Advertisement
ކ. މާލެ
|
24 އޮކްޓޯބަރ 2025 | ހުކުރު 14:27
ފީފާގެ ރައީސް އިންފަންޓީނޯ : އޭނާ ރާއްޖެ ވަޑައިގަތީ ހުކުރު ދުވަހު - 24 އޮކްޓޯބަރު 2025
ފީފާގެ ރައީސް އިންފަންޓީނޯ : އޭނާ ރާއްޖެ ވަޑައިގަތީ ހުކުރު ދުވަހު - 24 އޮކްޓޯބަރު 2025
އެފްއޭއެމް
ފީފާގެ ރައީސް
ތާރީޚީ ދަތުރުފުޅެއްގައި ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގެންފި
މިއީ ފީފާގެ ރައީސްގެ ހައިސިއްޔަތުން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރު، މީގެ ކުރިން އިންފަންޓީނޯ ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ޗުއްޓީ ހޭދަ ކުރެއްވުމަށް ރާއްޖެ ވަޑައިގެންފަ،

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ރައީސް ޖިއާނީ އަންފަންޓީނޯ ރާއްޖެ ވަޑައިގެންފި އެވެ.

ހުކުރު ދުވަހުގެ ހެނދުނު އިންފަންޓީނޯ ރާއްޖެ ވަޑައިގެންފައިވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވަނީ އިންފަންޓީނޯ އަށް ހޫނު މަރުޙަބާއެއް ދަންނަވައިފަ އެވެ.

މި ދަތުރުފުޅުގައި އިންފަންޓީނޯ، ރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުއާ ވެސް ބައްދަލު ކުރައްވާނެ އެވެ. އަދި ރައީސް މުޢިއްޒު އާއި އިންފަންޓީނޯ ބައްދަލު ކުރާ ފުޓުބޯޅަ މެޗެއް ވެސް ހުކުރު ދުވަހު ހަވީރު ގަލޮޅު ދަނޑުގައި ކުޅުމަށް ވަނީ ހަމަޖެހިފައި އެވެ.

މިއީ ފީފާގެ ރައީސްގެ ހައިސިއްޔަތުން ރަސްމީ ދަތުރުފުޅެއްގައި އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އިންފަންޓީނޯ ވަނީ ނުރަސްމީ ދަތުރުފުޅެއްގައި ޗުއްޓީ ހޭދަ ކުރެއްވުމަށް ރާއްޖެ ވަޑައިގެންފަ އެވެ.

އެގޮތުން 2022 ވަނަ އަހަރު ޤަތަރުގައި ކުރިއަށް ދިޔަ ފީފާ ވާރލްޑް ކަޕަށް ފަހު އިންފަންޓީނޯ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.

މީގެ ކުރިން ފީފާގެ ރައީސް އަކު ރާއްޖެ ވަޑައިގެންފައި ވަނީ 2006 ވަނަ އަހަރު އެވެ. އެއީ 2004 ގެ ސުނާމީ ކާރިސާގައި ގެއްލުން ލިބުނު ޤައުމު ތަކަށް ކުރެއްވި ދަތުރުފުޅެއްގައި، ފީފާގެ އޭރުގެ ރައީސް ސެޕް ބްލެޓާ އެވެ.

އެ ދަތުރުފުޅުގައި ބްލެޓާ ވަނީ، ރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމްއާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

- ކޮމެންޓް