Advertisement
ކ. މާލެ
|
16 ސެޕްޓެންބަރ 2025 | އަންގާރަ 01:10
ނޫސްވެރިން މަޖިލިސް ތެރޭގައި
ނޫސްވެރިން މަޖިލިސް ތެރޭގައި
ރާއްޖެއެމްވީ
މީޑިއާތައް ކޮންޓްރޯލް ކުރާ ބިލު
ފަހު ދުވަހުގެ ނަމުގައި މީޑިއާގެ ދިފާއުގައި ނިކުންނަނީ
151 ނޫސްވެރިން ސޮއިކޮށް ހުށަހެޅި ޕެޓިޝަނަށް އެއްވެސް ވަރަކަށް ރިއާޔަތް ނުކޮށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީއިން ހޯމަ ދުވަހު ވަނީ ބިލު ފާސްކޮށްފަ

މިނިވަން މީޑިއާތައް ނައްތާލަން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލާ ދެކޮޅަށް މުޒާހަރާ ކުރަން ނޫސްވެރިން އަދި އާންމު ރައްޔިތުން ތައްޔާރު ވެއްޖެ އެވެ.

ފަހު ދުވަހުގެ ނަމުގައި ބާއްވާ މި މުޒާހަރާ އޮތީ އަންގާރަ ދުވަހުގެ ހެނދުނު 8:30 ގައި ރައްޔިތުންގެ މަޖިލިސް އިދާރާ ދޮށުގަ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އިން ހޯމަ ދުވަހު އެ ބިލުގެ މަސައްކަތް ނިންމައި ފާސްކޮށްފައިވާއިރު، އަންގާރަ ދުވަހު އޮންނަ ދައުރުން ބޭރު ޖަލްސާ އަށް އެ ބިލު އޮތީ އެޖެންޑާ ކޮށްފަ އެވެ.

މީޑިއާތައް ކޮންޓްރޯލް ކުރާ ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ސަރުކާރުން ބޭނުންވާ އިސްލާހު ގެނެސް ބިލު ފާސްކުރީ ކޮމިޓީގައި ތިބި ނޫސްވެރިން އިހުތިޖާޖުކުރަމުން ދަނިކޮށެވެ. ނޫސްވެރިން އިހުތިޖާޖުކުރީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި އިސްލާހުތައް ކޮމިޓީ އިން ބަލައި ނުގަނެ، ކެލާ ދާއިރާގެ މެންބަރުން އަބްދުﷲ ޝަރީފުގެ ހުށަހެޅުން ބަލައިގަނެ އެ އިސްލާހުތަކާއެކު ބިލު ކޮމިޓީން ފާސްކުރުމުންނެވެ.

ސަރުކާރަށް ނިސްބަތްވާ މެމްބަރުން އެ ބިލު ފާސް ކުރަން ހިފާލާފައިވާއިރު، ބިލާ ދެކޮޅަށް އެތައް ނޫސްވެރިންނެއް އަދި އާންމު ރައްޔިތުން ވެސް އަންނަނީ އަޑު އުފުލަމުންނެވެ.

ކޮމިޓީ އިން މީޑިއާ ތަޅުއަޅުވާ ބިލު ފާސްކުރި އިރު، 151 ނޫސްވެރިއަކު ސޮއިކޮށް ރައީސް އޮފީހާއި މަޖިލީހަށް ހުށަހެޅީ ޕެޓިޝަން، ޕެޓިޝަން ކޮމިޓީން އޮތީ ބިލު ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވަން ނިންމާފައެވެ. ނަމަވެސް އެ ޕެޓިޝަނަށް އެއްވެސް ވަރަކަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ރިއާޔަތްކޮށްފައި ނުވެއެވެ. އަދި ހޯމަ ދުވަހުގެ ރެއަށް އެޖެންޑާކޮށްފައިވާ ޕެޓިޝަން ކޮމެޓީ ފެށެން 5 މިނެޓަށް ވެފައިވަނިކޮށް އެ ކޮމެޓީ ވަނީ ކެންސަލް ކޮށްފައެވެ.

- ކޮމެންޓް