Advertisement
ކ. މާލެ
|
8 އޮކްޓޯބަރ 2025 | ބުދަ 11:54
ލ. ގަމުގެ މަތިން ނަގާފައިވާ ފޮޓޯއެއެް
ލ. ގަމުގެ މަތިން ނަގާފައިވާ ފޮޓޯއެއެް
ސޯޝަލް މީޑިއާ
ލ.ގަން
18 އަހަރު ނުވާ ކުއްޖަކަށް ގުރޫޕަކުން އެކިވަރުގެ އަނިޔާކުރި، ފުލުހުންގެ ހިމާޔަތައް އެދުމުން ބުނީ ހިމާޔަތް ނުދެވޭނެ ކަމަށް: ކުއްޖާގެ މަންމަ
18 އަހަރު ނުފުރޭ ކުއްޖާގެ އިތުރުން އެކުއްޖާއާއި އެކު އެވަގުތު ތިބި އިތުރު ކުދިންތަކަކަށްވެސް ވަނީ އަނިޔާ ލިބިފަ
އެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށްވެސް ބުނި
އެ މައްސަލައިގައި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ފުލުހުން ބުނި

އަންގާރަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ލ. ގަމުގައި ހިނގި މާރާމާރީގައި 18 އަހަރު ނުފުރޭ ކުއްޖަކަށް އެކިވަރުގެ އަނިޔާވެ އެ ރަށު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ކުއްޖާގެ މަންމަ ބުނީ، އެ ހާދިސާ ހިނގި ވަގުތު ހުރީ ރަށުގައި ނޫންކަމަށާއި އެހެންވުމުގެ ސަބަބުން ހާދިސާ ހިނގި ތަނަށް ދެވިފައި ނުވާ ކަމަށެވެ. އަދި ރަށަށް ދެވެންދެން އާއިލާއަށް ހިމާޔަތް ދިނުމަށް ފުލުުންގެ ފަރާތުން އެދުމުން ފުލުހުން އެކަމަށް އިންކާރުކޮށް ހިމާޔަތް ދީފައި ނުވާކަމަށް އެ ކުއްޖާގެ މަންމަ ބުންޏެވެ.

18 އަހަރު ނުފުރޭ ކުއްޖާގެ އިތުރުން އެކުއްޖާއާއި އެކު އެވަގުތު ތިބި އިތުރު ކުދިންތަކަކަށްވެސް ވަނީ އަނިޔާ ލިބިފަ އެވެ. އެކުއްޖާގެ މަންމަ ބުނިގޮތުގައި ރޭ 4 ކުދިން ސައިކަލުގައި ދިޔައީ އެރަށުގައި ހުންނަ ތުނޑިއަށް ކަމަށާއި އެކުދިން ތުނޑީގައި ތިއްބާ ގުރޫޕެއް އައިސް އެކުދިންގެ ފޯނު އަތުލައި ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށެވެ. އަދި އެމީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށްވެސް ބުންޏެވެ.

އޭނާ ބުނިގޮތުގައި މާރާމާރީ ހިންގި މީހުންގެ ތެރޭގައި ހުރި ސަމީހު ނަމަކަށް ކިޔާ މީހާއާއި މީގެ ކުރިން މައްސަލައެއް ޖެހިފައިވާ ކަމަށެވެ. އަދި އޭނާ މިފަހަރު މާރާމާރީ ހިންގާފައިވަނީ ބަދަލު ހިފާނެ ކަމަށް އޭރު ބުނެފައި އޮއްވާ ކަމަށާއި މަގުމަތިން އޭނާގެ ދަރިއަކު ފެނުނަސް ސަމީހު އެކުދިންނާއި ފޮށޭ ކަމަށް އެކުއްޖާގެ މަންމަ ބުންޏެވެ.

މީގެ އިތުރުން ފުލުހުންނަށް އިތުރު މައުލޫމާތު ސާފު ކުރުމަށާއި ހިމާޔަތައް އެދެން ގުޅުމުން ފުލުހުންނަށް ކުއްޖާގެ މަންމަކަން އެނގިހުރެވެސް ދަރިފުޅަށް ވީ ގޮތް ހިއްސާކޮށްފައި ނުވާ ކަމަށާއި ހިމާޔަތް ދީފައި ނުވާކަމަށް ވެސް އެ ކުއްޖާގެ މަންމަ މި ނޫހައް ކިޔައިދިނެވެ.

އެގޮތުން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ ލ. ގަމުގައި ދެބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި މާރާމާރީ ހިންގާފައިވާ މައްސަލައެއް މި މަހުގެ 7 ވަނަ ދުވަހު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި އޭގެ ތެރޭގައި 29 އަހަރުގެ 3 ފިރިހެނަކާއި 35 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖެ އެމްވީން ފުލުހުންނާއި އިތުރަށް ސުވާލުކުރުމުން ބުނީ، މާރާމާރީ ހިންގި މީހުން މަސްތުގެ ހާލަތުގައި ތިބި ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި ތޫނު އެއްޗެއް ބޭނުންކޮށްފައިވާކަމަށް މިހާތަނަށް ބެލިބެލިމުން ފާހަގަކުރެވިފައި ނުވާކަމަށެވެ. ފުލުހުން ބުނީ މި މައްސަލަ ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.

- ކޮމެންޓް