ބ. ދޮންފަނުގައި ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލުމަށް އެދިފައެއް ނުވާނެ ކަމަށާއި ރައީސް ޑރ. މުހައްމަދު މުޢިއްޒު ހެއްދެވީ ސީދާ އިތުރުފުޅެއް ކަމަށް ދޮންފަނު ކައުންސިލްގެ ރައީސް އަހުމަދު އިރްޝާދު ވިދާޅުވެއްޖެ އެވެ.
އިރުޝާދު ވިދާޅުވީ، ދޮންފަނު ރައްޔިތުން ބޭނުންވެގެން ވައުދުވި ބިން ހިއްކުމުގެ މަޝްރޫއު މިހާރު އެރަށު ރައްޔިތުން އެކަން ބޭނުން ނުވާކަމަށް ބުނެ ރައީސުލް ޖުމްހޫރިއްޔާ ހެއްދެވީ ސީދާ އިތުރުފުޅެއް ކަމަށާއި އެއްވެސް އިރެއްގައި ކައުންސިލުން ވެސް އަދި ރަށު ރައްޔިތުން ވެސް އެ މަޝްރޫއު ކުރިޔަށް ނުގެންދިއުމަށް ނުވަތަ ހުއްޓާލުމަށް އެދިފައެއް ނޯންނާނެ ކަމަށެވެ. އިރުޝާދު ވިދާޅުވީ މިކަމާއި ގުޅިގެން އެ ކައުނސިލުން ބަޔާނެއް ނެރޭނެ ކަމަށެވެ.
އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ކައުންސިލްގެ ފަރާތުން މިއަދު މިކަމާ ގުޅިގެން ބަޔާނެއް ނެރޭނަން މީ ހަމަ ރައިސުލްޖުމްހޫރިއްޔާ އިތުރުފުޅެއް އެ ހެއްދެވީ އިނގޭތޯ.
ދޮންފަނު ކައުންސިލްގެ ރައީސް އަހުމަދު އިރްޝާދު![]()
އިރުޝާދު ވިދާޅުވީ ކައުންސިލުން އެދެނީ ބިން ހިއްކުމުގެ މަޝްރޫއު ކުރިޔަށް ގެންގޮސް ރައްޔިތުންނަށް ހައުސިންގ މަޝްރޫއުތައްވެސް ހިންގައިދިނުމަށް ކަމަށެވެ. އިރުޝާދު ވިދާޅުވީ ކައުންސިލުން ގަބޫލުކުރާ ގޮތުގައި ތިމާވެއްޓަށް ވެސް ގެއްލުން ނުވާނެ ގޮތަކަށް ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދެވިދާނެ ކަމަށެވެ.
ކައުންސިލުން ބޭނުންވަނީ އަދިވެސް ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް އަވަސް ހައްލެއް ހޯދައިދިނުން ކަމަށް ކައުންސިލްގެ ރައީސް އިރުޝާދު ވިދާޅުވި އެވެ.
ފޭސްބުކް ޕޯސްޓުގައި ވެސް އިރުޝާދު ވިދާޅުވީ "ދޮންފަނު ރައްޔިތުންނާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ މިއަދު އެ ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް. ދޮންފަނުގެ ބިންހިއްކައި ދިނުން ހުއްޓަލުމަށް އެދި އެއްވެސް ރައްޔިތަކު ވެސް އަދި ކައުންސިލަކުން ވެސް އެދިފައި ނުވާނެ ވާހަކަ ދަންނަވަން. މިވަރުގެ ދޮގެއް ހައްދަވަން ހެޔޮނުވާނެ" ކަމަށެވެ.
މަައުލޫމާތު ލިބޭ ގޮތުގައި ކައުންސިލާއި ރައްޔިތުންގެ ބަހެއް ނެތި ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިޔަށް ނުގެންދާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރުމާއި ގުޅިގެން ދޮންފަނު ރައްޔިތުން ވަނީ އިހުތިޖާޖު ކުރަން ފަށާފައެވެ.