ހިޔާ ޓަވަރު އަށަކުން ވެއްޓުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް، ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ރާއްޖެއެމްވީ އަށް މަންޒަރު ދުށް މީހަކު ބުނީ، އެ މީހާ ވެއްޓުނީ ކާމިލް ދީދީ ސްކޫލުގެ ކުރިމައްޗަށް ކަމަށެވެ.
އެމީހާ ބަންޑުން އޮތްއިރު، ގިނަ އަދަދެއްގެ ލޭ އެސަރަހައްދުގައި ހުއްޓެވެ. އެމީހާ ވެއްޓުނީ ކޮން ފްލޯއަކުން ކަމެއް އަދި ސާފެއް ނުވެ އެވެ.
މި ހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ، ހޮނިހިރު ދުވަހުގެ ހެނދުނު 8:32 ހާއިރު ހިޔާ ޓަވަރު އަށަކުން މީހަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަަމަށް ފުލުހުން ބުނެ އެވެ.
އެއީ 33 އަހަރުގެ ދިވެހި ފިރިހެކެވެ.
މި ހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.