މާލެ، ހ. އަރިހިޔާ ގޭގެ ތިންވަނަ ފަންގިފިލާގައި ހިންގަމުންދާ “ޕީސް ސެލޫން އެންޑް ސްޕާ” ބަލައިފާސްކޮށް، ހަށިވިއްކަމުންދާ ކަމުގެ ތުހުމަތުގައި، ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
މި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށްފައިވަނީ ފައިސާގެ ދީގެން ޖިންސީ ކުށުގެ އަމަލު ހިންގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތައިލެންޓް ތިން އަންހެނުންނާއި ދިވެހި ފިރިހެނެކެވެ. އެއީ ގއ. ވިލިނގިލި / ރިވެލި، މުޙައްމަދު ސަމާމް ރަޝީދު (28އ) އާއި، ޖުންޕެން ކުމްބޮންޕިޓަކް (38އ) އާއި ޕަޓްޗަރިދާ ބަންނަބޮޑީ (24އ) އާއި ސުޕަވަޑީ ޖޮމްޓަރަކު (21އ) އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރކުރުމުން މުޙައްމަދު ސަމާމް ރަޝީދު (28އ)ފަސްދުވަހަށް، ޖުންޕެން ކުމްބޮންޕިޓަކް (38އ) އާއި ސުޕަވަޑީ ޖޮމްޓަރަކު (21އ) ތިންދުވަހަށް އަދި ޕަޓްޗަރިދާ ބަންނަބޮޑީ (24އ) 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
ހަށި ވިއްކުމުގެ މައްސަލައެއްގައި ބަޔަކު ހައްޔަރު ކުރި އިރު، މާލޭ ގައި ހިނގި ގޭންގު ރޭޕް ކުރުމުގެ ސީރިއަސް މައްސަލަ އެއް ވެސް ވަނީ ފެންމަތިވެފައެވެ. އެ މައްސަލައިގެ ތަފްސީލު ފުލުހުން ހާމަ ނުކޮށްގެން އާންމުން ގެންދަނީ މީސް މީޑިއާ ގައި ނުރުހުން ފާޅު ކުރަމުންނެވެ.