Advertisement
ކ. މާލެ
|
6 އޮކްޓޯބަރ 2025 | ހޯމަ 13:17
ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވާހަކަދައްކަވަނީ
ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވާހަކަދައްކަވަނީ
މަޖިލިސް
ލޫޓުވައިފި އެއްވުމުގައި ހައްޔަރުކުރި މީހުން
ލޫޓުވައިފި އެއްވުމުގެ ތެރެއިން ހައްޔަރުކުރި އެންމެން ވަގުތުން މިނިވަން ކުރުމަށް މަޖިލީހުގެ ތަޅުމުގައި ގޮވާލައިފި
އެއްވުމުގައި ބައިވެރިވި ރައްޔިތުންނަށް ޝުކުރު އަދާކުރި
އެއްވުމާ ގުޅިގެން މަގުތައް ބަންދުކުރުމުން ރައްޔިތުންނަށާއި ވިޔަފާރިތަކަށް ދަތިވި
މުޒާހަރާއިން ހައްޔަރުކުރި އަށް މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ތިބީ ހަ މީހުން

އެމްޑީޕީން އިސްވެ، ބޭއްވި ލޫޓުވައިފި އެއްވުމުގެ ތެރެއިން ހައްޔަރުކުރި އެންމެން ވަގުތުން މިނިވަން ކުރުމަށް ރައްޔިތުން މަޖިލީހުގެ އެމްޑީޕީ މެންބަރުން، މަޖިލީހުގެ ތަޅުމުގައި ގޮވާލައިފިއެވެ.

ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި، އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވަނީ، މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހައްޔަރުކުރި އެންމެން ވަގުތުން މިނިވަން ކުރުމަށް ގޮވާލައި، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުން، ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޝަމްހީދު، އަދި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވަނީ މި އެއްވުމަށް ގިނަ ރައްޔިތުންތަކެއް އެއްވުމުން އެކަމަށް ޝުކުރު ވެސް އަދާކުރައްވާފައެވެ.

މެންބަރު މައުރޫފް ވިދާޅުވީ އެއްވުމާއި ގުޅިގެން މާލޭގެ މަގުތަކުގައި ދުއްވާ އުޅަނދުތަކަށް ދަތިވާ ގޮތަށް މަގުުތައް ބަންދުކޮށްފައިވާ ކަމަށާއި، އެކަމުގެ އުދަނގުލާއި، ދަތިތައް ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ކުރި ކަމަށެވެ.

ދުއްވާ އެއްޗެހި ދުއްވުން މަނާވާ ގޮތަށް، ފުލުހުން މަގުތައް ބަންދުކޮށް، ދުއްވާ އެއްޗެހި ބޭނުންކުރަން އެކީއެކަށް މަޖީދީ މަގު ހުއްޓާލާފައިވާކަމީ ނުހަނު ކަންބޮޑުވުން އޮތް ކަމެއް. އޭގެސަބަބުން އެތައް ބައިވަރު ރައްޔިތުންނަށް އެމަގުގެ ބޭނުން އެރޭ ނުކުރެވިދިޔަ.

ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު

އޮކްޓޫބަރު މަހުގެ 3 ދުވަހު ބޭއްވި ލޫޓުވައިފި އެއްވުމުގައި ޖުމްލަ 8 މީހަކު ހައްޔަރުކުރިއެވެ. މި 8 މީހުންގެ ތެރެއިން 2 މީހުން ދޫކޮށްލާފައި ވާއިރު މިހާރު ބަންދު ގައި ތިބި ފަރާތްތަކުގެ ތެރޭގައި މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު، އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ އާއި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު އާއި އަލީ ޖުމާން އާއި އަޒްމީ އަލީ އާއި ހަސަން ޝާކިރު ހިމެނެއެވެ.

މުޒާހަރާ އިން ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކޮށްފައިވާ ފަރާތްތައް ދޫކޮށްލުމަށް ގޮވާލާ ހޮނިހިރު ދުވަހުގެ ރޭ މަޖީދީ މަގު ޗާންދަނީ މަގު ޖަންކްޝަންގަ އާއި އަތޮޅުވެހި ސަރަހައްދުގައި އެމްޑީޕީ އިން ވަނީ މުޒާހަރާ ވެސް ކޮށްފައެވެ.

- ކޮމެންޓް