Advertisement
ކ. މާލެ
|
2 ނޮވެންބަރ 2025 | އާދީއްތަ 09:36
މެޗުގައި ލަނޑު ޖެހުމަށް ފަހު ނިއު ރޭޑިއަންޓްގެ ރާއިފް އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު ނިއު ރޭޑިއަންޓްގެ ރާއިފް އުފާ ފާޅު ކުރަނީ
ނިޝާން އަލީ / މިހާރު
ދިރާގު ދިވެހި ޕްރިމިއާ ލީގު
ނިއު ރޭޑިއަންޓް އިން ބުރު ބަލިކޮށްފި
މޮޅާއެކު ނިއު ރޭޑިއަންޓް އޮތީ ލީގު ތާވަލްގެ ތިން ވަނަ މަގާމުގަ އެވެ. މިހާތަނަށް ކުޅެފައިވާ ހަ މެޗުން ނިއު ރޭޑިއަންޓް އަށް ލިބެނީ 16 ޕޮއިންޓެވެ. ފަސް މެޗުން އެ ޓީމު މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. އެއީ ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު މޮޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މެޗު ނިއު ރޭޑިއަންޓް އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ނިއު ރޭޑިއަންޓް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ބުރުން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، ދެ ވަނަ ލަނޑެއް ޖަހައިގެން ނިއު ރޭޑިއަންޓް ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން 21 ވަނަ މިނެޓުގައި ނިއު ރޭޑިއަންޓް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މޫސާ ޔާމީން އެވެ. ނަމަވެސް އޭގެ ފަހުން މެޗުގެ 35 ވަނަ މިނެޓުގައި ބުރުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަލީ އިޝްފާގް ޙަސަން މަޖީދު އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ނިއު ރޭޑިއަންޓް އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައިގެން މެޗުން މޮޅުވެފަ އެވެ. މެޗުގެ 57 ވަނަ މިނެޓުގައި ނިއު ރޭޑިއަންޓްގެ ދެ ވަނަ ލަނޑު ޖަހައި މެޗުން އެ ޓީމު މޮޅު ކޮށްދިނީ ޙަސަން ރާއިފު އަޙުމަދު އެވެ. އެއީ ނިއު ރޭޑިއަންޓްގެ އަލީ ފާޞިރު (ސެންޓޭ) ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މޮޅާއެކު ނިއު ރޭޑިއަންޓް އޮތީ ލީގު ތާވަލްގެ ތިން ވަނަ މަގާމުގަ އެވެ. މިހާތަނަށް ކުޅެފައިވާ ހަ މެޗުން ނިއު ރޭޑިއަންޓް އަށް ލިބެނީ 16 ޕޮއިންޓެވެ. ފަސް މެޗުން އެ ޓީމު މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. އެއީ ކުލަބު އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކުލަބަށް ވެސް ލިބެނީ ހަ މެޗުން 16 ޕޮއިންޓެވެ. ނަމަވެސް، އެ ޓީމަށް ދެ ވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ. އެއް ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މާާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން އޮތީ މިހާތަނަށް ކުޅެފައިވާ ހަ މެޗުން ވެސް މޮޅުވެ 18 ޕޮއިންޓާ އެކު އެވެ.

- ކޮމެންޓް