Advertisement
ކ. މާލެ
|
29 އޮކްޓޯބަރ 2025 | ބުދަ 14:30
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު - ކ،ދިއްފުށީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން - 28-10-2025
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު - ކ،ދިއްފުށީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން - 28-10-2025
ރައީސް އޮފީސް
ކ. ދިއްފުށި
ރައީސް މުއިއްޒު، ދިއްފުއްޓަށް ވެވަޑައިގެންނި 15 ވައުދު
ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި، ދިއްފުށީގައި 23 ހެކްޓަރުގެ ބިންހިއްކައި ނިމޭނެ

މާލެއަތޮޅުގެ މީހުން ދިރިއުޅޭ ތިން ރަށަކަށް ކުރެއްވި ދަތުރުފުޅުގައި، އެ އަތޮޅު ދިއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު 15 ވައުދެއް އެ ރަށަށް ވެވަޑައިގެންފި އެވެ.

ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުން

ބަންޑް ވޯލް ޖެހުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ބޭރު ތޮށިލުން ހިމެނޭހެން، ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި، ދިއްފުށީގައި 23 ހެކްޓަރުގެ ބިންހިއްކައި ނިމޭނޭ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ. އެ ރަށުގައި ޢަމަލީ ގޮތުން ފެށި، ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ދިއްފުއްޓަކީ ތޮއްޖެހިފައިވާ ބައިބޯ ރަށެއް ކަމުގައިވާތީ، އެ ރަށަށް ބިން އިތުރުކުރުމަކީ، އެ ރަށު ރައްޔިތުން އެތައް އަހަރެއްވަންދެން ކުރަމުންދިޔަ އުންމީދެއްކަމަށެވެ. އަދި އަންގާރަ ދުވަހު ފެށި މަޝްރޫޢުގެ ދަށުން، ދިއްފުއްޓަށް 23 ހެކްޓަރުގެ ބިން އިތުރުކުރެވުމުން، ރަށުގެ ބިމުގެ ޖާގަ ގާތްގަނޑަކަށް ދެގުނައަށް އިތުރުވާނެ ކަމަށާއި، އެއާއެކު، އެ ބިމަކީ، ބޯހިޔާވަހިކަމަށާއި، ރަށު ފަތުރުވެރިކަމަށާއި، އުމްރާނީ އެކި މަސައްކަތްތަކަށް ބޭނުންކުރެވޭނޭ މުހިންމު ވަސީލަތަކަށް ވާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރަށުގެ ތަރައްޤީއަށް ކުރެވޭ މުހިންމު އިތުރު މަސައްކަތްތައް

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހިމެނިގެން ވަނީ، ރަށުގެ ތަރައްޤީއަށް މުހިންމު އިތުރު މަސައްކަތްތަކެއްވެސް ފައްޓަވައިދެއްވާފައެވެ. އެގޮތުން، ދިއްފުށީގައި ކުނި މެނޭޖުކުރާ މަރުކަޒާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ދިއްފުށީ ސްކޫލްގެ މަލްޓިޕަރޕަސް ހޯލް އަދި އުމްރާނީ ވަސީލަތް ބިނާކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައި ދެއްވާފައިވެ އެވެ.

އިޢުލާން ކުރެވުނު މަޝްރޫއުތައް

މީގެ އިތުރުންވެސް، ރަށުގައި އިތުރު މިސްކިތެއް ބިނާކުރުމާއި، ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި، ސްޕޯޓްސް ފިޝިން ބޮއި އެޅުމުގެ މަސައްކަތް މި އަހަރު ކުރިއަށްދާނޭކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވި އެވެ. އަދި އަންނަ އަހަރުގެ މާރިޗުމަސް ނިމުމުގެ ކުރިން އެ ރަށުގައި ޑޮލަރު އޭ.ޓީ.އެމްގެ ޚިދުމަތް ފެށޭނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި، ދިއްފުށީގައި ވޮލީބޯޅަ ކޯޓަކާއި، ހޭންޑްބޯލް ކޯޓެއް ތަރައްޤީ ކުރުމުގެ މަސައްކަތާކާއި، ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތާއި، ރަށުގައި ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތް 24 ގަޑިއިރަށް އިތުރުކުރުމަށް ބޭނުންވާ ބިނާރާއި ވަސީލަތް ޤާއިމުކުރުމުގެ މަސައްކަތް، 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިއަށްގެންދަވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު، ދިއްފުށީ ރައްޔިތުންނަށް ދެއްވި އެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވަނީ ދިއްފުށީގައި ޤާއިމުކޮށްފައިވާ ސްޓެލްކޯގެ އައު އިންޖީނުގެ ހުޅުއްވައިދެއްވާފަ އެވެ.

- ކޮމެންޓް