Advertisement
ކ. މާލެ
|
29 އޮކްޓޯބަރ 2025 | ބުދަ 13:52
ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ސަބީހާ އަޙްމަދު ޢައްޔަންކުރެއްވުން - 29-10-2025
ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ސަބީހާ އަޙްމަދު ޢައްޔަންކުރެއްވުން - 29-10-2025
ރާއްޖެއެމްވީ
ވިޒިޓް މޯލްޑިވްސް
ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ސަބީހާ އަޙްމަދު ޢައްޔަންކުރައްވައިފި
ކުރިން ސަބީހާ ވަނީ ހިލްޓަން ހޮޓެލްސް އެންޑް ރިޒޯޓްސްގައި ސީނިއަރ ސޭލްސް މެނޭޖަރެއްގެ މަޤާމުވެސް ފުރުއްވާފަ

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) އިން ސަބީހާ އަޙްމަދު، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑަށް ޢައްޔަންކުރައްވައިފި އެވެ.

ސަބީހާއަކީ ވިޒިޓް މޯލްޑިވްސްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ (ސީއޯއޯ) ގެ މަޤާމު ފުރުއްވަމުންގެންދަވާ ބޭފުޅެކެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ސަބީހާ އަޙްމަދު ވަނީ މީގެކުރިން ޖުމޭރާ ގްރޫޕް، ފެއަރމޮންޓް މޯލްޑިވްސް، އަދި ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސް ފަދަ ބޮޑެތި ރިސޯޓުތަކުގައި ސޭލްސް އެންޑް މާކެޓިންގ ދާއިރާގައި މަސައްކަތްކުރައްވާފަ އެވެ. މީގެ އިތުރުން، ވިޒިޓް މޯލްޑިވްސްއާ ގުޅިވަޑައިގަތުމުގެ ކުރިން ސަބީހާ ވަނީ ހިލްޓަން ހޮޓެލްސް އެންޑް ރިޒޯޓްސްގައި ސީނިއަރ ސޭލްސް މެނޭޖަރެއްގެ މަޤާމުވެސް ފުރުއްވާފަ އެވެ.

ދުނިޔޭގެ ފެންވަރުގެ އެންމެ މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ކުރިއަރަމުންދާ މި ދަނޑިވަޅުގައި، ސަބީހާ ވިޒިޓް މޯލްޑިވްސްގެ އެގްޒެކެޓިވް ބޯޑަށް ޢައްޔަންކުރެއްވުމަކީ ބޯޑަށް މާކެޓިންގ ދާއިރާއިން އިތުރު ތަޖުރިބާއާއި ހުނަރުތަކެއް ގެނެސްދޭނެ ކަމެއް ކަމަށް ވެއެވެ.

- ކޮމެންޓް