Advertisement
ކ. މާލެ
|
13 އޮކްޓޯބަރ 2025 | ހޯމަ 18:05
ބޭންކް އޮފް މޯލްޑިވްސްއިން ށ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި
ބޭންކް އޮފް މޯލްޑިވްސްއިން ށ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި
ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް
ބީއެމްއެލް އިން ށ. ކަނޑިތީމުގައި އާ ބްރާންޗެއްގެ ބިންގާ އަޅައިފި
ށ. ފުނަދޫގައި ބޭންކުން ގާއިމުކޮށްފައިވާ ބްރާންޗުގެ އިތުރުން ށ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކުންވަނީ އޭޓީއެމް ޚިދުމަތް ގާއިމްކޮށްފަ

ބޭންކް އޮފް މޯލްޑިވްސް އިން ށ. ކަނޑިތީމުގައި އާ ބްރާންޗެއްގެ ބިންގާ އަޅަފިއެވެ.

ބިންގާ އެޅުމަށް ހޯމަ ދުވަހު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ށ. ފުނަދޫގައި ބޭންކުން ގާއިމުކޮށްފައިވާ ބްރާންޗުގެ އިތުރުން ށ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކުންވަނީ އޭޓީއެމް ޚިދުމަތް ގާއިމްކޮށްފައެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 193 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 251 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.

- ކޮމެންޓް