Advertisement
ކ. މާލެ
|
26 ނޮވެންބަރ 2025 | ބުދަ 18:01
ފުވައްމުކު ހޮސްޕިޓަލުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޟިރާރު އަދި އެމްޑީޕީގެ ލީޑަރޝިޕް
ފުވައްމުކު ހޮސްޕިޓަލުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޟިރާރު އަދި އެމްޑީޕީގެ ލީޑަރޝިޕް
ރާއްޖެއެމްވީ
ފުވައްމުލަކު ހޮސްޕިޓަލް
އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު
ރައިސް މުޢިއްޒު ގެ ވެރިކަމަށް 2 އަހަރު ވެގެން ދިޔައިރު ފުވައްމުލަކުގައި ފަށާފައި ހުރި ކަންކަން ހުއްޓި ތަރައްގީގެ އެވެސް މަޝްރޫއު އެއް ކުރިއަކަށް ނުދެ
ފުވައްމުލަކު ހޮސްޕިޓަލަށް ލިބިފައިވާ އުޅަނދުތައް ރައްދު ކޮށްދެއްވުމަށް ކުރީގެ މެނޭޖަރު މުހައްމަދު ޟިރާރު މި ސަރުކާރަށް ގޮވައިލެއްވި

ފުވައްމުލަކު ހޮސްޕިޓަލުގައި ބޭނުންކުރާ އެމްބިއުލާންސް ތަައް މަދުވުމާއެކު ކުރީ ސަރުކާރުން ދެ އެމްބިއުލާންސް އެއް ދީފައިވާ ކަމަށާއި އެހެން ނަމަވެސް އޭގެ ތެރެއިން އެއް އެންބިއުލާންސް އާއި ކަނޑު އުޅަނދު ވީނުވީ އެއް ނޭންގި ގެއްލިފައިވާ ކަމަށް ފުވައްމުލަކު ސޮސްޕިޓަލުގެ ކުރީގެ މެނޭޖަރު މުހައްމަދު ޟިރާރު ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވާ ދެއްވި އިންޓަވިއު އެއްގައި ޟިރާރު ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ބަދަލުވީ އިރު ފުވައްމުލަކު ހޮސްޕިޓަލަށް ދީފައިވާ އެމްބިއުލާންސް އާއި މޯލްޑިވްސް ހެލްތް ލައިން އުފައްދަން ކޮންމެ ހޮސްޕިޓަލަކަށް ހަދިޔާކުރި ކަނޑު އުޅަނދު ވެސް މި ވެރިކަން އައިފަހުން އެ އުޅަނދަށް ވީނުވީ އެއް ނެންގި ގެއްލިފައިވާކަމަށެވެ. އަދި މި ނިޒާމު ރަނގަޅު ކުރުމަށް ފަށައިފަ ހުރި ސިޔާސަތުތައް ތަންފީޒު ކޮށްދެއްވާ ފުވައްމުލަކު ހޮސްޕިޓަލަށް ލިބިފައިވާ އުޅަނދުތައް ރައްދު ކޮށްދެއްވުމަށް ޟިރާރު ވަނީ މިސަރުކާރަށް ގޮވައިލާފަ އެވެ.

މި ސޮސްޕިޓަލުގައި އަޅަންޖެހޭ އިމާރާތުގެ ބިމުގެ ހުރިހާކަމެއްް ނިންމާ ކޮންސެޕްޓް ހުރިހާ ކަމެއް ނިންމާ އެ އިމާރާތް ވަނީ ޓެންޑަރ ކުރުމުގެ މަރުހަލާގައި މިހާރު ފިނޭންސް މިނިސް މިނިސްޓްރީ ތޔެރޭގައި އޮންނަތާ ދެ އަހަރު ވަނީ. އެހެންވީމާ އެއީ އަޅުގަނޑުމެންނަށް ބަލައިގަނެވޭ ކަމެއް ނޫން . އަޅުގަނޑުމެން ސަރުކާރުގައި ދެ އަހަރު ވީއިރު ފުވައްމުލަކު ރައްޔިތުންނަށް ލިބެމުންދިޔަ ކޮންމެ ތަކުލީފެއް ސިއްހީ ގޮތުންވިޔަސް އަދި އެހެނިހެން ގޮތްގޮތުން ވިޔަސް ހައްލު ކޮށްދެވިފަ ހުންނާނި. އެހްނވީމަ މިއަދަށް ދެއަހަރުވެގެން ތިން އަހަރު ކަޑައްތު ކުރަމުންދާއިރު ފުވައްމުލަކަށް އޭގެ ޒާތުގައި މި ސަރުކާރަކަށް ކަމެއް ކޮށް ނުދެވޭ. އަޅުގަނޑު އެދެން ފުވައްމުލަކު ރައްޔިތުންގެ ކިބައިން ކުރިއަށް އިތް ތަނުގައި ތިބޭފުޅުން ކަންކަން ނިންމަވާއިރު އެކަނތައްތަކާ މެދު ވިސްނާ ވަޑައިގަންނަވަން .

