Advertisement
ކ. މާލެ
|
31 އޮކްޓޯބަރ 2025 | ހުކުރު 13:50
ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާނު ދިމިޓްރީ ޕެސްކޮވް
ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާނު ދިމިޓްރީ ޕެސްކޮވް
ރޮއިޓަރސް
ރަޝިޔާ-އެމެރިކާ
ރަޝިޔާ އިން ވެސް ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރާނެ ކަމަށް ބުނެ، ޓްރަމްޕް އަށް ރައްދު ދީފި
ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާނު ދިމިޓްރީ ޕެސްކޮވް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެމެރިކާގެ ރައީސް ޓްރަމްޕްގެ ބަޔާނުގައި ވިދާޅުވެފައި ވަނީ އެހެން ޤައުމު ތަކުން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް، މިހާތަނަށް އެއްވެސް ބަޔަކު ހަތިޔާރު ޓެސްޓު ކުރަމުން އަންނަ ކަމެއް އެނގިފައި ނުވާ ކަމަށް ޕެސްކޮވް ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާ އިން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރަން ފަށަން އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގަވާފައިވާއިރު، ރަޝިޔާ އިން އެކަމަށް ރައްދު ދީފި އެވެ.

އެމެރިކާގެ އަސްކަރިއްޔާގެ ސިފައިން އަށް ޓްރަމްޕް އެގޮތަށް އަމުރު ކުރައްވާފައި ވަނީ ބުރާސްފަތި ދުވަހު އެވެ. މިއީ ގާތް ގަނޑަކަށް 33 އަހަރު ފަހުން ފުރަތަމަ ފަހަރަށް އެ ޤައުމުގައި ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރަން ވަގުތުން ފެށުމަށް އަންގާފައިވާ އެންގުމެކެވެ.

ޓްރަމްޕްގެ އެ އެންގުމަށް ރަޝިޔާ އިން ވަނީ ވަރުގަދަ ރައްދެއް ދީފަ އެވެ. ރަޝިޔާ އިން ބުނެފައި ވަނީ، އެ ޤައުމުން ވެސް ނިއުކްލިއާ ހަތިޔާރު ޓެސްޓު ނުކުރާ ކަމަށާއި، ނަމަވެސް އެމެރިކާ އިން ޓެސްޓު ކުރަން ފަށައިފި ނަމަ ދެން އެ ޤައުމުން ވެސް އެކަން ކުރާނެ ކަމަށެވެ.

ހައިރާން ކުރުވަނިވި މި އިއުލާން ޓްރަމްޕް ކުރެއްވީ އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ޗައިނާގެ ރައީސް އާއެކު އޮތް ވިޔަފާރީގެ މުހިންމު މަޝްވަރާތަކަށް ވަޑައިގަންނަވަމުން ޓްރަމްޕް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ، އެހެން ނިއުކްލިއާ ބާރުރަކާ އެއްވަރަށް އެމެރިކާގެ ނިއުކްލިއާ ހަތިޔާރުތައް ޓެސްޓު ކުރުމަށް ޕެންޓަގަން އަށް އަންގަވާފައިވާ ކަމަށެވެ.

ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާނު ދިމިޓްރީ ޕެސްކޮވް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެމެރިކާގެ ރައީސް ޓްރަމްޕްގެ ބަޔާނުގައި ވިދާޅުވެފައި ވަނީ އެހެން ޤައުމު ތަކުން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް، މިހާތަނަށް އެއްވެސް ބަޔަކު ހަތިޔާރު ޓެސްޓު ކުރަމުން އަންނަ ކަމެއް އެނގިފައި ނުވާ ކަމަށް ޕެސްކޮވް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޕެސްކޮވް ވިދާޅުވެފައި ވަނީ، ނިއުކްލިއާ ޓެސްޓިންއާ ބެހޭ ގޮތުން އެމެރިކާގެ ސިޔާސަތަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން، މީގެ ކުރިން އެމެރިކާ އިން އެއްވެސް އެންގުމެއް ރަޝިޔާ އަށް އަންގާފައި ނުވާ ކަމަށެވެ. ޓްރަމްޕްގެ އެ ވާހަކަތަކާ ގުޅިގެން އެމެރިކާ އާއި ރަޝިޔާއާ ދެމެދު ނިއުކްލިއާ ވާދަވެރި ކަމެއް ފެށުނީތޯ ނޫސްވެރިން ސުވާލު ކުރުމުން ޕެސްކޮވް ވިދާޅުވީ، ހަގީގަތުގައި އެހެން އެކަން ނުވާ ކަމަށެވެ.

