Advertisement
ކ. މާލެ
|
15 ސެޕްޓެންބަރ 2025 | ހޯމަ 12:23
އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ
އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ
ރޮއިޓަރސް
އެމެރިކާ-އިސްރާއީލް
ރޫބިއޯ އިސްރާއީލް ގައި، ނަތަންޔާހޫ ވިދާޅުވީ އެމެރިކާ އަކީ ޚާއްސަ ރަޙުމަތްތެރިއެއް ކަމަށް
އިސްރާއީލް އަށް ރޫބިއޯ ކުރެއްވި ދަތުރުފުޅުގައި ވަނީ އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އަދި އިސްރާއީލްގައި ހުންނަ އެމެރިކާގެ ސަފީރު މައިކް ހަކަބީއާ ވެސް ބައްދަލު ކުރައްވައި، ދެ ޤައުމުގެ ދެ މެދުގައި ގާތް ގުޅުމެއް އޮތްކަން ދައްކުވައިދީފަ އެވެެ. އެ ދަތުރުފުުޅުގައި ރޫބިއޯ އަށް ނަތަންޔާހޫ ވިދާޅުވެފައި ވަނީ، އެމެރިކާ އަކީ އެ ޤައުމުގެ ޚާއްސަ ރަޙުމަތްތެރިއެއް ކަމަށެވެ.

އެމެރިކާ އަކީ އިސްރާއީލްގެ ވަރަށް ޚާއްސަ ރަޙުމަތްތެރިއެއް ކަމަށް އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ނަތަންޔާހޫ މިހެން ވިދާޅުވެފައި ވަނީ، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އިސްރާއީލް އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަ އެވެ. ރޫބިއޯ އިސްރާއީލް އަށް ވަޑައިގެންފައި ވަނީ، އިސްރާއީލް އިން ޤަތަރަށް އަމާޒުކޮށް ހަމަލާ ދީފައިވާ ދަނޑިވަޅެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްރާއީލް އަށް ފާޑު ވިދާޅުވެފައި ވަނިކޮށެވެ.

އާދިއްތަ ދުވަހު ނަތަންޔާހޫ ވިދާޅުވެފައި ވަނީ، ރޫބިއޯ އިސްރާއީލް އަށް ވަޑައިގެންނެވުމުން ދެ ޤައުމުގެ ދެ މެދުގައި އޮތް ވަރުގަދަ ގުޅުން ހާމަވެގެން ދިޔަ ކަމަށެވެ. އަނެއް ކޮޅުން އިސްރާއީލް އަށް ވަޑައިގެންނެވުމުގެ ކުރިން ރޫބިއޯ ވެސް ވަނީ، އިސްރާއީލް އާއެކު އެމެރިކާ އިން ބާއްވަނުން އަންނަ ގުޅުމަށް ބަދަލެއް ނާންނާނެ ކަަމަށް ވިދާޅުވެފަ އެވެ.

އިސްރާއީލް އަށް ވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރޫބިއޯ ވިދާޅުވެފައި ވަނީ، އިސްރާއީލް އިން ޤަތަރަށް ދިން ހަމަލާގެ ސަބަބުން ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ގޮން ޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުރިމަތިވެފައިވާ އަސަރުތަކާ ގުޅޭ ގޮތުން އެމެރިކާ އާއި އިސްރާއީލް އިން މަޝްވަރާ ކުރަން ޖެހޭ ކަމަށް ވެސް ރޫބިއޯ ވަނީ ވިދާޅުވެފަ އެވެ.

އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިން ފަހުން، ހުކުރު ދުވަހު އެމެރިކާގެ ރައީސް ޓްރަމްޕް އަދި ރޫބިއޯ ވަނީ ޤަތަރުގެ ބޮޑު ވަޒީރު ޝެއިޚް މުޙައްމަދު ބިން ޢަބްދުއް ރަޙުމާން އަލް ޘާނީއާ ވެސް ބައްދަލު ކުރައްވައިފ އެވެ. އޭގެ ފަހުން ރޫބިއޯ އިސްރާއީލް އަށް ވަޑައިގެންފައިވާއިރު، ޤަތަރާ އެކު އެއްބައިވަންތަކަން ފާޅު ކުރުމަށް އެތައް އަރަބި އަދި މުސްލިމް ލީޑަރުން ތިއްބެވީ މިހާރު ޤަތަރުގެ ވެރި ރަށް ދޯހާގަ އެވެ.

ޤަތަރުގައި މަޝްވަރާތައް ކުރިއަށް ދަނިކޮށް ހަމާސްގެ އިސްވެރިންނަށް އަމާޒުކޮށް ދިން ހަމަލާ ނަތަންޔާހޫ ވަނީ ދިފާއު ކޮށްފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ، ހަމާސްގެ އިސްވެރިންނަށް ހަމަލާ ދީ، ހަމާސްގެ ބައެއް އޮފިޝަލުން މަރާލުމަކީ ހަނގުރާމަ ނިންމުމަށް ހުރި މައިގަނޑު ހުރަސްތައް ނައްތާލުން ކަމަށެވެ.

އިސްރާއީލް އަށް ރޫބިއޯ ކުރެއްވި ދަތުރުފުޅުގައި ވަނީ އިސްރާއީލްގެ ބޮޑު ވަޒީރު ނަތަންޔާހޫ އަދި އިސްރާއީލްގައި ހުންނަ އެމެރިކާގެ ސަފީރު މައިކް ހަކަބީއާ ވެސް ބައްދަލު ކުރައްވައި، ދެ ޤައުމުގެ ދެ މެދުގައި ގާތް ގުޅުމެއް އޮތްކަން ދައްކުވައިދީފަ އެވެެ. އެ ދަތުރުފުުޅުގައި ރޫބިއޯ އަށް ނަތަންޔާހޫ ވިދާޅުވެފައި ވަނީ، އެމެރިކާ އަކީ އެ ޤައުމުގެ ޚާއްސަ ރަޙުމަތްތެރިއެއް ކަމަށެވެ.

އިސްރާއީލް އަށް ރޫބިއޯ ކުރައްވާ ދަތުރުފުޅުގައި ރަސްމީކޮށް ނަތަންޔާހޫއާ ބައްދަލު ކުރުން އޮތީ ހޯމަ ދުވަހު އެވެ. އަދި އިސްރާއީލްގެ ބައެއް އެހެން އިސްވެރިންނާ ބައްދަލު ކުރެއްވުމަށް ފަހު، ރޫބިއޯ އެނބުރި އެމެރިކާ އަށް ވަޑައިގަންނަވާނީ އަންގާރަ ދުވަހު އެވެ.

މަސްދަރު: އޭއެފްޕީ
- ކޮމެންޓް