Advertisement
ކ. މާލެ
|
15 އޮކްޓޯބަރ 2025 | ބުދަ 22:52
އެސްއެމްޔޫގެ ފަޚުރުވެރި ލީޑަރޝިޕް ޕްރޮގްރާމް ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން ފުރިހަމަކޮށްފި
އެސްއެމްޔޫގެ ފަޚުރުވެރި ލީޑަރޝިޕް ޕްރޮގްރާމް ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން ފުރިހަމަކޮށްފި
ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް
އެސްއެމްޔޫގެ ލީޑަރޝިޕް ޕްރޮގްރާމް ބީއެމްއެލްގެ މުވައްޒަފުން ބައިވެރިވެ, ދަސްވެނިވުން ބާއްވައިފި
ބޭންކުގެ އިތުރު ވިހި މުވައްޒަފުން ވަނީ ބީއެމްއެލް އެކަޑަމީ މެދުވެރިކޮށް، އެސްއެމްޔޫގެ ފްރޭމްވޯކަށް ހިންގި ޕްރޮގްރާމެއް ފުރިހަމަކުރުމަށްފަހު ސެޓްފިކެޓް އިން ލީޑަރޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް ހާސިލްކޮށްފަ

ބޭންކް އޮފް މޯލްޑިވްސް- ބީއެމްއެލް ގެ މުވައްޒަފުން ސިންގަޕޯރ މެނޭޖްމަންޓް ޔުނިވަރސިޓީގެ (އެސްއެމްޔޫ)ގެ ލީޑަރޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް ޕްރޮގްރާމް ފުރިހަމަކޮށް ދަސްވެނިވުން ބާއްވައިފިއެވެ.

ބޭންކުގެ ވިހި މުވައްޒަފުން ވަނީ އެސްއެމްޔޫ އިން އެގްޒެކެޓިވް ސެޓްފިކެޓް އިން ލީޑަރޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް ހާސިލްކޮށްފައެވެ.

18 މަސްދުވަހުގެ މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ އިންޓަރެކްޓިވްކޮށް، މަޝްވަރާ އަށް ބިނާކޮށް ކުރިއަށްގެންދެވުނު ކިޔަވައިދިނުމާއި ޕްރެކްޓިކަލް ކޭސް ސްޓަޑީސްތަކެއް ހިމަނައިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިއީ މުވައްޒަފުންނަށް ބޭންކިންގ ދާއިރާގެ އަމަލީ މައިދާނުގައި ލީޑަރޝިޕްގެ މުހިންމު ކޮންސެޕްޓްތައް ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

މީގެ އިތުރުން، ބޭންކުގެ އިތުރު ވިހި މުވައްޒަފުން ވަނީ ބީއެމްއެލް އެކަޑަމީ މެދުވެރިކޮށް، އެސްއެމްޔޫގެ ފްރޭމްވޯކަށް ހިންގި ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ފަހު ސެޓްފިކެޓް އިން ލީޑަރޝިޕް އެންޑް ޕީޕަލް މެނޭޖްމަންޓް ހާސިލް ކޮށްފައެވެ.

މި ޕްރޮގްރާމްގެ މުހިންމުކަމަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، "މި ޕްރޮގްރާމަށް ކުރެވުނު އިންވެސްޓްމަންޓަކީ ބޭންކުގެ އިންސާނީ ވަސީލަތްތަކަކީ، އަޅުގަނޑުމެންގެ އެންމެ އަގުހުރި އެސެޓްކަމުގައި ދެކޭ ކަމުގެ ރަމްޒެއް. އެސްއެމްޔޫ އާއެކު ގާއިމްކުރި ޕާޓްނަރޝިޕަކީ ބަދަލުވަމުންދާ މާރކެޓް ޑައިނަމިކްސްއާ ކުރިމަތިލުމަށް ބޭނުންވާ ކުރިމަގުގެ ލީޑަރޝިޕް ޓީމެއް ބިނާކުރުމަށް މުހިންމު ޕާޓްނަރޝިޕެއް. އަޅުގަނޑުމެންގެ ދެމެހެއްޓެނިވި ކާމިޔާބީއަކީ ބޭންކުގެ ހުރިހާ ފަންތިއެއްގައި ނަމޫނާ ލީޑަރޝިޕެއް ތަރައްގީކުރުމުގެ ނަތީޖާ." ކަމުގައެވެ.

ބީއެމްއެލް އެކަޑަމީ އިން ބޭންކުގެ މުވައްޒަފުންގެ ހުނަރު އާލާކުރުމަށް މެދުނުކެނޑި، އުނގެނުމުގެ ފުރުސަތުތަކާއި، ހާއްސަ ތަމްރީނުތަކާއި، ބައިނަލްއަގުވާމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހޯދައިދެއެވެ. މުވައްޒަފުންގެ ކުރިއެރުމާއި ފުރުސަތުތަކަށް ކުރެވޭ މި މުހިންމު މަސައްކަތް ބައިނަލްއަގުވާމީ އިދާރާތަކުން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން ވޯލްޑް އެޗްއާރްޑީ ކޮންގްރެސް އަދި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓްގެ ފަރާތުން ދެވޭ ޕްރެސްޓީޖަސް "އޭޝިއާގެ ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ބީއެމްއެލް އަށް ވަނީ ލިބިފައެވެ.

- ކޮމެންޓް