Advertisement
ކ. މާލެ
|
22 އޮކްޓޯބަރ 2025 | ބުދަ 12:36
ފްރިޑްރިކް ލޯފްލަރ އިންސްޓިޓިއުޓްގައި މަދިރި މޮނިޓަރ ކުރުމަށް، މައިކްރޯސްކޯޕަކުން ކުލިސެޓާ އެނިއުލެޓާ މަދިރިއެއް ދިރާސާ ކުރަނީ
ފްރިޑްރިކް ލޯފްލަރ އިންސްޓިޓިއުޓްގައި މަދިރި މޮނިޓަރ ކުރުމަށް، މައިކްރޯސްކޯޕަކުން ކުލިސެޓާ އެނިއުލެޓާ މަދިރިއެއް ދިރާސާ ކުރަނީ
ރޮއިޓަރސް
އައިސްލެންޑް
އައިސްލެންޑުން ފުރަތަމަ ފަހަރަށް މަދިރި ފެނިއްޖެ
މީގެ ކުރިން އައިސްލެންޑަކީ ދުނިޔޭގައި މަދިރި ނުހުންނަ ދެ ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދެވެ. އަނެއް ސަރަހައްދަކީ އެންޓާޓިކާ އެވެ. އައިސްލެންޑު ގައި މަދިރި ނެތުމުގެ މައިގަނޑު ސަބަބަކީ އެ ގައުމުގެ ފިނި މޫސުމެވެ.

ރެކޯޑު މިންވަރަކަށް ހޫނު ގަދަ މޫސުމެއް ތަޖުރިބާ ކުރުމަށް ފަހު، އައިސްލެންޑުން ފުރަތަމަ ފަހަރަށް މަދިރި ފެނިއްޖެ އެވެ.

ފަނި-މަދިރީގެ ދިރާސާ ތަކަށް ޝައުގުވެރިކަން ހުރި ބްޖޯން ހުޖަލްޓަސަން ވައިން ބޭނުން ކޮށްގެން ފަނި ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް، ނިމުނު ހަފުތާގައި މަދިރި ފެނުނު ކަމަށް އެ ޤައުމުގެ ލޯކަލް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފަ އެވެ.

އޭނާ އަށް ފެނުނީ ދެ އަންހެން މަދިރި އާއި އެއް ފިރިހެން މަދިރި އެވެ. މި މަދިރި ތަކަކީ ކިއުލިސެޓާ އެނިއުލާޓާ ބާވަތުގެ މަދިރިކަން ވަނީ ކަށަވަރު ކުރެވިފަ އެވެ. މިއީ ފިނި މޫސުމުގައި ވެސް ދިރި ހުރެވޭ މަދު ބާވަތް ތަކުގެ ތެރެއިން އެއް ބާވަތެވެ.

މީގެ ކުރިން އައިސްލެންޑަކީ ދުނިޔޭގައި މަދިރި ނުހުންނަ ދެ ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދެވެ. އަނެއް ސަރަހައްދަކީ އެންޓާޓިކާ އެވެ. އައިސްލެންޑު ގައި މަދިރި ނެތުމުގެ މައިގަނޑު ސަބަބަކީ އެ ގައުމުގެ ފިނި މޫސުމެވެ.

މަދިރި ފެނިފައި ވަނީ އައިސްލެންޑުގެ ވެރި ރަށް، ރެކިޔަވިކްގެ ދެކުނު ހުޅަނ ގުގައި އޮންނަ ކްޖޯސް ނަމަކަށް ކިޔާ ގްލެސިއަލް ވެލީގަ އެވެ. ހުޖަލްޓަސަންގެ މި ހޯދުން ލޯކަލް ވައިލްޑް ލައިފް ފޭސްބުކް ޕޭޖެއްގައި ހިއްސާކުރި އެވެ. އަދި މި މަދިރިތައް އައިސްލެންޑް އިންސްޓިޓިއުޓް އޮފް ނެޗުރަލް ހިސްޓްރީ އަށް ފޮނުވުމުން، އެންޓޮމޮލޮޖިސްޓް މަތިއަސް އަލްފްރެޑްސަން ވަނީ އެއީ މަދިރިކަން ކަށަވަރު ކޮށްދީފައި އެވެ.

މި ބާވަތުގެ މަދިރި ޔޫރަޕާއި އުތުރު އެފްރިކާގެ ސަރަހައްދު ތަކުގައި އާންމުކޮށް ފެނެ އެވެ. ނަމަވެސް އައިސްލެންޑަށް މި މަދިރިތައް އައި ގޮތެއް އަދި ސާފެއް ނުވެ އެވެ. އައިސްލެންޑު ގައި މަދިރި ނެތުމުގެ މައިގަނޑު ސަބަބު ތަކުގެ ތެރޭގައި ފިނި މޫސުމާއި، މަދިރި އާލާވާނެ ހިމޭން ފެން ނެތުން ހިމެނެ އެވެ.

ނަމަވެސް މިއަހަރު އައިސްލެންޑު ގައި ވަނީ ހޫނު ގަދަކަން އިންތިހާ އަށް ރެކޯޑުވެފަ އެވެ. އާންމު ގޮތެއްގައި މެއި މަހުގައި 20 ޑިގްރީ ސެލްސިއަސް އަށްވުރެ މަތިވުމަކީ ނާދިރު ކަމެކެވެ. އަދި އެފަދަ ހޫނު ދުވަސްތައް ދެމިގެން ދަނީ ދެ ދުވަސް ނުވަތަ ތިން ދުވަހަށެވެ. ނަމަވެސް މިއަހަރު ގައުމުގެ އެކި ސަރަހައްދުތަކުގައި 10 ދުވަހު ވަނީ މި މިންވަރަށްވުރެ ހޫނު ގަދަކަން އިތުރުވެފަ އެވެ.

ގްލޯބަލް ހީޓް ހެލްތު އިންފޮމޭޝަން ނެޓްވޯކުން ޖޫން މަހު ޝާއިޢު ކުރި ދިރާސާއެއް ގައި ފާހަގަ ކޮށްފައިވާ ގޮތުގައި، މިފަދަ ބަދަލުތަކުން ނާޒުކު އިކޯސިސްޓަމް ތަކަށް ބޮޑެތި އަސަރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. މި މަދިރިތައް އައިސްލެންޑްގައި ދެމެހެއްޓެނިވި ގޮތެއްގައި އާލާވެފައިވޭތޯ ބެލުމަށް އިތުރު ދިރާސާތައް ކުރަން ޖެހޭނެ ކަމަށް އަލްފްރެޑްސަން ވަނީ ފާހަގަ ކޮށްފަ އެވެ.

މަސްދަރު: ބީބީސީ
- ކޮމެންޓް