Advertisement
ކ. މާލެ
|
23 ނޮވެންބަރ 2025 | އާދީއްތަ 18:25
ރައީސް މުއިއްޒުގެ ދަތުރުފުޅާ ގުޅިގެން ބިލެތްދޫ އަށް ގެންދިޔަ ހައިމާކާއި ލޮރީ
ރައީސް މުއިއްޒުގެ ދަތުރުފުޅާ ގުޅިގެން ބިލެތްދޫ އަށް ގެންދިޔަ ހައިމާކާއި ލޮރީ
ރާއްޖެއެމްވީ
ފ. ބިލެތްދޫ
ރައީސް މުއިއްޒުގެ ދަތުރުފުޅާ ގުޅިގެން ބިލެތްދޫ އަށް ގެންދިޔަ ހައިމާކު ބަނޑުޖެހި ގޮތަށް ގުޑާނުލާތާ އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް
އެޑްވާންސް ޓީމާއެކު ހައިމާކާއި ލޮރީ އެރަށަށް ގެންދިޔައީ 19 ސެޕްޓެންބަރު 2025 ގައި
މި ވެހިކަލްތައް ބެލެހެއްޓުމަށް 18،000 ރުފިޔާ ލިބޭ ސުޕަވައިޒަރެއްގެ ވަޒީފާ އެއް ވަނީ އުފައްދާފައި
ބިލެތްދޫ ގައި އެރަށުގައި ތަރައްގީގެ އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަށް ނުދޭ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދަތުރުފުޅާ ގުޅިގެން ފ.ބިލެތްދޫ އަށް ގެންދިޔަ ހައިމާކު ބަނޑުޖެހި ގޮތަށް ގުޑާނުލާތާ އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

ބިލެތްދޫ އަށް ރައީސް މުއިއްޒު އެންމެ ފަހުން ވަޑައިގެންނެވީ 20 ސެޕްޓެންބަރު 2025 ގަ އެވެ. މި ދަތުރުފުޅާ ގުޅިގެން އެޑްވާންސް ޓީމާއެކު 19 ސެޕްޓެންބަރު 2025 ގައި އެރަށަށް ހައިމާކުގެ އިތުރުން ލޮރީ އެއް ގެންގޮސްފައިވެ އެވެ.

ރައީސް މުއިއްޒުގެ މިދަތުރުފުޅާ ގުޅިގެން އެރަށު ތެރޭގައި ކަންކަން ހިނގާދިޔަ ގޮތާއި، މިހާރު ހާލަތު ވަރަށް ތަފްސީލް ކޮށް އެރަށުގެ ކައުންސިލް މެންބަރު އާސިފާ ވަނީ ހޮނިހިރު ދުވަހު ފަށާއިރު ޕްރޮގްރާމްގައި ކިޔައި ދެއްވާފަ އެވެ. މި ދަތުރުފުޅުގައި ބިން ހިއްކުމުގެ މަޝްރޫއު އަދި ބަނދަރުގެ މަޝްރޫއު ފައްޓަވައި ދެއްވި އެވެ. ނަމަވެސް އޭގެފަހުން މިއަދާ ހަމައަށް އެރަށުގައި ތަރައްގީގެ އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަށް ގެންގޮސްފައިނުވެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރައީސް މުއިއްޒު އެރަށަށް ވަޑައިގެންނެވި ދުވަހު ހައިމާކު ދަތްގަނޑު ވައްޓާލި އެވެ. އޭގެފަހުން ހައިމާކު އަދި ލޮރީ ވެސް އޮތީ ބަނޑު ޖަހާފަ އެވެ.

މީގެ އިތުރުން މި ވެހިކަލްތައް ބެލެހެއްޓުމަށް 18،000 ރުފިޔާ ލިބޭ ސުޕަވައިޒަރެއްގެ ވަޒީފާ އެއް އުފެއްދި ކަމަށާއި، އެއީ ރަށަށް ލިބުނު ހަމައެކަނި ކުރިއެރުން ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

އެރަށުގެ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރެވެ. ރައީސް ސާލިހުގެ ސަރުކާރުގައި އެ ރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިޔަ ކަމަށާއި، ވަރަށް ގިނަ މަޝްރޫއުތައް ނިންމައި، މިހާރު ޚިދުމަތް ވެސް ލިބެމުންދާކަން ކައުންސިލުން ފާހަގަކޮށްފައިވެ އެވެ.

- ކޮމެންޓް