Advertisement
ކ. މާލެ
|
23 ނޮވެންބަރ 2025 | އާދީއްތަ 22:19
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާއީލް
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާއީލް
މިހާރު
ފައްޔާޒް އިސްމާއިލް
އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަގާމުން ފައްޔާޒް އިސްތިއުފާ ދެއްވައިފި
ފައްޔާޒް އިސްތިއުފާ ދެއްވީ އާދީއްތަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި

އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަގާމުން ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވައިފި އެވެ.

ފައްޔާޒް އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވީ އާދީއްތަ ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ މީހަކަށް ވާތީ އެވެ. ފައްޔާޒު ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ޝައުގުވެރިވާ އެހެން ބޭފުޅުން ތިބުމުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތައް ހުރުމުން އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށެވެ.

"އެހެންކަމުން، މި ޕާޓީގައި މިހާރު ވެސް އިސްކޮށް ހަރަކާތްތެރިވާ އެޑްވައިޒަރާއި، ޕާޓީގެ ރައީސްއަށް ފުރިހަމަ އިހުތިޔާރާއި ބާރާއެކު މި ޕާޓީގެ ކަންކަން ނިންމައި، ކަންކަން ކުރިއަށް ގެންދިއުމަށް އަޅުގަނޑަކީ ހުރަހެއް ކަމަށް ދެކޭ ދެކުން ނިމުމަކަށް ގެނައުމަށް ގަސްތުކުރަން. ހަމަ އެހެންމެ، ޕާޓީގެ ރޯޑުމެޕަށް އާންމުންގެ ހިޔާލު ހޯދުމަށް އަޅުގަނޑު މެންބަރުންނާ ބައްދަލުވި ބައްދަލުވުންތަކުގައި ޕާޓީގެ ލީޑަރުންނާމެދު ބަސްބުނުމުގެ ފުރުސަތު ހުޅުވާލާނޭ ކަމުގެ ވައުދު އަޅުގަނޑު ވެފައި ވާނެ. މި ޖާގަ ހުޅުވާލުމަށްޓަކައި މި ވަގުތުން ފެށިގެން ޕާޓީގެ ޗެއަރޕާސަންގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފިން" އެމްޑީޕީގެ ޗެރަޕާސަންގެ މަގާމުން އިސްތިއުފާ ދެއްވި ފައްޔާޒު ގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

އާދީއްތަ ދުވަހުގެ ރޭ ކުރިއަށްދިޔަ ގައުމީ މަޖިލީހުގެ ޖަލްސާގައި ފައްޔާޒު އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވި އިރު، އާދީއްތަ ދުވަހުގެ ބައްދަލުވުމުގައި އެޖެންޑާ ކޮށްފައި އޮތީ ޕާޓީގެ މެންބަރުންނާއި މެދު ފިޔަވަޅު އެޅުމުގެ ގަވައިދު ފާސްކުރުމާއި ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ގޮތުން މަޝްވަރާ ކުރުމެވެ.

ފައްޔާޒު އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ހޮވިވަޑައިގަތީ 14 މެއި 2022 ގަ އެވެ. ބޮޑު އަގުލަބިއްޔަތަކުން ފައްޔާޒް އެމްޑީޕީގެ ޗެއަރޕާސަން ކަމުގެ މަގާމު ކާމިޔާބު ކުރެއްވީ 23،000 އަށްވުރެ ގިނަ ވޯޓާ އެކު އެވެ.

- ކޮމެންޓް