Advertisement
ކ. މާލެ
|
7 އޮކްޓޯބަރ 2025 | އަންގާރަ 08:54
"ރެބެލްސް އޮފް ގުޑްނެސް" މިއުރަލް
"ރެބެލްސް އޮފް ގުޑްނެސް" މިއުރަލް
ރާއްޖެއެމްވީ
ލޯކާ
"ރެބެލްސް އޮފް ގުޑްނެސް": ހުޅުމާލޭ ސްކޭޓް ކައިރިން މި ފެންނަ ކުލަ އަލި މިއުރަލް ބުނެދެނީ ކޯޗެއް؟
ހުޅުމާލެ ސްކޭޓްޕާކް ކައިރީގައި ކުރިން ފަޅުކޮށް އޮންނަ ފާރު މިހާރުވަނީ ރީތި ކުލަތަކުން މިއުރަލްއެއް ކުރަހާފަ
މިއުރަލް އަކީ ރާއްޖޭގެ އިސްމާއިލް މާއިޝް އަދި އައިމިނަތު ފަރަހްގެ ކުޅަދާނަ މަސައްކަތެއް
މިއީ ލޯކާގެ 100 އަހަރުގެ ކެމްޕެއިންގެ ތެރެއިން ކުރިއަށް ގެންދާ ޚާއްސަ ހަރަކާތެއް

މާލެ އިން ހުޅުމާލެ ދާ އިރު މިހާރު އެންމެ ފުރަތަމަ ލޮލުގައި އަޅައިގަތީ އެހެންޏާ ނުފެންނަ ތަފާތުކަމެކެވެ. އެއީ ހުޅުމާލެ ސްކޭޓްޕާކް ކައިރީގައި ކުރިން ފަޅުކޮށް އޮންނަ ފާރު މިހާރު އަލި އެހެންނަމަވެސް ހިތްފަސޭހަ ކުލަތަކުން ފުރާލާފައިވާ ކަމެވެ.

ގަދަ އޮރެންޖު ކުލަ އާއި އަލި އެހެން ކުލަތަކުން ޖަރީކޮށްފައިވާ "ވޯލް މިއުރަލް" ލޮލުގައި އަޅައި ނުގަންނަ މީހަކު މަދެވެ. އެ ހިސާބުގައި މަޑުކޮށްލާފައި ބައެއް މީހުން އެ "މިއުރަލް"ގެ ފޮޓޯތައް ނަގައެވެ. ކުޑަ ކުއްޖަކަސް، ޒުވާނަކަސް ހަރު މީހަކަސް މި މިއުރަލް އަށް ނަޒަރު ނުހުއްޓޭ މީހަކު މަދެވެ.

މިއުރަލްގެ މެދުގައި އިނގިރޭސި ބަހުން ލިޔެފައިވާ "ރެބެލްސް އޮފް ގުޑްނެސް"ގެ ސަބަބުން އެ މައިުރަލް އިތުރަށް ޝައުގުވެރިކުރުވައެވެ. މިއީ ކުރެހުމަކަށް ވުރެ ފުން މާނަ އެއް އެކުލެވޭ މިއުރަލްއެކެވެ. މިއީ ފަންނުވެރިންނަށް އޮތް ލޮތްބާއި، ހުނަރުވެރި ފަންނިއްޔާތު ރަމްޒުކޮށްދޭ މިއުރަލްއެކެވެ. މި މިއުރަލް އަކީ ފަންނުވެރިކަމަށް އޮތް ކުލަ ގަދަ ލޯބި ތަސައްވުރުކޮށްދޭ އެއްޗެކެވެ.

ޔޫރޯ މަކެޓިން ޓީމްގެ ފަރާތުން މި މިއުރަލްގެ ތަފްސީލްތައް ހިއްސާކުރައްވަމުން އަހުމަދު އަލީ ވިދާޅުވީ މި މިއުރަލް އަކީ ލޯކާގެ 100 އަހަރު ކެމްޕެއިންގެ ތެރެއިންދާ ހަރަކާތެއް ކަމަށެވެ.

" ލޯކާގެ 100 އަހަރުގެ ކެމްޕެއިންގެ ތެރެއިން މިއުރަލް ޕެއިންޓިންސްގެ ބައި އެބަ ކުރިއަށް ގެންދޭ. މިފަދަ އިތުރު ހަރަކާތްތައް އަދިވެސް ކުރިއަށް އެބަހުރި" އޭނާ ވިދާޅުވިއެވެ.