ޕެސްކޮވް ފާހަގަ ކުރެއްވި ގޮތުގައި މި ހިންގާ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު ރަޝިޔާ އިން ބިއުރެވެސްޓްނިކް ކްރީޒް މިސައިލް ޓެސްޓު ކުރިކަމާއި، އޭގެ ފަހުން އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު ޕޮސައިޑް ނިއުކްލިއާ ޕަވާޑް ޓޯޕީޑް ޓެސްޓު ކުރި ކަމަކީ ކަށަވަރު ކަމާ އެކު ހަތިޔާރުގެ ޓެސްޓު ތަކެއް ނޫން ކަމަށެވެ.

ޕެސްކޮވް ފާހަގަކުރެއްވީ އޮކްޓޯބަރު 21 ވަނަ ދުވަހު ރަޝިއާއިން ބިއުރެވެސްޓްނިކް ކްރޫޒް މިސައިލް ޓެސްޓްކުރި ކަމާއި އޮކްޓޯބަރު 28 ވަނަ ދުވަހު ޕޮސައިޑަން ނިއުކްލިއާ ޕަވާޑް ސުޕަ ޓޯޕީޑޯ ޓެސްޓްކުރި ކަމަކީ ކަށަވަރުކަމާއެކު ނިއުކްލިއާ ހަތިޔާރު ޓެސްޓްތަކެއް ނޫން ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއާ ޙަރަކާތް ހިންގާ ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން އަބަދު ވެސް ވިދާޅުވަމުން ގެންދެވީ އެހެން ޤައުމަކުން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކޮށްފި ނަމަ، ރަޝިޔާ އިން ވެސް އެކަން އެގޮތަށް ކުރާނެ ކަމަށެވެ. ޕެސްކޮވް ވިދާޅުވީ އޭނާ ބޭނުން ވަނީ ޕުޓިންގެ ބަޔާން ހަނދާން ކޮށްދޭން ކަމަށެވެ. އެއީ ވަރަށް ގިނަ ފަހަރު ތަކުރާރު ކޮށްފައިވާ ބަޔާނެއް ކަމަށާއި، އެކަން އެގޮތުގައި ކުރިއަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާ އިން އެންމެ ފަހުން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކޮށްފައި ވަނީ 1992 ވަނަ އަހަރު އެވެ. އެއަށްފަހު އެމެރިކާ އިން ނިއުކްްލިއާ ހަތިޔާރު ޓެސްޓު ކުރުން ހުއްޓާލައި، އެކަން ކުރުމުން ދުރުހެލިވެފައިވެ އެވެ. އެމެެރިކާ އިން އެ ފިޔަވަޅު ނަގާފައި ވަނީ، ބައިނަލްއަޤުވާމީ މުޖުތަމައުގެ ފަރާތްތަކުން ނިއުކްލިއާ ހަތިޔާރު ފެތުރުން ހުއްޓުވުމަށް ކުރަމުން އައި މަސައްކަތާ އެއްގޮތަށެވެ.

ޓްރަމްޕްގެ މި ނިންމުން އައިސްފައި ވަނީ ދުނިޔޭގެ ނިއުކްލިއާ ބާރުތަކާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރު ވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ޗައިނާ އާއި ރަޝިޔާ އިން ނިއުކްލިއާ ހަތިޔާރުގެ ދާއިރާގައި ހޯދަމުން އަންނަ ތަރައްޤީ އާއި ކުރިއެރުމަށް އެމެރިކާ އިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

މި ނިންމުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ފަރާތުން ބޮޑެތި ސުވާލު ތަކެއް އުފެދޭނެ ނިންމުމެކެވެ. ދުނިޔޭގެ އެކި ގައުމު ތަކުން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރުން ހުއްޓުވުމަށް ގޮވާލަމުން އައިސްފައިވާ އިރު، އެމެރިކާ އިން މި ނިންމުން ނިންމުމަކީ ބައިނަލްއަގުވާމީ އަމާން ކަމަށް ނުރައްކާވެ ދާނެ ކަމެއް ކަމަށް ބައެއް ތަޖުރިބާ ކާރުން ދެކެ އެވެ.

މަސްދަރު: ރޮއިޓާސް
- ކޮމެންޓް