Advertisement
ކ. މާލެ
|
7 އޮކްޓޯބަރ 2025 | އަންގާރަ 23:13
ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު
ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު
މަޖިލިސް
އެފްއެސްއެމް
އިޚުލާސްތެރިކަމެއް ހުރިއްޔާ ފުރަތަމަ ފިޔަވަޅު އަޅަންވީ ކުރިން ގޯސް ހަދާފައި ތިބި މި ސަރުކާރުގެ ވެރިންނަށް: ޝަމްހީދު
ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި މީހުން ކުރިން ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ތިއްބެވިއިރު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރި
ފެނަކައާއި އާރްޑީސީގެ ކުރީގެ އޮޑިޓްތަކުން ފާހަގަކުރެވެނީ އެއްފަދަ މައްސަލަތަކެއް ނަމަވެސް ފިޔަވަޅު އެޅެމުންދާ މަންޒަރު ނުފެނޭ
ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް އިދާރާތަކަށް ތަކުރާރުކޮށް ހުށަހެޅި ނަމަވެސް އެ މައްސަލަތައް ބެލެމުން ނުދޭ

މި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި މީހުން، ކުރިން ބައެއް ކުންފުނިތަކުގެ އިސް ވެރިންގެ ގޮތުގައި ތިއްބެވި އިރު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަން ކުރީގެ އޮޑިޓް ރިޕޯޓްތަކުން އެނގެން އެބަ އޮތް ކަަމަށާއި އެންމެ ފުރަތަމަ ބަލަންވީ އެ މައްސަލަތައް ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ފެނަކައިގެ އޮޑިޓާއި ގުޅޭގޮތުން ހުށަހަޅާފައިވާ ގަރާރުގައި އޮޅުވާލުންތައް ހުރި ކަމަށް ޑރ.ޝަމްހީދު ވަނީ ފާހަގަކުރައްވާފައެވެ. ފެނަކަ އާއި އާރްޑީސީ އާއި މެދު ކުރިން ވެސް އޮޑިޓްތައް ނެރެފައިވާ އިރު އެ އޮޑިޓްތަކުން ފާހަގަކުރެވެނީ އެއްފަދަ މައްސަލަތަކެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެކަންކަމާއި މެދު ފިޔަވަޅު އެޅެމުންދާ މަންޒަރު ފެނިގެން ނުދާ ކަމަށް ޑރ.ޝަމްހީދު ވަނީ ވިދާޅުވެފައެވެ.

"ތ.އަތޮޅަށް ތެޔޮ ވިއްކާފައި އެބަ ހުރި އެފްއެސްއެމް އަށް ވުރެ އަގުބޮޑުކޮށް. ކޮންމެވެސް މެމްބަރެއް ކަންނޭގެ އެ ސަޕްލައިކުރީ. ކުރީގެ އޮޑިޓް ރިޕޯޓްތަކުން ވެސް އެއް ކަންތައްތަކެއް ހުރީ ފާހަގަވާން ހަގީގަތުގައި ކޮރަޕްޝަން ހުއްޓުވާ ނަމަ ފުރަތަމަ ކުރަންވީ ކަމަކީ މި ސަރުކާރުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ގާތްކޮށް ތިއްބެވި ބައެއް ބޭފުޅުންގެ ވާހަކަ އެބަ ހުރި އެ ވާހަކަ ފުރަތަމަ ބަލަންވީ." ޑރ.ޝަމްހީދު ވަނީ ވިދާޅުވެފައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ގޮވާލައި ހުށަހަޅާ ގަރާރުގެ ބަހުސްގައި ސަރުކާރު މެމްބަރުން ކޮރަޕްޝަންގެ ވާހަކަ ދައްކާފައި ވާއިރު ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް އިދާރާތަކަށް ތަކުރާރުކޮށް ހުށަހެޅި ނަމަވެސް އެ މައްސަލަތައް ބެލެމުން ނުދާކަން އާއްމުން ފާހަގަކުރެއެވެ. އަދި އެފަދަ ކަންކަމާއި ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއެވެ.

- ކޮމެންޓް