"ރެބެލްސް އޮފް ގުޑްނެސް"

މިފަދަ އިތުރު ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ޔޫރޯ އިން ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ ޕްރޮޖެކްޓްތައް މެދުވެރިކޮށް ރާއްޖޭގެ ފަންނުވެރިންގެ މަސައްކަތް ދައްކާލުމަށް މަގުފަހި ވާކަން ޔޫރޯ އިން ފާހަގަކުރެއެވެ.

މި މިއުރަލް އަކީ ރާއްޖޭގެ އިސްމާއިލް މާއިޝް، އައިމިނަތު ފަރަހްގެ ކުޅަދާނަ މަސައްކަތް ދައްކުވައިދޭ މިއުރަލްއެކެވެ. މި ދެ އާޓިސްޓުންނަކީ ދެމަފިރިންނަށްވުމުގެ އިތުރުން އެކުގައި މަސައްކަތް ކުރާ "ބިޒްނަސް ޕާޓްނަރ"އިންނެވެ. މި ދެމަފިރިން ކިޔާދިން ގޮތުގައި މި މިއުރަލް ކުރެހި އިރު ކޮންސެޕްޓް ތައްޔާރުކުރީ އެ ސަރަހައްދުގެ "ސްކޭޓް"ކުރުން ފަދަ ވަކި ޖީލަކަށް ނިސްބަތް ނުވާ އެހެންނަމަވެސް ހުރިހާ ޖީލަކަށް ވެސް ގަޔާވާނެ ގޮތަކަށް ކޮންސެޕްޓް ބިނާކުރުމަށެވެ. އެގޮތުން އެ ސަރަހައްދުން ފެންނަ "މަޑި އިރުވުމާއި"، "ސްކޭޓްކުރުން" ފަދަ އެ ސަރަހައްދުން ފެންނަ ކަންކަން އެ މިއުރަލް މެދުވެރިކޮށް ދައްކާދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް އެ ދެ ފަންނާނުން ފާހަގަކުރެއެވެ.

"ރެބެލްސް އޮފް ގުޑްނެސް"

އެ މިއުރަލްގައި ބޭނުންވާ ކުލަތަކަކީ ވެސް އެ ސަރަހައްދު ފަދައިން ޖޯޝު ދައްކުވާދޭ ކުލަތަކަށް ހެދިކަން މި ފަންނާނުންގެ ވާހަކަތަކުން އެނގިގެން ދިޔައެވެ. އެ ފާރުގައި ކުރަހާފައިވާ މަންޒަރުތަކުގެ ތެރޭގައި އެ ސަހައްދު ރަސްޒުކޮށްދޭ އެތައް ކަމެއް ފެންނަން ހުއްޓެވެ. ނުލާއި، ފިޔާތޮށި، ނޫ އަދި އޮރެންޖްގެ އިތުރުން ވެސް އެހެން އަލި ކުލަތައް ހިމެނޭ މިއުރަލް އާއި އެކު މުޅި އެ ސަރަހައްދުގެ "ވައިބް" ބަދަލުކޮށްލާފައިވާ ކަހަލައެވެ.

ލޯކާގެ ހަރަކާތްތައް ފާހަގަކުރެވެނީ މުޖުތަމައު އިން އާއްމުކޮށް ސަމާލުކަން ދޭ މިފަދަ ކަންކަމާއި ގުޅިފައިވާކަމެވެ. އަދި މި މިއުރަލް އިން ފަންނުގެ ހިތްފަސޭހަކަމާއި ކަވިކަން ކިތަންމެހާ ވެސް ބޮޑަކަށް ފެނިގެންދެއެވެ.

ޕޭސްޓްރީ ޝޮޕަކުން އުފަންވި ލޯކާ އަކީ އިޓަލީގެ ޗޮކްލެޓް ވެފަރ ބްރޭންޑެއް ކަމަށް ވާއިރު މިއީ ރަހަ މީރު ހުރިހާ ޖީލެއްގެ މީހުންނަށް ވެސް ކަމުދާ އުފެއްދުންތަކެކެވެ. 1925 ވަނަ އަހަރު އިޓަލީގައި ވުޖޫދުވެގެން އައި ލޯކާގެ ވޭފާތަކަކީ އާޓިފިޝަލް މާއްދާތަކާއި ނުލާއެކުލަވާލާފައިވާ މޮޅު އުފެއްދުންތަކެކެވެ. ގުދުރަތީ ރަހަތައް ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ގިނަ ބައެއްގެ ލޮތްބާއި އިތުބާރު ހޯދާފައިވާ މޮޅު ބްރޭންޑެކެވެ.

- ކޮމެންޓް