Advertisement
ކ. މާލެ
|
21 އޮކްޓޯބަރ 2025 | އަންގާރަ 07:22
ލިވަޕޫލްގެ ކޯޗު އާން ސްލޮޓް
ލިވަޕޫލްގެ ކޯޗު އާން ސްލޮޓް
ރޮއިޓަރސް
ލިވަޕޫލް
ސްލޮޓް ބުނީ، ލިވަޕޫލް އަށް ބަހަނާ ދެއްކެން ނެތް ކަމަށް
ސްލޮޓް ބުނީ މެޗުގައި އެއް ލަނޑަށް ވުރެ ގިނަ ލަނޑު ޖަހާނެ ފުރުސަތު ލިވަޕޫލް އަށް ލިބުނު ކަމަށެވެ. އެހެން ނަމަވެސް، ބައި ކޮޅަށް ދެ ލަނޑު ވަތްއިރު، އެ ދެ ލަނޑު ފޫބެއްދުމަށް އުނދަގޫވި ކަމަށް އޭނާ ބުންޏެވެ. އެކަން ފާހަގަކޮށް ސްލޮޓް ބުނީ ހަތަރު މެޗުން ބަލިވުމަކީ ވަރަށް އުނދަގޫ އިޙުސާސް ކުރުވާނެ ކަމެއް ކަމަށާއި، ނަމަވެސް އެއްވެސް ބަހަނާއެއް ނެތް ކަމަށެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް ބަލިވެފައިވާއިރު، އެ ޓީމަށް އެއްވެސް ބަހަނާއެއް ދެއްކެން ނެތް ކަމަށް ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ބުނެފި އެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑު، އެންފީލްޑުގައި ކުޅުނު މެޗުގައި އެ ޓީމު ވަނީ ފަހު ވަގުތު ޔުނައިޓެޑު އަތުން ބަލިވެފަ އެވެ. ލިވަޕޫލް އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް އެ ޓީމު ބަލިވެފައިވާއިރު، މިއީ ސްލޮޓްގެ ކޯޗިން ކެރިއަރުގައި ޖެހި ޖެހިގެން ހަތަރު މެޗުން ބަލިވީ ފުރަތަމަ ފަހަރެވެ.

ސްލޮޓް ބުނީ މެޗުގައި އެއް ލަނޑަށް ވުރެ ގިނަ ލަނޑު ޖަހާނެ ފުރުސަތު ލިވަޕޫލް އަށް ލިބުނު ކަމަށެވެ. އެހެން ނަމަވެސް، ބައި ކޮޅަށް ދެ ލަނޑު ވަތް އިރު، އެ ދެ ލަނޑު ފޫބެއްދުމަށް އުނދަގޫވި ކަމަށް އޭނާ ބުންޏެވެ. އެކަން ފާހަގަކޮށް ސްލޮޓް ބުނީ ހަތަރު މެޗުން ބަލިވުމަކީ ވަރަށް އުނދަގޫ އިޙުސާސް ކުރުވާނެ ކަމެއް ކަމަށާއި، ނަމަވެސް އެއްވެސް ބަހަނާއެއް ނެތް ކަމަށެވެ.

މީގެ އިތުރުން ސްލޮޓް ބުނީ ލިވަޕޫލް އަށް ދިމާވަމުން އަންނަ މައްސަލަ އަށް އިތުރަށް ފޯކަސް ކުރަން ޖެހޭ ކަމަށެވެ. ޚާއްސަކޮށް އޭނާ ބުނީ ޔުނައިޓެޑު މެޗުގައި ވެސް ވަރަށް ގިނަ ފުރުސަތު ލިބުނު ކަމަށާއި، އެ ފުރުސަތު ތަކުގައި ލަނޑު ޖަހަން ޖެހޭ ކަމަށެވެ. އަދި އެ މެޗުގައި ފެނުނު ޑިފެންސް އަށް ވުރެ މާ ރަނގަޅު ކުޅުމެއް އެ ޓީމަށް ދެއްކެން ޖެހޭ ކަމަށް ވެސް ސްލޮޓް ވަނީ ބުނެފަ އެވެ.

މީގެ ކުރިން ލިވަޕޫލް ކުޅުނު ތިން މެޗުން ބަލިވެފައި އޮތް އޮތުމަށް އިޝާރާތް ކުރަމުން ސްލޮޓް ބުނީ، އެ ތިން ބައްޔާއި ޔުނައިޓެޑު އަތުން ވީ ބައްޔަކީ ދާދި އެއް ކަހަލަ ބައްޔެއް ކަމަށެވެ. އޭނާ ބުނީ ލިވަޕޫލް އަށް ފުރުސަތު ލިބޭ ކަމަށާއި، ފުރުސަތުގެ ބޭނުން ނުކުރެވެނީ ކަމަށެވެ. އެކަން ފާހަގަ ކުރަމުން ސްލޮޓް ބުނީ، ކަންކަން ރަނގަޅު ކުރުމަށް ޚާއްސަ ސަމާލު ކަމެއް ދޭނެ ކަމަށެވެ.

މިދިޔަ ސީޒަންގައި ސްލޮޓްގެ އިރުޝާދުގެ ދަށުން ލިވަޕޫލް އިން ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައި ވާއިރު، މި ސީޒަން ވެސް އެ ޓީމުން ފަށާފައި ވަނީ ވަރުގަދަ ކޮށެވެ. ލީގުގައި ސެޕްޓެމްބަރު މަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް ބަލިވެފައި ވާއިރު، އޮކްޓޫބަރު މަހު ވަނީ ޔުއެފާ ޗެމްޕިއަންސް ލީގުގައި ގަލަތަސަރާއީއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ބަލިވެފަ އެވެ.

އޮކްޓޫބަރު މަހު ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ބަލިވެ، ބައިނަލްއަޤުވާމީ ބްރޭކަށް ދިޔައިރު ލިވަޕޫލް އޮތީ ހާސް ކަމެއްގެ ތެރޭގަ އެވެ. ބްރޭކަށް ފަހު އައިސް ލިވަޕޫލް އިން ރަނގަޅު ނަތީޖާއަކާ އެކު ފަށަން މަސައްކަތް ކުރި ކަމަށް ސްލޮޓް ބުންޏެވެ. ނަމަވެސް، ޔުނައިޓެޑު އަތުން ވީ ބައްޔާ އެކު އިތުރު ހިތްވަރެއް ކުރަން ޖެހިފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ލީގުގައި މިހާތަނަށް ކުޅެފައިވާ އަށް މެޗުން ލިވަޕޫލް އަށް 15 ޕޮއިންޓު ލިބޭއިރު އެ ޓީމު އޮތީ ހަތަރު ވަނައިގަ އެވެ. ލީގުގައި ލިވަޕޫލް އަށް ދެން އޮންނާނީ ރަށުން ބޭރުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ މެޗެވެ.

- ކޮމެންޓް