Advertisement
ކ. މާލެ
|
16 ސެޕްޓެންބަރ 2025 | އަންގާރަ 23:40
ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ
ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ
ސީ.އެން.އެން
ޕްރެސް ފްރީޑަމް
ރާއްޖޭގެ މިނިވަން މީޑިއާ ދެމެހެއްޓުމަށް، ލަންކާ ރައްޔިތުން އެގައުމުގައި ހުންނަ ދިވެހި އެމްބަސީ ކައިރީ މުޒާހަރާ ކުރަން ނިންމައިފި
މުޒާހަރާ ބޭއްވުމަށް ހަމަޖެހިފައިވަނީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ކުރިމަތީގައި ބުދަ ދުވަހު ހަވީރު 3:00 ގަ
މުޒާހަރާގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ނޫސްވެރިންނާ އެކު އެއްބައިވަންތަކަން ފާޅުކޮށް މިނިވަން މީޑިއާ ދެމެހެއްޓުމަށް އަޑުއުފުލުން
މި މުޒާހަރާއަކީ އެއްވެސް ޖަމްޢިއްޔާއެއްގެ އިސްނެގުމަކާ ނުލައި، ލަންކާގެ ރައްޔިތުން އަމިއްލައަށް އިސްނަގައިގެން ކުރިޔަށް ގެންދާ މުޒާހަރާއެއް

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މިނިވަން ނޫސްވެރިކަން ނައްތާލާ ބިލާ ދެކޮޅަށް ލަންކާގެ ރައްޔިތުން މުޒާހަރާއެއް ކުރުމަށް ނިންމައިފިއެވެ. މި މުޒާހަރާ ބޭއްވުމަށް ހަމަޖެހިފައިވަނީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ކުރިމަތީގައި ބުދަ ދުވަހު ހަވީރު 3:00 ގައެވެ.

މި މުޒާހަރާއަކީ އެއްވެސް ޖަމްޢިއްޔާއެއްގެ އިސްނެގުމަކާ ނުލައި، ލަންކާގެ ރައްޔިތުން އަމިއްލައަށް އިސްނަގައިގެން ކުރިޔަށް ގެންދާ މުޒާހަރާއެކެވެ. މުޒާހަރާގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ނޫސްވެރިންނާ އެކު އެއްބައިވަންތަކަން ފާޅުކޮށް، މިނިވަން މީޑިއާ ދެމެހެއްޓުމަށް އަޑުއުފުލުމެވެ.

މުޒާހަރާ އިންތިޒާމުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ރާއްޖޭގެ މަޖިލީހުން ފާސްކޮށްފައިވާ ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ނުރައްކާކުރާނެ ބިލެކެވެ. އަދި މި ބިލުގެ ސަބަބުން ބަސްބުނުމުގެ މިނިވަންކަމަށް ހުރަސްތަކެއް އެޅިގެންދާނެ ކަމަށް އެފަރާތްތަކުން ފާހަގަކުރެއެވެ.

މުޒާހަރާގައި ބައިވެރިވާ ފަރާތްތަކުން ގޮވާލާނީ، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށެވެ. އަދި މި ނުރައްކާތެރި ބިލާ ދެކޮޅަށް އަޑުއުފުލުމަށް ވީހާވެސް ގިނަ ބަޔަކު މުޒާހަރާގައި ބައިވެރިވުމަށް އެފަރާތްތަކުން އިލްތިމާސްކުރެއެވެ.

މުޒާހަރާ އޮންނާނީ ސުލްހަވެރިކަމާއެކު ކަމަށާއި، މުޒާހަރާގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ މިނިވަން ނޫސްވެރިކަން ދެމެހެއްޓުމަށް ބޭނުންވާ އެންމެހާ ފަރާތްތަކަށް އެއްބައިވަންތަކަން ފާޅުކުރުން ކަމުގައި މުޒާހަރާ އިންތިޒާމުކުރާ ފަރާތްތަކުން ބުނެފައިވެއެވެ.

މި ބިލު ފާސްވުމާ ގުޅިގެން ގިނަ ބައިނަލްއަޤްވާމީ މީޑިއާ ޖަމްޢިއްޔާތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިއީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް ލިބޭނެ ވަރަށް ބޮޑު އަނިޔާއެއްކަމަށް ފާހަގަކޮށްފައިވެ އެވެ.

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ފާސްކޮށްފައި މިވަނީ މަޖިލީސް ފެށިނީއްސުރެ ޖަލްސާ ނިމެންދެން މި ބިލު ފާސްނުކުރުމަށް ގޮވާލާ މަޖްލިސް ދޮށުގައި ގިނަ އަދަދެއްއްގެ ނޫސްވެރިންނާއި އާއްމު ރައްޔިތުން މުޒާހަރާ ކުރަމުންދަނިކޮށެވެ.

މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ހާލަތާ އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްފައެވެ. ބައެއް ނޫސްވެރިންގެ ބޮލަށް ކަކުލުން އަރައި، އަތް އަނބުރައި، އަންނައުނަށް ގެއްލުންދީ، ހަށިގަނޑުން ލޭ އޮހޮރުވާލާފައިވެ އެވެ.

މި ބިލު ފާސްކުރުމާއެކު ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އެތައް ޒަމާނެއް ފަހަތައް ޖެހޭނެ ކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. އަދި އިދިކޮޅު ފަރާތްތަކުން ވިދާޅުވާ ގޮތުގައި މިއީ ވަރުގަދަ ޚުދުމުހުތާރު ވެރިކަމެއް އުފައްދަވަން ރައީސް މުއިއްޒު ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ފާސް ކުރި ބިލެކެވެ. މި ބިލުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވެސް އެތައްގޮތަކުން ހަނިވާނެކަމަށް ގާނޫނީ ގޮތުން ތަޖުރިބާކާރު ފަރާތްތަކުން ފާހަގަ ކުރައްވާފައިވެ އެވެ.

- ކޮމެންޓް