Advertisement
ކ. މާލެ
|
6 ޑިސެންބަރ 2025 | ހޮނިހިރު 21:30
ފެހި އައްސޭރިގެ ގަނބައިގެން ދިޔަ ކަމަށް ހަސަން ރަޝީދު ވަނީ ރައީސާއި ބައްދަލުކުރި އިރު ބުނެފައި
ފެހި އައްސޭރިގެ ގަނބައިގެން ދިޔަ ކަމަށް ހަސަން ރަޝީދު ވަނީ ރައީސާއި ބައްދަލުކުރި އިރު ބުނެފައި
ރާއްޖެއެމްވީ
ޙަސަން ރަޝީދު
އާއްމު މީހެއް ގެ ޝަކުވާ: އާރުސީސީ ގެ ސަބަބުން ގެއެއް ގަނބައިގެން ބޮޑެތި އެތައް ގެއްލުމެއް
ކަނޑުފުށި ގެ ހެދުމުގައި އާރުސީސީން އަމަލުކުރި ގޮތުން އެމީހުންގެ ގެއަށް ފޫނުބެދޭ ވަރަށް ގެއްލުންވެ ގެ ދޫކޮށްލަން މަޖުބޫރުވި ކަމަށް އާއްމު މީހަކު ބުނި
މައްސަލައިގެ ހައްލު ހޯދުމަށް ނާޒިމްގެ ކިބައިން އެދުނު ނަމަވެސް އިޖާބަ ނުދޭ
މާފަންނު ފެހި އައްސޭރިގެ ވެރިފަރާތުން ބުނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ގެ ގެނބުމުން ވީ ކަމަށް

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސް (އާރުސީސީ)ން މާލޭ ގެ ގެއެއް ހަދަމުން ދިޔަ ގޮތަކުން ޖެހިގެން ހުރި ގެ ގަނބައިގަނެގެން ދިޔަ ކަމަށް އެ ގޭގެ ވެރިފަރާތުން ބުނެފި އެވެ.

މާލޭގެ މާފަންނު ފެހި އައްސޭރިގެ ގަނބައިގެން ދިޔަ ކަމަށް ހަސަން ރަޝީދު ނަމަކަށް ކިޔާ މީހަކު ބުނީ، ރައީސް މުހައްމަދު މުއިއްޒު މާފަންނު ގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ޖަލްސާގަ އެވެ.

އޭނާ އެ ވާހަކަތައް ކިޔާދިން އިން ރައީސް އާއި ޖެހިގެން އިށީނދެ އިންނެވީ މާފަންނު އުތުރު ދާއިރާ ގެ މަޖިލިސް މެންބަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް އެވެ. އާރުސީސީއަކީ ނާޒިމް ގެ އާއިލީ ކުންފުންޏެއް ކަން ފާހަގަކޮށްލެވެ އެވެ.

"ވަރަށް ބޮޑަށް ގެއްލުން ވެފައިވޭ. އަޅުގަނޑުމެން ގެ ގެއަކީ ސުނާމީގައި ވެސް ފެން ވަތް ގެ އެއް ނުން. ގެ ގެނބުމުން ފަހުން ފެން ވަދޭ ގެއަށް." އޭނާ ވަނީ ބުނެފަ އެވެ.

ހަސަން ރަޝީދު ވަނީ އޭނާގެ ގެ ގެނބުމުގެ ސަބަބުން ފޫ ނުބެދޭ ވަރަށް ގެއްލުން ވެފައިވާ ކަމަށް ބުނެފަ އެވެ. އޭނާ ކިޔާދިން ގޮތުގައި އެ ގެއްލުންތައް ވެފައި ވަނީ އޭނާގެ ގެ އާއި ޖެހިގެން ހުންނަ ކަނޑުފުށި ގެ ހެދުމުގައި އާރުސީސީސީ އިން އަމަލުކުރި ގޮތުންނެވެ. އަދި އާރުސީސީ އިން އެ ގެ އަށް ގެއްލުންވީ ކުންފުނީގެ ސަބަބުން ކަމަށް އެއްބަސްވެފައިވާ ކަމަށް އެ އާއްމު މީހާ ކިޔާދިނެވެ.

އެކަމުގެ ސަބަބުން ލިބުނު ގެއްލުންތަކާއި ގުޅިގެން ގެ ދޫކޮށްލަން މަޖުބޫރުވި ކަމަށް އޭނާ ކިޔާދިނެވެ. މީގެ އިތުރުން އެކަމަށް ހައްލު ހޯދާދިނުމަށް ނާޒިމްގެ ކިބައިން އެދިފައި ވީ ނަމަވެސް އެ ކަމަށް އިޖާބަ ނުދޭ ކަމަށް ބުނެފައިވެ އެވެ. އޭނާ ބުނީ އެކަމާއި ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ އަށް މައްސަލަ ހުށަހެޅި ކަމަށެވެ.

- ކޮމެންޓް