Advertisement
ކ. މާލެ
|
22 އޮކްޓޯބަރ 2025 | ބުދަ 07:48
މޭޒެއްގެ މަތީގައި ހުޅުވާފައި އޮތް ސިނގިރޭޓް ފޮއްޓެއް
މޭޒެއްގެ މަތީގައި ހުޅުވާފައި އޮތް ސިނގިރޭޓް ފޮއްޓެއް
ގެޓީއިމޭޖަސް
ސިނގިރޭޓު ވައްކަން
ސިނގިރޭޓު ކޮންޓޭނަރުތައް ވަގައް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފި
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލުން ވަގަށް ގެންދިޔަ
ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައި ފާސްކޮށް ވަގަށް ނަގާފައިވާ 2 ކޮންޓެއިނަރުގެ ބައިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގި މައްސަލައާ ގުޅިގެން އިތުރު މީހަކު އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްފިއެވެ.

އެއީ 52 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެހެން ނަމަވެސް އެއީ ކާކު ކަމެއް ފުލުހުން ހާމަ އެއް ނުކުރެއެވެ.

2025 އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ގެންދިޔައީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ އެވެ. އެކަން ހިނގި މައްސަލަ ފުލުހުންނަށް ހުށަހެޅީ 2025 އޮކްޓޯބަރ 09 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން، އޮކްޓޯބަރ 19 ވަނަ ދުވަހު ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި އޮޕަރޭޝަންގެ ތެރެއިން، ވަގަށް ނަގާފައިވާ 2 ކޮންޓެއިނަރުގެ ބައިތައް ހޯދައި އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

- ކޮމެންޓް