Advertisement
ކ. މާލެ
|
18 ސެޕްޓެންބަރ 2025 | ބުރާސްފަތި 16:58
އިމްރާން އަބްދުﷲ
އިމްރާން އަބްދުﷲ
އެކްސް
މީޑިއާ ކޮންޓްރޯލު ބިލު
މުއިއްޒުގެ ޖައްބާރު ކަމުގެ ކުރިމަތީގައި ސާބިތުކަން ދައްކަން ޖެހޭ ވަގުތު މިއޮތީ: ޝެއިޚް އިމްރާން
ބިލު ތަސްދީގު ކުރުމުން ދޭހަވަނީ މުއިއްޒުގެ 'އީގޯ" ކަމަށް އިމްރާން ވިދާޅުވި
ރައީސް މުއިއްޒުގެ ދޮގާއި ކަރަޕްޝަނުގެ ވާހަކަ ގަދައަށް ދެއްކުމަށް ގޮވާލި
ރައީސް މުއިއްޒުއަށް ކުޑަކޮށްވެސް ދުލެއް ނުދިނުމަށް އިމްރާން ގޮވާލެއްވި

ރައީސް މުހައްމަދު މުއިއްޒުގެ ޖައްބާރު ކަމުގެ ކުރިމަތީގައި ސާބިތުކަން ދައްކަން ޖެހޭވަގުތު މިއޮތީ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މީޑިއާތައް ކޮންޓްރޯލު ކޮށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތައް ފަރުމާކޮށްފައިވާ މީޑިއާ ރެގިއުލޭޓަރީ ބިލު މުއިއްޒު ތަސްދީގު ކުރެއްވުމާ ގުޅިގެން އިމްރާން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ގޮވާލެއްވީ، "ކުޑަކޮށް ވެސް ދުލެއް ނުދީ ރައީސް މުއިއްޒުގެ ދޮގާ، ކަރަޕްޝަނާ، ފަސާދަޔާ، ދައުލަތް ހިންގަން ނޭނގި ލާހޫރޭ ވާހަކަ އިހުނަށްވުރެ ގަދަޔަށް،" ދައްކަންވީ ކަމުގައެވެ.

ނިމިދިޔަ ސަރުކާރުގެ ހޯމް މިނިސްޓަރ އިމްރާން އިތުރަށް ވިދާޅުވީ "ރައީސް މުއިއްޒުއާ އެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑުކޮށް އަޅުގަނޑުމެންގެ ހިއްސާ ދިވެހި ގައުމުގައި އޮންނާނެ." ކަމަށެވެ.

ރާއްޖެ އާ ރާއްޖެ އިން ބޭރުގެ ގިނަ ފަރާތްތަކަކުން މި ބިލާ ދެކޮޅަށް އަޑު އުފުލާ، ބިލު ތަސްދީގު ނުކޮށް އަނބުރާ ފޮނުވާލުމަށް ގޮވަމުން ގެންދަނިކޮށް މުއިއްޒު މި ބިލު ބުރާސްފަތި ދުވަހު ތަސްދީގު ކުރުމާ ގުޅިގެން އިމްރާން ވިދާޅުވީ، "މިފަދަ ކޮންމެ ކަމަކުން އެނގި ހާމަވާ އެންމެ ބޮޑު އެއް ކަމަކީ ރައީސް މުއިއްޒުގެ “އީގޯ” ކަމުގައެވެ.

"ކިތަންމެ ގިނަ ޤާނޫނެއް ހެދިޔަސް ރައީސް މުއިއްޒު އަށް ދެނެއް ދިވެހިރައްޔިތުންގެ ތާއީދެއް ނުލިބޭނެ އަދި ރައްޔިތުން ތަޅުއަޅުވާ މައިތިރި ވެސް ނުކުރެވޭނެ،" ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

މި ހާލަތުގައި މި ބިލު ފާސްކުރުމަކީ ރައްޔިތުންގެ އާދޭސްތައް ބޮލާލާ ޖެހުން ކަމަށާއި، ރައްޔިތުންގެ ވިންދާ ދިމާ ދެކޮޅަށް މިފަދަ ކަން ކަން ކުރުމަކީ މުޅި ޤައުމާއި ރައްޔިތުންނަށް ދެވޭ ގެއްލުމެއް ކަމަށް ވެސް ޕޯސްޓެއްގައި އިމްރާން ވިދާޅުވިއެވެ.

"ގައުމާ ރައްޔިތުންނަށް ބޮޑެތި ގެއްލުންވާ ކަން ކަން ކުރީމަ ރައްޔިތުން ކުޅިބަލާކަށް ނުތިބޭނެ." ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

- ކޮމެންޓް