Advertisement
ކ. މާލެ
|
12 ސެޕްޓެންބަރ 2025 | ހުކުރު 08:55
އދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން
އދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން
ރޮއިޓަރސް
އިސްރާއީލް-ޤަތަރު
އިސްރާއީލްގެ ނަން ނުހިމަނައި ބަޔާން ނެރެ، ޤަތަރަށް ދިން ހަމަލާ އދ ގެ ސާލަމަތީ މަޖިލީހުން ކުށްވެރި ކޮށްފި
ބުރާސްފަތި ދުވަހު ވަނީ އދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި، އެމެރިކާގެ ތާއީދާ އެކު ވަނީ ޤަތަރަށް ދިން ހަމަލާ ކުށްވެރި ކޮށްފަ އެވެ. އެކަން ކުށްވެރިކޮށް ނެރެފައިވާ ބަޔާނުގައި އިސްރާއީލްގެ ނަން ހިމަނާފައި ނުވެ އެވެ. ނަމަވެސް، އެ ހަމަލާ އަކީ ޤަަތަރުގެ ސިޔާދަށް އަރައި ގަތުން ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

ޤަތަރުގެ ވެރި ރަށް ދޯހާ އަށް، އިސްރާއީލް އިން މި ފަހުން ދިން ހަމަލާއާ ގުޅިގެން އދ ގެ ސަލާމަތީ މަޖިލީހުން އެކަން ކުށްވެރި ކޮށްފި އެވެ.

ޤަތަރަށް އަމާޒުކޮށް އިސްރާއީލް އިން އަންގާރަ ދުވަހު ހަމަލާ ދީފައި ވަނީ، ޤަތަރުގައި ތިއްބެވި ހަމާސް ޖަމާއަތުގެ ސިޔާސީ އިސްވެރިންނަށް އަމާޒުކޮށެވެ. އެ ހަމަލާއާ ގުޅިގެން، އެމެރިކާ އިން ކަންބޮޑުވުން ފާޅު ކޮށްފައިވާއިރު، ޤަތަރަކީ އެމެރިކާއާ ގާތް ގުޅުމެއް ބާއްވާ ޤައުމެކެވެ.

ބުރާސްފަތި ދުވަހު ވަނީ އދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި، އެމެރިކާގެ ތާއީދާ އެކު ވަނީ ޤަތަރަށް ދިން ހަމަލާ ކުށްވެރި ކޮށްފަ އެވެ. އެކަން ކުށްވެރިކޮށް ނެރެފައިވާ ބަޔާނުގައި އިސްރާއީލްގެ ނަން ހިމަނާފައި ނުވެ އެވެ. ނަމަވެސް، އެ ހަމަލާ އަކީ ޤަަތަރުގެ ސިޔާދަށް އަރައި ގަތުން ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

އެމެރިކާ އަކީ އާންމުކޮށް އދ ގައި އިސްރާއީލް އަށް ތާއީދު ކުރާ ޤައުމެެކެވެ. އިސްރާއީލާ ދެކޮޅަށް ގިނަ ފަހަރު އެމެރިކާ އިން ވޯޓު ވެސް ދީފައި ނުވެ އެވެ. ނަމަވެސް، ޤަތަރަށް އަމާޒުކޮށް އިސްރާއީލް އިން ދިން ހަމަލާއާ ގުޅިގެން، އެކަމާ ދެކޮޅަށް ބަޔާން ނެރުމަށް އެމެރިކާ އިން ތާއީދު ކޮށްފައިވާއިރު، އެކަމުން ދޭހަވަނީ އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ މެދު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިތްހަމަ ނުޖެހިފައި ހުރުން ކަމަށް ބައެއް ފަރާތްތަކުން ވަނީ ފާހަގަ ކޮށްފަ އެވެ.

އދ އިން ނެރެފައިވާ ބަޔާން ޑްރާފްޓު ކޮށްފައި ވަނީ އިނގިރޭސިވިލާތް އަދި ފްރާންސް އިންނެވެ. މި ދެ ޤައުމަކީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމާއި، ޣައްޒާގައި އިސްރާއީލް އިން ހިންގަމުން އަންނަ ހަނގުރާމައާ ދެކޮޅަށް މިހާރު އެންމެ ފާޅުގައި ވާހަކަ ދައްކަމުން އަންނަ ދެ ޤައުމެވެ. އިސްރާއީލް އިން ޤަތަރަށް ދިން ހަމަލާ ވެސް މި ދެ ޤައުމުން ވަނީ ވަރަށް ބޮޑަށް ކުށްވެރި ކޮށްފަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، ޤަތަރުގެ ސިޔާދަތާއި، ސަރަހައްދީ ސަލާމަތަށް ތާއީދު ކުރާ ކަމަށާއި، އެ ހަމަލާ ދިނުން ކުށްވެރި ކުރާ ކަމަށެވެ. އަދި އެ ފަދަ ހަމަލާތައް ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި، އެ ފަދަ ހަމަލާތައް ނުދިނުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.

މީގެ އިތުރުން، ޤަތަރަކީ ޣައްޒާ ހަނގުރާމަ ނިންމުމަކަށް ގެނައުމުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އަންނަ މުހިންމު ޤައުމަކަށް ވީ ހިނދު، ޤަތަރަށް ދީފައިވާ ހަމަލާ އަކީ ޚާއްސަ ސަމާލު ކަމެއް ދޭން ޖެހޭ ކަމެއް ކަމަށް ވަނީ ފާހަގަ ކޮށްފަ އެވެ.

ސަލާމަތީ މަޖިލީހުގެ ބަޔާނުގައި ވަނީ، ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ރައްޔިތުން މިނިވަން ކުރުމާއި، ޣައްޒާ ހަނގުރާމަ އާއި ޣައްޒާގެ ރައްޔިތުން ތަހަންމަލު ކުރަމުން ގެންދާ ވޭން ނިމުމަކަށް ގެނައުމަކީ އިސްކަން ދޭން ޖެހޭ ކަމެއް ކަމަށް ފާހަގަ ކޮށްފަ އެވެ.

މަސްދަރު: ރޮއިޓާސް
- ކޮމެންޓް