މުހައްމަދު ޟިރާރު

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު ވިދާޅުވީ ރައީސް މުޢިއްޒުގެ ސަރުކާރު އައިފަހުން އެއްްވެސް ބަދަލެއް ނާންނަ ކަމަށާއި ހިދުމަތެއް ވެސް އިތުރު ނުކުރެވޭ ކަމަށެވެ. އަދި 2018 ވަނަ އަހަރު އެމްޑިޕީ ވެރިކަމަށް އާއިރު ފުވައްމުލަކު ހޮސްޕިޓަލު އޮތް ހާލަތަކި ލެބޯޓްރީގެ ހާލަތު ދައްވެ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން މަސައްކަތް ކުރަމުން އައީ ވަރަށް ހާލުގައި ކަމަށް ހުސައިން ވިދާޅުވި އެވެ.

އަދި ސިޓީސްކޭން ގެ ހިދުމަތް ފެށުމަށްޓަކައި އެ އިމާރާތް އަޅައި 2023 ވަނަ އަހަރު މެޝިނަށް އޯޑަރ ވެސް ޖެހިކަމަށް ހުސައިން ވިދާޅުވި އެވެ. ނަމަވެސް ވެރިކަން ބަދަލުވުމާއެކު އެ މެޝިނަށް ވެސް ވީގޮތް ނޭންގޭ ކަމަށް އޭނާ ވިދާޅޫވި އެވެ. އޭގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލުގައި މެމޯގްރަފީ ގެ ހިދުމަތް ފެއްޓުމަށް އެ މަސައްކަތް ފައްޓަވާއި މިހާރު އެ ހިދުމަތް ދޭން ފަށާފައިވާކަމަށް ހުސައިން ވިދާޅުވި އެވެ.

މިސަރުކާރު7 އައިސްގެން އަޅުގަނޑަށް ހަމަ ފެންނަނީ އެބޭފުޅުންނަށް އެވެސް ހިދުމަތެއް، ރައްޔިތުންނަށް ދޭ ހިދުމަތެއްް ވިޔަސް ރަނގަޅު ކުރުމެއް ނުވަތަ އެހެން ކަމެއް ކުރަން ވެސް އެއްވެސް ވިސްނުމެއް ފިކުރެއް ނެތް ބައެއްކަމަށް. އެއީ އަޅުގަނޑަށް ހަމަ ޔަގީން މި ހޮސްޕިޓަލާ މެދުގައި މިސަރުކާރުގެ އެއްވެސް ވިސްނުމެއް ނެތްކަން އެއީ އެއްވެސް ބަދަލެއް މި ހޮސްޕިޓަލަކަށް ނާދެ. ދެ އަހަރުވެގެން މިދިޔައީ 3 ވަނަ އަހަރު މި ދަނީ. ދާއިރު ވެސް އަޅުގަނޑުމެންނަކަށް ހަމަ މި ރަށައް އައިއްސަ އަޅުގަނޑުމެންނަށް ފެނުނީ ރައީސް ކުރައްވާ މަސައްކަތަކީ އޭޓި އެމް އެއް ހުޅުވުން .

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ހުސައިން މުހައްމަދު

ހުސައިން ވިދާޅުވީ ފުވައްމުލަކު ހޮސްޕިޓަލުގެ އައު އިމާރާތް އެޅުމަށް އެމްޑީޕީ ސަރުކާރުގައި ބިމުގެ ކަންކަން ހަމަޖެހި ބިޑިން އާއި ހިސާބަށް ގޮސްފައިވާ ކަމަށެވެ. ނަމަވެސް މިވެރިކަން އައިފަހުން އެކަން ވެސް ހުއްޓިފައިވާކަން ފާހަގަކޮށް ހުސައިން ވިދާޅުވި ދުނިޔޭގެ ގައުމަތަކަށް ބުރު ޖެހިޔަސް ރައްޔިތަކަށް ހިދުމަތް ނުދެވޭނެ ކަމަށާއި ފުވައްމުލަކު ހޮސްޕިޓަލުގެ މަސައްކަތް އަވަސް ކޮށް 5 އަހަރު ނިމެންވާއިރަށް މި ހިދުމަތްތައް އަވަސް ކޮށްދެއްވުމަށް ވަނީ ގޮވާލައިފަ އެވެ.

ފާހަގަ ކޮށްލެވޭ ގޮތުގައި އެމްޑީޕީގެ ވެރިކަމުގައި ފުވައްމުލަކުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ވަނީ ހިންގާފަ އެވެ. އަދި އޭގެ ތެރެއިން ގިނަ ކަންކަން ނިމި ހިދުމަތް ދޭން ވަނީ ފަށައިފަ އެވެ. ނަމަވެސް ރައިސް މުޢިއްޒު ގެ ވެރިކަމަށް 2 އަހަރު ވެގެން ދިޔައިރު ފުވައްމުލަކުގައި ފަށާފައި ހުރި ކަންކަން ހުއްޓި ތަރައްގީގެ އެވެސް މަޝްރޫއު އެއް ކުރިއަކަށް ނުދެ އެވެ.

- ކޮމެންޓް