Advertisement
ކ. މާލެ
|
27 ނޮވެންބަރ 2025 | ބުރާސްފަތި 11:57
ޤައުމީ ހޭންޑު ބޯޅަ ކޯޓު މަރާމާތަށް ބަންދު ކޮށްފައި
ޤައުމީ ހޭންޑު ބޯޅަ ކޯޓު މަރާމާތަށް ބަންދު ކޮށްފައި
ރާއްޖެއެމްވީ
ހޭންޑްބޯޅަ ކޯޓު
މަރާމާތަށް ހޭންޑު ބޯޅަ ކޯޓު ބަންދު ކުރިތާ ދިހަ މަސް، މިހާރު އޮތީ ބޯ ގަސް ހެދިފައި
މައުލޫމާތު ލިބިފައިވާ ގޮތުގައި ޤައުމީ ހޭންޑު ބޯޅަ ކޯޓު ބަންދު ކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެއީ ހޭންޑު ބޯޅަ ކޯޓު މަރާާމާތު ކުރުމަށް ފަހު، އެ ތަން ހިޔާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ.

ޤައުމީ ހޭންޑު ބޯޅަ ކޯޓު މަރާމާތު ކުރުމަށް ބަންދު ކޮށްފައި އޮންނަތާ ދިހަ މަސް ދުވަހަށް ވުރެ ގިނަ ވެފައިވާއިރު، އަދި ވެސް އެ ކޯޓުގެ މަސައްކަތް ނުނިމޭ ކަމުގެ ޝަކުވާ ބޮޑު ވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޤައުމީ ހޭންޑު ބޯޅަ ކޯޓު ބަންދު ކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެއީ ހޭންޑު ބޯޅަ ކޯޓު މަރާާމާތު ކުރުމަށް ފަހު، އެ ތަން ހިޔާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށެވެ.

އެހެން ނަމަވެސް، ހޭންޑު ބޯޅަ ކޯޓު ބަންދު ކޮށްފައި އޮންނަތާ ދިހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ ކޯޓުގެ މަސައްކަތް އަދި ވެސް ނިންމާލެވިފައި ނުވެ އެވެ. ހަމަ އެހެންމެ، އެކަށީގެންވާ މިންވަރެއްގައި އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުދާ ކަމުގެ ކަންބޮޑުން ވެސް ބޮޑުވެފައިވާ ކަމަށް ހޭންޑު ބޯޅައިގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މިހާރު އެ ސަރަހައްދު އޮތް ޙާލަތަށް ބަލާއިރު، އެ ސަރަހައްދުގައި އަޅާފައި ހުރި ވެލި ފުނި ތަކުގައި މިހާރު ވަނީ ގަސް ވެސް ފަޅައިފަ އެވެ.

ހޭންޑު ބޯޅަ ކޯޓު މަރާމާތު ކުރުމާ ގުޅޭ ގޮތުން މީގެ ކުރިން ވާހަކަ ދައްކަވަމުން ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެފައި ވަނީ، ހޭންޑު ބޯޅަ ކޯޓުގެ މައްސަލަ އަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ. ހޭންޑު ބޯޅަ އަކީ ވަރަށް ޑިމާންޑު ބޮޑު ކުޅިވަރަކަށް ވާއިރު، ހޭންޑު ބޯޅަ މަރާމާތު ކުރުމުގެ މުހިންމުކަން އެންމެނަށް ވެސް އިނގޭ ކަމުގައި ވަޒީރު ވިދާޅުވެފައިވެ އެވެ.

މިއަހަރުގެ މެއި މަހުގެ ތެރޭގައި އޮތް ހޭންޑު ބޯޅަ މޯލްޑިވްސްގެ އިވެންޓުގައި ވާހަކަ ދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވެފައި ވަނީ، ހޭންޑު ބޯޅަ ކޯޓުގެ މަރާމާތަށް ބޭރުން ގެންނަން ޖެހޭ ތަކެއްޗައް ވެސް އޯޑަރު ކޮށްފައިވާ ކަމަށެވެ. އެގޮތުން ގާތް ގަނޑަކަށް ދެ ހަފުތާއެއްހާ މުއްދަތުގެ ތެރޭގައި ތަކެތި ލިބިގެން ދާނެ ކަމަށް ވެސް އޭރު ވަޒީރު ވިދާޅުވެފައިވެ އެވެ.

އެހެން ނަމަވެސް، މިއަދާ ހަމައަށް އައިއިރު ވެސް ހޭންޑު ބޯޅަ ކޯޓު މަރާމާތު ކުރުމުގެ މަސައްކަތް އެކަށީގެންވާ ސްޕީޑުގައި ކުރިއަށް ނުދާ ކަމުގެ ކަންބޮޑުވުން ފާޅު ކޮށްފައިވެ އެވެ.

- ކޮމެންޓް