އުއްމީދީ ބަޖެޓުގައި ވާ ގޮތަކީ އެ ދާއިރާގެ ރައްޔިތުން އީމާން ކަމާ އުއްމީދުގެ ތެރޭގައި ތިބެގެން ހެޔޮ އުދާ ކުރުން ކަމަށް މާފުށީ ދާއިރާ ތަމްސީލު ކުރާ ޕީއެންސީގެ މެންބަރު ހުސައިން ރިޒާ އާދަމް ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަންނަ އަހަރުގެ ބަޖެޓަށް ބަހުސް ކުރައްވަމުން ޖޭއެސްސީގެ ރައީސް ކަން ވެސް ކުރިން ކުރެއްވި މެންބަރު ރިޒާ ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް މި ސަރުކާރުން ހުށަހަޅާފައި ވަނީ ތަފާތު ބަޖެޓެއް ކަމަށެވެ.
މި ސަރުކާރުގެ ބަޖެޓުތަކުގައި އެހެން ސަރުކާރުތަކުން ހުށަހަޅާ ބަޖެޓުތަކާ ޚިލާފަށް ބައެއް އަދަދުތައް ހިމަނާފައި ނުވާކަމަށް މެންބަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަށް އުއްމީދީ ބަޖެޓު ގެ ނަމުން ނަން ދީފައިވާއިރު އެއީ ވެސް އެކަމުގައި ސަރުކާރުން ގެންގުޅެ ހަރުދަނާ ވިސްނުން ދައްކައިދޭ ކަމެއް ކަމަށް ރިޒާ ވިދާޅުވި އެވެ.
އުއްމީދީ ބަޖެޓުގައި އޮންނާނީ ދާއިރާގެ ރައްޔިތުން އީމާންކަމާ އުއްމީދުގެ ތެރޭގައި ތިބެގެން ހެޔޮ ދުއާ ކުރުން ކަމަށް އެނާ ވިދާޅުވިއެވެ. ބައެއް ފަހަރު ކަންކަން ވުޖޫދުގައި ނެތުމަކީ ވެސް ރަހުމަތެއް ކަމަށް މެންބަރު ވިދާޅުވި އެވެ
2026 ވަނަ އަހަރުގެ އުއްމީދީ ބަޖެޓުގައި ފަހަރުގައި ކަންކަން ވުޖޫދުގަ ފެންނަން ނެތަސް، އުއްމީދީ ބަޖެޓުގައި އޮންނާނީ ދާއިރާގެ ރައްޔިތުންގެ އީމާންކަމާ އުއްމީދުގެ ތެރޭގައި ތިބެގެން ހެޔޮ ދުޢާ ކުރުން. ބައެއް ފަހަރު ވުޖޫދުގައި ބައެއް ކަން ކަން ނެތުމަކީ ވެސް ރަހުމަތެއް،
މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް![]()
މެންބަރު ނިސްބަތްވާ މާފުށީ ދާއިރާގައި އަދި މާ ގިނަ ކަންކަން މި ސަރުކާރަށް ކުރެިވފައި ނުވި ނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި އެކަންކަން ރައީސް ކުރައްވާނެ ކަމުގެ އެއްވެސް ޝައްކެއްް ނެތް ކަމަށް ރިޒާ ވިދާޅުވި އެވެ.
ރިޒާ ވިދާޅުވީ އެކަން އެގޮތަށް ނުވެ އޮތީ ވެސް ގައުމު އޮތް ހާލަތުން ކަމަށެވެ. ގައުމު އެއަށްވުރެ ހެޔޮ ހާލަތަކަށް ގޮސްގެން ނޫނީ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑުމެންގެ ސަރުކާރަށް 2000 އަހަރު ފުރިގެން އެކަމުގެ އުފާ ފާޅުކުރަމުންދާ ހަފްތާއަށް ބާލާއިރު އަޅުގަނޑުމެންގެ ދާއިރާގައި ފަހަރެއްގައި މާ ގިނަ ކަންތައްތަކެއް އަދި ނުކުރެވި ހުރެދާނެ.
މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް![]()
މާފުށީ ދާއިރާގައި ހިމެނޭ ރަށްރަށުގައި ކުރިއަށް އޮތް ދުވަސްތަކުގައި އެކި މަޝްރޫއުތައް ހިންގޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާ ރައީސް ވެފައިވާ ވައުދުފުޅުތަކުގެ އިތުރުން ވެސް ކަންކަން ކޮށްދެއްވާނެ ކަމަށް ރިޒާ ވިދާޅުވި އެވެ.
މެންބަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ވައުދުފުޅުވާ ކަންކަމުގެ އިތުރުން ވެސް ވައުދުފުޅުނުވާ ކަންކަން ވެސް ކޮށްދެއްވާ ބޭފުޅެއް ކަމަށެވެ.