ކ. މާލެ
|
6 އޮކްޓޯބަރ 2025 | ހޯމަ 11:00
ސްޕެނިޝް ލީގުގައި ސެވިއްޔާ އާއި ބާސެލޯނާ ކުޅުނު މެޗުގެ ތެރެއިން
ސްޕެނިޝް ލީގުގައި ސެވިއްޔާ އާއި ބާސެލޯނާ ކުޅުނު މެޗުގެ ތެރެއިން
ރޮއިޓަރސް
ސްޕެނިޝް ލީގު
ސެވިއްޔާ އަތް ދަށުވެ ބާސެލޯނާ އިން ފުރުސަތު ނަގާލައިފި
މެޗުން މޮޅުވެ އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު ބާސެލޯނާ އަށް އޮތް ނަމަވެސް، ބައްޔާ އެކު އެ ޓީމަށް ވަނީ އެ ފުރުސަތު ގެއްލިފަ އެވެ. ލީގުގައި މިހާތަނަށް ކުޅެފައިވާ އަށް މެޗުން ބާސެލޯނާ އަށް ލިބެނީ 19 ޕޮއިންޓެވެ. ހަ މެޗުން އެ ޓީމު މޮޅުވެފައިވާއިރު، އެއް މެޗުން ބަލިވެ، އަނެއް މެޗުން ވަނީ އެއްވަރުވެފަ އެވެ.

ސްޕެނިޝް ލީގުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން ނަގާލައިފި އެވެ.

ސެވިއްޔާގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ 4-1 އިން ބާސެލޯނާގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ސެވިއްޔާ އިން ދެ ލަނޑު ޖެހިއިރު، ބާސެލޯނާ އިން ލަނޑެއް ޖެހި އެވެ. ސެވިއްޔާގެ އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ސެވިއްޔާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަަގައިފަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ލީޑު ނަގައިދިނީ އެލެކްސިސް ސަންޗޭޒް އެވެ. އޭގެ ފަހުން މެޗުގެ 36 ވަނަ މިނެޓުގައި ސެވިއްޔާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ އިސާކް ރޮމޭރޯ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާ އިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބާސެލޯނާ އަށް އެ ލަނޑު ޖަހައިދިނީ މާކަސް ރަޝްފޯޑު އެވެ. އެއީ ޕެޑްރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގައި ބާސެލޯނާ އަށް ވަނީ ނަތީޖާ ހަމަހަމަ ކުރާނެ ފުރުސަތު ވެސް ލިބިފަ އެވެ. މެޗުގެ 76 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލިބުނު ޕެނަލްޓީ ޕޮލެންޑުގެ ރޮބާޓް ލެވަންޑޯސްކީ ފޮނުވާލި ނަމަވެސް، އެ ޕެނަލްޓީ ދިޔައީ ބޭރަށެވެ.

މެޗުގެ 90 ވަނަ މިނެޓުގައި ސެވިއްޔާގެ ތިން ވަނަ ލަނޑު ޖެހީ ހޯސޭ އެންހެލް ކާމޯނާ އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަަމަވެ އިތުރަށް ދެއްކި ވަގުތުގައި ސެވިއްޔާގެ ހަތަރު ވަނަ ލަނޑު ޖެހީ އަކޯރް އެޑަމްސް އެވެ.

މެޗުން މޮޅުވެ އެއް ވަނަ އަށް ޖެހިލުމުގެ ފުރުސަތު ބާސެލޯނާ އަށް އޮތް ނަމަވެސް، ބައްޔާ އެކު އެ ޓީމަށް ވަނީ އެ ފުރުސަތު ގެއްލިފަ އެވެ. ލީގުގައި މިހާތަނަށް ކުޅެފައިވާ އަށް މެޗުން ބާސެލޯނާ އަށް ލިބެނީ 19 ޕޮއިންޓެވެ. ހަ މެޗުން އެ ޓީމު މޮޅުވެފައިވާއިރު، އެއް މެޗުން ބަލިވެ، އަނެއް މެޗުން ވަނީ އެއްވަރުވެފަ އެވެ.

ލީގު ތާވަލްގެ އެއް ވަަނައިގައި ވާދަވެރި ރެއާލް އަށް އަށް މެޗުން ލިބެނީ 21 ޕޮއިންޓެވެ.

- ކޮމެންޓް