ތަށްޓާ އެކު ސްކަލޯނީ ސްޓޭޖަށް އަރަނީ
ވޯލްޑް ކަޕްގެ ގުރު ނެގި ރަސްމިއްޔާތުގައި، މުބާރާތުގެ ތަށްޓާ އެކު ސްކަލޯނީ ސްޓޭޖަށް އަރަނީ
ރޮއިޓަރސް
ފީފާ
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިންފަންޓީނޯ ވިދާޅުވެފައި ވަނީ، ފީފާގެ ފަރާތުން އޭނާ މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރަސްމިއްޔާތުގެ ކުރިން، ސްކަލޯނީ އަށް އަންގާފައި ވަނީ އަންގި ލައިގެން ތަށީގައި ހިފުމަށް ކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށް ވެސް އިންފަންޓީނޯ ވިދާޅުވެފައިވެ އެވެ.

ފީފާ ވޯލްޑް ކަޕްގެ ޚާއްސަ ތަށީގައި އަންގި ލައިގެން ހިފަން އެންގުމުން، އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ އާއި، އާޖެންޓީނާ ޓީމުގެ ފަރާތުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މައާފަށް އެދިވަޑައިގެންފި އެވެ.

ހުކުރު ދުވަހުގެ ރޭ އޮތް ވޯލްޑް ކަޕްގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައި، މުބާރާތުގެ ތަށި ސްޓޭޖަށް ގެނެސްދިނީ އާޖެންޓީނާގެ ކޯޗު ސްކަލޯނީ އެވެ. ތަށި ހިފައިގެން އައި ވަގުތު، ސްކަލޯނީ ހުރީ ހުދު ކުލައިގެން އަންގިއެއް އަތަށް ލައިގެންނެވެ.

ފީފާ އިން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން ވޯލްޑް ކަޕްގެ ތަށީގައި އަންގި ނުލައި އަތް ލެވޭނީ މުބާރާތް ކާމިޔާބު ކޮށްފައިވާ ޓީމު ތަކުގެ ކުޅުންތެރިން އަދި އޮފިޝަލުންނަށެވެ. މީގެ އިތުރުން ޤައުމު ތަކުގެ ވެރިން އަދި ފީފާގެ ޚާއްސަ އޮފިޝަލުންނަށް ވެސް ވޯލްޑް ކަޕްގެ ތަށީގައި އަތް ލެވޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ނަމަވެސް، އަންނަ އަހަރު އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި އޮންނަ މުބާރާތުގެ ގުރު ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި އަންގި ލައިގެން ތަށީގައި ހިފުމަށް ސްކަލޯނީ އަށް އެންގުމުން ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިންފަންޓީނޯ ވިދާޅުވެފައި ވަނީ، ފީފާގެ ފަރާތުން އޭނާ މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ރަސްމިއްޔާތުގެ ކުރިން، ސްކަލޯނީ އަށް އަންގާފައި ވަނީ އަންގި ލައިގެން ތަށީގައި ހިފުމަށް ކަމެއް އެނގިވަޑައިގެންފައި ނުވާ ކަމަށް ވެސް އިންފަންޓީނޯ ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން އިންފަންޓީނޯ ވިދާޅުވެފައި ވަނީ ސްކަލޯނީ އަކީ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ، ދުނިޔޭގެ ޗެމްޕިއަނެއް ކަމަށާއި، އޭނާ އަށް ތަށީގައި އަތް ލެވޭނެ ކަމަށެވެ. އެކަމަކު، ހިނގައިދިޔަ ކަންތައް ތަކަށް މައާފަށް އެދިވަޑައިގެން އިންފަންޓީނޯ ވިދާޅުވީ، އެއީ ކަންބޮޑު ވެސް ވާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް، މަޒާޖީ ގޮތެއްގައި އޭނާ ވިދާޅުވީ، ދުނިޔޭގެ ޗެމްޕިއަނަކަށް ވުމަކީ ކޮންމެ ދުވަހަކު ވެސް އުމުރުން ޒުވާންކަން އިޙުސާސް ކުރެވޭނެ ކަމެއް ކަމަށެވެ.

އެކި އެކި މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، އަންގި ލައިގެން ތަށީގައި ހިފުމަށް ސްކަލޯނީ އަށް އެންގީ ފީފާގެ އޮފިޝަލުންނެވެ. އެ ރަސްމިއްޔާތުގައި ސްޓޭޖަށް ތަށި އެރުވުމުގެ ދައުވަތު ސްކަލޯނީ އަށް ދިނުމަށް ފަހު، ރަސްމިއްޔާތަށް އޭނާ ޙާޒިރުވުމުން އެކަން އެންގިއިރު، އޮފިޝަލުންނަށް އޭނާ އަކީ އާޖެންޓީނާގެ ކޯޗުކަން ނޭނގޭ ކަމަށް މީޑިއާ ތަކުގައި ބުނެފައިވެ އެވެ.

ސްކަލޯނީ އަކީ އެންމެ ފަހުން 2022 ވަނަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބު ކުރިއިރު، އެ ޓީމަށް އިރުޝާދު ދިން ކޯޗެވެ. އޭގެ ފަހުން އޭނާ އަށް ވަނީ ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމު ވެސް ލިބިފަ އެވެ. ނަމަވެސް، ފީފާގެ އޮފިޝަލުންނަށް އާޖެންޓީނާގެ ކޯޗު ވަކި ކުރަން ނޭނގުމަކީ ހައިރާންވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ފާހަގަ ކޮށްފައިވެ އެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕާ އާޖެންޓީނާ ކުރިމަތިލާއިރު، އެ ޓީމު ހިމެނިފައި އޮތީ ގުރޫޕް ޖޭގަ އެވެ. މި ގުރޫޕުގައި އާޖެންޓީނާގެ އިތުރުން ދެން އޮތީ އަލްޖީރިއާ، އޮސްޓްރިއާ އަދި ޖޯޑަން އެވެ.

- ކޮމެންޓް