Advertisement
ކ. މާލެ
|
5 ޑިސެންބަރ 2025 | ހުކުރު 14:05
ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ
ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ
ރޮއިޓަރސް
ވެެނެޒުއެލާ-އެމެރިކާ
މަދޫރޯގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް، ނިދާ ތަން ތަން ބަދަލުކޮށް، ގެންގުޅުއްވާ ފޯނު ވެސް ބަދަލު ކުރޭ
އެމެރިކާގައި މަދޫރޯގެ މައްޗަށް މަސްތުވާ ތަަކެތީގެ ވިޔަފާރީގެ ދައުވާ އުފުލާފައިވާއިރު، އެމެރިކާ އިން ވަނީ މަދޫރޯ ހައްޔަރު ކުރާ ފަރާތަކަށް 10 މިލިއަން އެމެރިކާ ޑޮލަރުގެ އިނާާމެއް ވެސް ހުށަހަޅާފަ.

އެމެރިކާ އާއި ވެނެޒުއެލާ އާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގެ ތެރޭގައި، ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ކަމަށް ރިޕޯޓު ކޮށްފި އެވެ.

ނިއު ޔޯކް ޓައިމްސްގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ކޮންމެ ރެޔަކު މަދޫރޯ އަވަހާރަފުޅު ލައްޕަވާ ތަންތަން ވެސް ބަދަލު ކުރެ އެވެ. އަދި މަދޫރޯ ބޭނުން ކުރައްވާ ފޯނު އަވަސް އަވަހަަށް ބަދަލު ކުރައްވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެމެރިކާ އިން ކެރީބިއަން ސަރަހައްދުގައި ހަނގުރާމަ މަތީ ބޯޓުތައް އިތުރު ކުރަމުން ދިއުމާ ގުޅިގެން، މަދޫރޯ އެންމެ ބޮޑަށް ބިރު ގަންނަނީ އެމެރިކާ އިން ޚާއްސަ ހަމަލާ އެއް ދީފާނެ ކަމަށެވެ. ނުވަތަ އެމެރިކާ ސިފައިންގެ ޚާއްސަ ހަމަލާއެއް ދީފާނެ ކަމުގެ ކަންބޮޑުވުން މަދޫރޯގެ އޮތް ކަމަށް ވެސް ރިޕޯޓު ކޮށްފައިވެ އެވެ.

މިހާރު އެ ސަރަހައްދުގައި އެމެރިކާ އަށް ނިސްވަތްވާ 15،000 އަށް ވުރެ ގިނަ ސިފައިން ތިބިއިރު، މިއީ މި ފަހުގެ އަހަރު ތަކުގެ ތެރޭގައި އެ ސަރަހައްދުގައި އެމެރިކާ އިން ހިންގާ އެންމެ ބޮޑު އޮޕަރޭޝަން އެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެ ސަަރަހައްދުގައި އެމެރިކާ އިން ދީފައިވާ ހަމަލާ ތަކުގައި 83 މީހަކު މަރުވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

މަސްތުވާ ތަކެތި އުފުލާ ކަމަށް ތުހުމަތުކޮށް އެމެރިކާ އިން ބޯޓު ތަކަށް ހަމަލާ ދެމުން އައި ނަމަވެސް، އެކަމާ ގުޅޭ އެއްވެސް ހެއްކެއް އެމެރިކާ އަށް ދެއްކިފައި ނުވެ އެވެ. އެކަމާ ގުޅިގެން އިންސާނީ ހައްގުތައް އަދި މިނިވަން ހައްގު ތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ބުނެފައި ވަނީ، އެއީ ޤާނޫނާ ޚިލާފަށް ދީފައިވާ ހަމަލާތަކެއް ކަމަށެވެ. ނަމަވެސް، އެމެރިކާ އިން ބުނަމުން އަންނަނީ އެ ޤައުމުން ދޭ ހަމަލާ އަކީ މަސްތުވާ ތަކެއްޗާ ދެކޮޅަށް ދޭ ހަމަލާ ކަމަށެވެ.

މި ހަމަލާތަކާ ގުޅިގެން މަދޫރޯގެ އަމިއްލަ ސަލާމަތަށް ކިއުބާގެ ރައްކާާތެރިންގެ ދައުރު އިތުރު ކުރައްވާފައިވާ ކަމަށާއި، ވެނެޒުއެލާގެ ސިފައިންގެ ތެރޭގައި ކިއުބާގެ ކައުންޓާ އިންޓެލިޖެންސް އޮފިސަރުންގެ އަދަދު އިތުރު ކުރައްވާފައިވާ ކަމަށް ބުނެފައިވެ އެވެ. މި މައުލޫމާތު ދީފައި ވަނީ ވެނެޒުއެލާ ސަރުކާރާ ގާތް މަސްދަރު ތަކުން ކަމަށް ބުނެފައިވެ އެވެ.

އެމެރިކާގައި މަދޫރޯގެ މައްޗަށް މަސްތުވާ ތަަކެތީގެ ވިޔަފާރީގެ ދައުވާ އުފުލާފައިވާއިރު، އެމެރިކާ އިން ވަނީ މަދޫރޯ ހައްޔަރު ކުރާ ފަރާތަކަށް 10 މިލިއަން އެމެރިކާ ޑޮލަރުގެ އިނާާމެއް ވެސް ހުށަހަޅާފަ އެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިިއޯ މަދޫރޯ ސިފަ ކުރައްވާފައި ވަނީ، އެމެރިކާގެ އަދުލުގެ ނިޒާމުން ފިލައިގެން ހުންނެވި ފަރާތެއްގެ ގޮތުގަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ
- ކޮމެންޓް