Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2025 | ބުރާސްފަތި 13:38
އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު ހުސައިން ހަސަން
އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު ހުސައިން ހަސަން
އެމްޑީޕީ
ހުސެއިން ހަސަން
ޝަރުތުކުރުމަށްފަހު ހުސައިން ދޫކޮށްލައިފި
ހުސެއިން ދޫކޮށްލީ އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލައިގައި ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް
ހުސެއިން ހައްޔަރު ކުރީ ޕީޓްރަލް ސަރަހައްދުގައި ފުލުހުން ހިންގަމުން ދިޔަ ހަރަކާތެއްގެ މަންޒަރު ރެކޯޑު ކުރުމުގެ ސަބަބުން

ވީޑިއޯ ނެގި މައްސަލައިގައި އަނިޔާވެރިކޮށް ހައްޔަރުކުރި އެމްޑީޕީގެ ވިލިނގިލި ދާއިރާގެ ރައީސް ހުސައިން ހަސަން ޝަރުތުކުރުމަށްފަހު ކޯޓުން ދޫކޮށްލައިފިއެވެ.

ހުސެއިން ހައްޔަރު ކުރީ، ޕީޓްރަލް ސަރަހައްދުގައި ފުލުހުން ހިންގަމުން ދިޔަ ހަރަކާތެއްގެ މަންޒަރު ރެކޯޑު ކުރުމުގެ ސަބަބުންނެވެ. ޙުސައިން ހައްޔަރު ކުރުމާ ގުޅޭ ގޮތުން ފުލުހުން ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށް ދިޔަ ސީނެއްގެ ތެރެއަށް ވަދެ ފޮޓޯ/ވީޑިއޯ ނަގަން ފެށުމުން، ފުލުހުންގެ މަސައްކަތަށް ދަތި ނުވާނެ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރި ވުމުން އެކަމަށް ޖަދަލުކޮށް، ފުލުހުންގެ އެންގުމާ ޚިލާފަށް ސީން ތެރެއަށް ވަދެ އެވިޑެންސްގެ ފޮޓޯ ނަގަން މަސައްކަތް ކޮށްފައިވާތީ، އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމުގެ ތުހުމަތުގައި ކަމަށެވެ.

ހުސެއިން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއަޅާފައިވާ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ވަކީލު ވިދާޅުވީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން ހުސެއިންގެ ފަރާތުން ކޮށްފައިވަނީ ކޮން އަމަލެއްކަން ސާފުކޮށްދިނުމަށް އެދުނު ނަމަވެސް އެކަން ފުލުހުންގެ ފަރާތުން ސާފުކޮށްދީފައިނުވާ ކަމަށެވެ.

މީގެ އިތުރުން ވަކީލު ވިދާޅުވީ ހުސެއިންގެ އަތުގައި ބިޑި އެޅުވުމުގެ ތެރޭގައި އަތަށް އަނިޔާވި ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. ނަމަވެސް ހުސެއިންއާ ބައްދަލުވެފައިނުވާތީ އެކަމުގެ ހަގީގަތް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުސައިންގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިޔައީ ބުރާސްފަތި ދުވަހުގެ ހެނދުނުއެވެ. އެނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ. ހުސެއިން ދޫކޮށްލީ އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލައިގައި ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށެވެ.

ހުސައިން ހައްޔަރުކުރީ އަނިޔާވެރިކޮށް ކަމާއި ސަބަބު ހޯދަން ފުލުހުންނާއި ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ފުލުހުން އެ ސުވާލުތަކަށް ޖަވާބެއް ނުދެއެވެ.

- ކޮމެންޓް