އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ) އިން، ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެ ކޮމިޝަނަށް ހާޒިރުވުމަށް އަންގައިފިއެވެ.
އޭސީސީގެ ތަހުގީގަކާ ގުޅިގެން އާދިއްތަ ދުވަހުގެ 2:30 އަށް ހާޒިރުވުމަށް އަންގާފައިވާކަން އަމީރު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފައެވެ.
- އޭސީސީ ގެ ތަހްގީގަކަށް ބުނެ އަޅުގަނޑަށްވެސް އާދިއްތަ ދުވަހު 2:30 އަށް އޭސީސީ އަށް ހާޒިރުވުމަށް އަންގާފަ އެބައޮތް.
— Ibrahim Ameer 🇵🇸 (@iameeru) October 9, 2025
- 2019 އިން 2023 އަށް މާލީ ވަޒީރުކަމުގައި މަސައްކަތްކޮށްފައި ވާނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު. ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށް ދައުލަތަށް ގެއްލުންވާނެ…
ރައީސް މުއިއްޒުގެ މާލީ ސިޔާސަތު ތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ އަމީރުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ 2019 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް މާލީ ވަޒީރުކަމުގައި މަސައްކަތް ކުރެއްވީ އަމާނާތްތެރިކަމާއި ތެދުވެރިކަމާ އެކުގައި ކަމަށެވެ. އަދި ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށްގެން ދައުލަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރުކަމުގައި ކޮންމެ ކަމެއްވެސް ނިންމާފައި އަދި ލަފާދީފައި ވާނީ ދައުލަތަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްކޮށް، ފައިދާވާނެ ގޮތަށް، އެ ޔަގީންކަން އަޅުގަނޑުގެ ނަފްސާ މެދު އެބައޮތް.
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު![]()
އަމީރު އިތުރަށް ވިދާޅުވެފައި ވަނީ އެއްވެސް އަސާސެއް ނެތް ކަންތައްތަކުގައި އޭސީސީ އަދި ޕޮލިހަށް ގެންގޮސް، ބިރުދެއްކި ކަމުގައި ވިޔަސް އެއްވެސް ބިރެއް ނުގަންނަ ކަމަށެވެ. އަދި އޭސީސީގެ ރައީސް އަދި މެމްބަރުން ބޭއިންސާފުން މީހުން ފްރޭމް ކުރަން ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލައްވާފައިވެއެވެ.
ބޯ ގުދުކުރާނީ ހަމައެކަނި އާލަމްތަކުގެ ވެރި މާތްﷲ އަށް. ކިތަންމެ ވަރަކަށް ބިރުދެއްކިޔަސް ރައީސް މުއިއްޒުކަހަލަ ހުދުމުހުތާރު ވެރިޔަކަށް ބޯނުލަބާނަން.
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު![]()
މި މައްސަލައާ ގުޅިގެން އަމީރު އޭސީސީއަށް ހާޒިރުވާން އަންގާފައިވާއިރު، އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން އޭސީސީއަށް ހާޒިރުވުމަށް އަންގާފައެވެ.
ފައްޔާޒް އެސީސީއަށް ހާޒިރުކުރަން ނިންމާފައިވާ މައްސަލާގައި އެމްޑީޕީގެ ސަރުކާރުން ބަދަލުދީފައިވާ ސްވިފްޓް އިންޖިނިއަރިން ކުންފުނީގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރާ ޕާޓީ އަށް ނިސްބަތްވާ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ ބަދަލުގެ ގޮތުގައި އެކުންފުންޏަށް ކުރީ ސަރުކާރުން ޕްރޮޖެކްޓުތަކެއް ދޭން ނިންމުން، އެއީ ހައްގު ބަދަލެއް ކަމަށާއި އެކަމުން ދައުލަތަށް ގެއްލުމެއް ވުމުގެ ބަދަލުގައި ލިބުނީ ފައިދާ ކަމަށް ބުނެ އެމްޑީޕީ ސަރުކާރުގެ ނިންމުން ދިފާއުކުރައްވާފައެވެ.