Advertisement
ކ. މާލެ
|
25 އޮކްޓޯބަރ 2025 | ހޮނިހިރު 19:36
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު
ރާއްޖެއެމްވީ
އައްްޑޫ ސިޓީ
2867 މީހުން ވޯޓަށް ހައްގުވާ ތަނަކުން އެންމެ 351 ވޯޓުން ނިންމުމުން ހަމައެއް ނުޖެހޭ: ވައްޑެ
އެފަދަ ބޮޑު ނިންމުމެއް ނިންމަން ވާނީ ސާފު ކަށަވަރު ނިންމުމަކުން ކަމަށް
ގިނަ ރައްޔިތުން ބައިވެރިވެސް ނުވާ ވޯޓަކުން ކަމެއް ނިންމުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް

ގިނަ ރައްޔިތުން ބައިވެރިވެސް ނުވާ ވޯޓަކުން ކަމެއް ނިންމުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުގެ ދަށުން އިދާރީ ގޮތުން ހުޅުދޫ އާއި މީދޫ އަދި ފޭދޫ ވަކިކޮށް، އެ ތިން ރަށުގައި ވަކިވަކި ކައުންސިލްތައް ހެދުމާ ގުޅިގެން ހޮނިހިރު ދުވަހު ވަނީ ފެންނަ ނުފެންނަ ވޯޓެއް ނަގާފައެވެ. މި ވޯޓުގައި މީދޫ އާއި ހުޅުދޫ ވަކިވާން ނިންމިއިރު، ފޭދޫ އިން އެއްކޮށް އޮންނަން ވަނީ ނިންމާފައެވެ.

ވޯޓުގެ ނަތީޖާ ހިއްސާ ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވައްޑެ ވިދާޅުވީ އެފަދަ ބޮޑު ނިންމުމެއް ނިންމަން ވާނީ ސާފު ކަށަވަރު ނިންމުމަކުން ކަމަށެވެ. އެގޮތުން 2867 މީހުން ވޯޓުލުމަށް ހައްގުވާ ތަނަކުން އެންމެ 351 ވޯޓުން އެކަމާ މެދު ގޮތެއް ނިމޭނަމަ އެއީ ހަމަޖެހޭ ނިންމުމެއް ނޫން ކަމަށް ވެސް ވައްޑެ ވިދާޅުވިއެވެ.

ވަގުތީ ނަތީޖާ ތަކަށް ބަލާއިރު، ފޭދޫ ކައުންސިލް ވަކިން އޮންނަން ނުފެންނަ ކަމަށް 1782 ވޯޓު ވަނީ ލިބިފައެވެ. އަދި ވަކި ކައުންސިލެއް ހަދަން ފެންނަ ކަމަށް 615 ވޯޓު ވަނީ ލިބިފައެވެ.

މީދޫ އިން ވަކި ކައުންސިލެއް އޮންނަން ފެންނަ ކަމަށް 841 ވޯޓު ލިބިފައިވާއިރު، ނުފެންނަ ކަމަށް ލިބިފައި ވަނީ 144 ވޯޓެވެ. މީގެ އިތުރުން ހުޅުދޫ ވަކި ކައުންސިލެއްގެ ގޮތުގައި އޮންނަން ފެންނަ ކަމަށް 720 ވޯޓު ލިބިފައިވާއިރު، ނުފެންނަ ކަމަށް ލިބިފައި ވަނީ 325 ވޯޓެވެ.

- ކޮމެންޓް