Advertisement
ކ. މާލެ
|
19 ނޮވެންބަރ 2025 | ބުދަ 14:49
ކޮވިޑް- 19 ގެ ދުވަސްވަރު ޕީޕީއެމްއިން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން
ކޮވިޑް- 19 ގެ ދުވަސްވަރު ޕީޕީއެމްއިން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން
ރާއްޖެ އެމްވީ
ކޮވިޑް-19ގެ މުޒާހަރާ
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
އެ މުޒާހަރާ ތަކުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ހިމެނިވަޑައިގަންނަވާ
މުދައްރިސްގެ މަގާމު އަދާކުރަން ދަތިވާނެހެން ސިޔާސީ ހަރަކާތް ހިންގި
ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރުމަށް މަގު މައްޗަށް ނުކުތީ މިއަދުގެ ސަރުކާރުގެ ބޭފުޅުން

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގުތަކަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން ކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމުގެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު އަމީން ފައިސަލް ވިދާޅުވީ މިނިވަންކަމާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާ އެއްވެ އުޅުމުގެ މިނިވަންކަމާ ދިނަސް ނުދިނަސް އެކަންކަން ކުރާނެ ކަމަށެވެ.

ކޮވިޑް-19ގެ ދުވަސް ވަރަށް އިޝާރާތް ކުރައްވައި މެންބަރު އަމީން ފައިސަލް ވިދާޅުވީ ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރުމަށް މަގު މައްޗަށް ނުކުތީ މިއަދުގެ ސަރުކާރުގެ ބޭފުޅުން ކަމަށާއި، އެ މުޒާހަރާ ތަކުގައި މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން ސިޔާސީ މަސައްކަތަށް ވަނުމުގެ ކުރިން މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރިކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އޭރު އެ މަގާމު އަދާކުރަން ދަތިވާނެހެން މިހާރު ވެރިކަމުގައި އޮތް ފިކުރުން ސިޔާސީ ހަރަކާތް ހިންގި ކަމަށެވެ.

މިނިވަންކަމާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާ އެއްވެ އުޅުމުގެ މިނިވަންކަމާ ދިނަސް ނުދިނަސް އެކަންކަން ކުރާނެ. އެއީ އެބަޔެއްގެ ވިސްނުން. އެއީ ވަކި ޑީއާރްޕީ ވެގެންނެއް ޕީއެންސީ ވެގެނެއް ޕީޕީއެމް ވެގެން ކުރާ ކަމެއް ނޫން. ކޮވިޑްގެ ދަތި ހާލުގައި އެބޭފުޅުންނެއް ނޫންތަ ބުނީ ކޮވިޑް ފެތުރުނަސް މުޒާހަރާ ކުރާނަމޭ، ރައީސް ނުހުންނަންތަ އެބޭފުޅުންނާ އެކީގައި. އެއީތަ ގައުމަށް ލޯބިވާ މެންބަރުންނަކީ. މިއަދު އަރާ އަޑުގަދަ ކުރެވިދާނެ. އެކަމަކު ތާރީޚު ފެންނަން އޮތީ ހަމަ އެއްގޮތަކަށް. ވަކި ތާހިރު ބައެއް ނޫނޭ ތި ޕީއެންސީއަކީ. ތި ޕީޕީއެމްއަކީ. ތި ޑީއާރްޕީއަކީ. ހަމަ އެކައްޗެއް މި ހާވަނީ. އެންމެން ގުޅިގެން އެކީގައި ކުރެވޭ މަސައްކަތަކުން ނޫނިއްޔާ އިއްޒަތްތެރި ރައީސް މިގައުމަށް ނުލިބޭނެ.

ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް

މުޒާހަރާ ކުރުމުގެ ހައްގު އޮންނަން ޖެހޭކަން ފާހަގަކުރައްވައި މެންބަރު އަމީން ފައިސަލް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އެމަނިކުފާނު ށ.އަތޮޅަށް ވަޑައިގެންނެވުމުން މި ސަރުކާރުގެ ފިކުރުގެ ކައުންސިލަރުންނާއި، ރައްޔިތުން ރައީސް ސާލިހުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި ކަމަށެވެ. ނަމަވެސް މިފަހުން ރައީސް ޑރ.މުހައްމަދު މުއިއްޒު އެ އަތޮޅަށް ވަޑައިގެންނެވުމުން މުޒާހަރާ ކޮށްފައިނުވާ ކަމަށާއި، އެއީ އެ ބައެއްގެ ވިސްނުން ކަމަށް އޭނާ ވިދާޅުވި އެވެ.

- ކޮމެންޓް